މި ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ފުރަތަމަ ބުރުގައި 5،000 ގޯތި ލިބޭ މީހުން ކަނޑައަޅައިފި އެވެ.
26 ޖޫން 2023
މި ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ފުރަތަމަ ބުރުގައި 5،000 ގޯތި ލިބޭ މީހުން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް މައުލޫމާތު ދެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވަނީ ފުރަތަމަ ބުރުގައި 5،000 ގޯތި ދިނުމަށް ކަމަށާއި އެކަމަށް އެދި ހުޅުވާލި ފުރުސަތުގައި 15،164 ފޯމް ހުށަހެޅި ކަމަށެވެ.
އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،858 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ 19،858 މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް މިއަދު ގެޒެޓް ކުރައްވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއިރު އެއީ ޖުމްލަ 10،314 މީހުންނެވެ. ފުރަތަމަ ބުރުގައި 10،314 މީހުންނަށް ގޯތި ލިބުނު ކަމުގައިވީ ނަމަވެސް، މި ސްކީމަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ވެސް ކުރިއަށް އޮތް ތަނުގައި ގޯތި ލިބިގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެގޮތުން، ގޯތި ދޫކުރުމަށް ހުޅުމާލެ އިތުރަށް ހިއްކުމާއި ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މި ސްކީމަށް ހުށަހެޅި މީހުންގެ ތެރެއިން މި ބުރުގައި ގޯތި ދެވެން ނެތް ތިބީ 9،544 މީހުން ކަމަށާއި އޭގެ ތެރެއިން 7،782 މީހުންނަކީ ސިންގަޕް އެޕްލިކެންޓް ކަމަށެވެ. އޭގެ ތެރޭގައި ޖޮއިންޓް ވެވޭނެ މީހުން އެބަ ތިބި ކަމަށާއި ޖޮއިންޓްވީމަ ލިބޭ ގޯތީގެ ސައިޒް ބޮޑުވާނެކަން އަސްލަމް ފާހަގަކުރެއްވި އެވެ.
އެގޮތުން ވަކިންނަމަ، ދޭ ގޯތީގެ ސައިޒަކީ 1250 އަކަފޫޓެވެ. ދެ މީހަކު ޖޮއިންޓްވެއްޖެނަމަ، ގުޅޭ ކޮންމެ މީހަކަށް 400 އަކަފޫޓް އިތުރުކޮށްދެ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި ޖޮއިންޓްކޮށް ހުށަހަޅައިފިނަމަ، އެކަމަށް އިސްކަން ދީފައިވާނެ އެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓް މިހާރު އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި ފެށޭ ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ލިބޭ ޝަކުވާތަކަށް ބެލުމަށްފަހު ފައިނަލް ލިސްޓް އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަސް ނިމުނުއިރު ވެސް ފްލެޓް ލިސްޓެއް ނުނެރެވުނު!
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
ފްލެޓަށް 7،500ރ. އަކީ ހިތްދަތިކަމެއް: މުއިއްޒު
ހުޅުމާލޭގައި ނުހެދި ހުރި ބިންތައް ނަގަން ޖެހޭ: ނަޝީދު
ހައުސިން މަޝްރޫއު ހުޅުވާލާނީ ހަތަރު ކެޓަގަރީއަކަށް
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ވެށިފަހި ލިއުން ހުށަހަޅަން އަނެއްކާވެސް މުއްދަތެއް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް