ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ހިޔާ ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅަން މި ސަރުކާރުގެ ފްލެޓް ކޮމިޓީން ކުރިއަށް ގެންދާ އިވެލުއޭޝަންތަކަށް ފަހު ލިސްޓު އާއްމުކުރަން ފަށާނެ ކަމަށް ދިން މުއްދަތު ހަމަވިއިރު ވެސް ލިސްޓެއް ނުނެރުނެވެ.
02 އޯގަސްޓް 2020
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ހިޔާ ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅަން މި ސަރުކާރުގެ ފްލެޓް ކޮމިޓީން ކުރިއަށް ގެންދާ އިވެލުއޭޝަންތަކަށް ފަހު ލިސްޓު އާއްމުކުރަން ފަށާނެ ކަމަށް ދިން މުއްދަތު ހަމަވިއިރު ވެސް ލިސްޓެއް ނުނެރުނެވެ.
ކުރީގެ ސަރުކާރުގައި ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ބުނާ މައްސަލަތައް ބަލައި ހައްގުވެރިން ހޯދަން ވަކި ކޮމިޓީއެއް އެކުލަވާލައިގެން ފޯމުތައް ޗެކްކުރާތާ ވެސް ދޮޅު އަހަރު ވެއްޖެ އެވެ. މި މަސައްކަތް ލަސްވެ، ފާޑުކިއުން ބޮޑުވުމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީން އެންމެފަހުން ޔަގީންކަން ދީފައި އޮތީ މިދިޔަ ޖުލައި މަސް ނިމުމުގެ ކުރިން ލިސްޓުތައް އާއްމުކުރަން ފަށާނެ ކަމަށެވެ.
އެކަމަކު މި ސަރުކާރުން ބުނި ތާރީޚުގައި އެއްވެސް ކެޓަގަރީއެއްގެ ލިސްޓު ގެޒެޓެއް ނުކުރެ އެވެ. ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި 7،000 ފްލެޓު 12 ކެޓަގަރީއަކަށް ވަނީ ބަހާލައިފަ އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ސޯޝަލް ހައުސިންގެ ދަށުން އަޅާ ފްލެޓްތައް. -.- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ ކޮމިޓީން މިހާރު އަންނަނީ ދިރިއުޅުމުގެ ހާލަތު ބަަލަން ގޭގެއަށް ޒިޔާރަތް ކުރަމުން ކަަމަށާއި 40 ޕަސެންޓް ގޭގެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ބާކީ ހުރި 60 ޕަސެންޓް ގެތަކުގެ ހާލަތު ބެލުމަށް ފަހު، މިދިޔަ މަސް ނިމޭއިރު ލިސްޓް އާއްމުކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"ކޮމިޓީން އަޅުގަނޑު ގާތު އެބަ ވިދާޅުވޭ ޖުލައި މަސް ނިމޭހާ ތަނުން ފެށިގެން ކެޓަގަރީތައް ވަކިވަކިން އިއުލާން ކުރަން ފަށާނެކަން. މުޅި މަސައްކަތް އެކީގައި، ހުރިހާ ކެޓަގަރީ 6،720 ފްލެޓަށް ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓު އެކީގައި އިއުލާންކޮށް ނިމޭނީ ސެޕްޓެމްބަރާ ހަމައަށް ކަމަށް،" އަސްލަމް ވިދާޅުވެފައިވެ އެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވީ މީހުންނަށް ކުރީގެ ސަރުކާރުން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ދީފަ އެވެ. އެކަމަކު ފޯމުތައް ވަކިވަކިން ޗެކްކޮށް، ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ކްރައިޓީރިއާ އަށް ފްލެޓް ކޮމިޓީން އެކުލަވާލަމުން އަންނަނީ މުޅިން އާ ލިސްޓެކެވެ.
އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފި ފްލެޓް ކޮމިޓީގެ މަސައްކަތް ނުނިމުގެ ކަންބޮޑުވުމާ އެކު ފްލެޓްތައް ނުނިމި ލަސްވާތީ ވެސް ޝަކުވާ ބޮޑެވެ.
ހިޔާ ފްލެޓްތަކަކީ ދިރިއުޅެން އެކަށީގެންވާ ސައިޒަށް ވުރެން ކުޑަ ހާސްކަން ބޮޑު ތަންތަނަށް ވާތީ، މި ސަރުކާރުން ނިންމީ ސްޓްރަކްޗާ އަށް ބަދަލު ގެނެސް ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރާށެވެ. ވަކި ހިސާބަކުން މި މަޝްވަރާތައް މަޑުޖެހި، މި ސަރުކާރުން ދެން އިއުލާންކުރީ ފިނިޝިން ނުނިންމައި ހަވާލުކުރަން ކުރީގެ ސަރުކާރުން ނިންމާފައިވާ ފްލެޓްތައް ފުރިހަމަކޮށްފައި ހަވާލުކުރާށެވެ. ފިނިޝިން ނިންމަން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގާނެ ކަން ވެސް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިއުލާންކުރި އެވެ.
އެކަމަކު ފަހުން ސަރުކާރުން ނިންމީ ލޯނު ނުނަގައި ކުރީގެ ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް ފިނިޝިން ނުނިންމައި ދިނުމަށެވެ. އެގޮތަށް ހަވާލުކުރަން ވެސް އަދި ހަތް މަސް ނަގާނެ ކަމަށް މިދިޔަ މަހުގެ ތެރޭގައި އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
ފުރަތަމަ ބުރުގައި ގޯތި ލިބެނީ 10،314 މީހުންނަށް
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!
ފްލެޓަށް އެދުން އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި