14 ނޮވެމްބަރ 2018
ސޯޝަލް ހައުސިންގެ ދަށުން، މި ސަރުކާރުން ފްލެޓް ދޫކުރީ މާކްސް ލިބުނު ގޮތަށް ނޫން ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.
ސޯޝަލް ހައުސިންގެ ދަށުން، މި ސަރުކާރުން ފްލެޓް ދޫކުރީ މާކްސް ލިބުނު ގޮތަށް ނޫން ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ޓްރާންސިޝަން ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފްލެޓްތައް ދޫކޮށްފައި ވަނީ ސިޔާސީ މީހުން ތިބި ކޮމެޓީއަކުން ކަމަށެވެ. އެކަމަކު އެއީ، ކޮންބައެއް ކަން ހާމައެއް ނުކުރެ އެވެ.
"އެ އޮންނަ ކްރައިޓީރިއާ އަކަށް މާކްސް ދިނުމުގެ ކަންކަން ވަނީ ހިންގާފައި. އެހެން ނަމަވެސް މާކްސް ދިނުމަށް ފަހު ދަނީ ޑިޒިޝަން މޭކިން ކޮމެޓީއަކަށް. އެ ކޮމެޓީއަކީ މުޅިން ވެސް ޕޮލިޓިކަލް މީހުން ކޮޅެއް ތިއްބަވާ ކޮމެޓީއެއް. އެތަނުން ނިންމުން ނިންމާ ގޮތެއް ސިވިލް ސާވަންޓުންނަށް ނުވަތަ އޮފީހަކަށް ނޭނގޭ،" އަސްލަމް ވިދާޅުވި އެވެ.
ފްލެޓަށް ފޯމު ހުށަހެޅި މީހުންނަށް އޮންނަ އުސޫލުގެ ދަށުން މާކްސް ދީފައިވީ ނަމަވެސް ފްލެޓް ދޫކޮށްފައި ވަނީ މާކްސް ލިބިފައި ހުރި ގޮތަށް ބަލައިގެން ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"ޓްރާންސްޕޭރަންޓް ޕްރޮސެސްއެއް ނެތްކަން ފާހަގަ ކުރެވުނު ގެދޮރު މީހުންނަށް ދިނުމުގައި. ޕްރޮސެސްއެއް ހިންގާ. ފޯމު ވެސް ހުށަހަޅާ. ފޯމުގައި ހުންނަ ޑޭޓާ އެންޓާ ވެސް ކުރޭ. ނަމަވެސް ޑޭޓާ އެނަލައިޒްކޮށްފައި އޭގެ ތެރެއިން މާކްސް ލިބޭ މީހުން އެ މާކްސް ލިބޭ ގޮތަކަށް ނޫން ކޮންމެހެން އެކަން ހިނގާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ފްލެޓް ދޫކުރުމުގައި ކަންކަން ހިނގާފައިވާ ގޮތް ޓްރާންސިޝަން ކޮމެޓީއަށް މާ ބޮޑަށް އޮޅުން ފިލާގޮތެއް ނުވި އެވެ.
"މިކަން އެހާ ބޮޑަކަށް އަޅުގަނޑުމެންނަށް ސާފެއް ނުވި. އެއީ ސިވިލް ސާވަންޓުންނަށް ވެސް އެކަމުގައި ނޭނގޭ ބައިވަރު ކަންތައް ހުރީމަ. ކޮންޓްރެކްޓް ސްޓާފުން އެކަމުގެ ތެރޭގައި ވަރަށް ބައިވަރު އުޅުނު،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރި ހިންގަމުން އަންނަނީ ވަރަށް ދަތިކޮށް ކަމަށެވެ. އެމްއާރްޑީސީ އަދި ކައުންސިލްތައް ފަދަ އިދާރާތަކުގެ ޒިންމާތައް އެ މިނިސްޓްރީގެ ދަށަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަރަށް ގިނަ މަޝްރޫއުތައް އެ މިނިސްޓްރީން ހިންގަމުން އައި ނަމަވެސް މަސައްކަތްތައް ބަލައި ސުޕަވައިޒް ކުރާނެ މުވައްޒަފުން މިނިސްޓްރީގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާ ސިންގާ އިންސްޓިޓިއުޝަނަކަށް މިތަން ހަދައިފި މެނޭޖް ނުކުރެވޭ ވަރުގެ،" އޭނާ ވިދާޅުވި އެވެ.
"އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ފެނޭ ކަންނޭންގެ މާލެ ތެރެއިން ބެލި ނަމަވެސް. ކަމެއް ކޮށްފައި ދެ ވަނަ ފަހަރަށް އެ ކަމެއް ކުރަން ޖެހުން ފަދަ ކަންކަން."
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ފްލެޓަށް 7،500ރ. އަކީ ހިތްދަތިކަމެއް: މުއިއްޒު
މަސް ނިމުނުއިރު ވެސް ފްލެޓް ލިސްޓެއް ނުނެރެވުނު!
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާ!
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް