30 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ިއިދާރާގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕީޖީ ނައިބު ލީޑަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދާ ދެމެދު ހޫނު ޒުވާބެއް ހިނގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ިއިދާރާގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕީޖީ ނައިބު ލީޑަރު ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދާ ދެމެދު ހޫނު ޒުވާބެއް ހިނގައިފި އެވެ.
މަޖިލީހުގެ ސައި ކޮޓަރީގެ ތެރޭގައި ހިނގި ހޫނުގަދަ ޒުވާބުގެ ވީޑިއޯ ވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ރިޔާޒު އިށީންދެވަޑައިގެން އިންނަވަނިކޮށް އޭނާ ކައިރިއަށް އަބްދުއްރަހީމް ވަޑައިގަންނަވަ އެވެ. އެ އަށްފަހު އެ ދެ މެމްބަރުން، ދެ މެމްބަރުންނަށް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފައިދާ ލިބުނު ކަމަށް ބުނެ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ބޮލުގައި އަޅުއްވައިފަ އެވެ.
އެ ދެ މެމްބަރުން ދުރުކުރުމަށް، ޕީޕީއެމްގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން އެތަނަށް ވަޑައިގެން ދެ ބޭފުޅުން ދުރުކުރައްވަން މަސައްކަތް ކުރައްވަ އެވެ. އެކަމަކު އަބްދުއްރަހީމް، ނިހާން ވެސް އެތަނުން ކޮއްޕާލައްވަ އެވެ.
"އެކަކު އަނެކަކަށް މި ސަރަކާރުން ލިބިފައި ހުރި ފައިދާތަކުގެ ވާހަކަދެއްކީ. ދެން ރިޔާޒު، އަދުރޭއާ ދިމާލަށް ވިދާޅުވީ އަދުރޭއޭ ސަރުކާރުގެ ކުންފުނިތަކުގެ ފައިދާ ނެގީ،" ޒުވާބު ހިނގިއިރު އެ ތަނުގައި ހުންނެވި މެމްބަރަކު ވިދާޅުވި އެވެ.
ޒުވާބު ހިނގިއިރު އެތަނުގައި ޕީޕީއެމާއި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވެސް ތިއްބެވި އެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ އެ ދެ މެމްބަރުންގެ ޒުވާބު ވެސް ވަނީ ހުއްޓާލައިފަ އެވެ.
މިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސި އިންތިޚާބުން ރައީސް އަބްދުﷲ ޔާމީނާ ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު ރިޔާޒު ގެންދަވަނީ މި ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑުވިދާޅުވަމުންނެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި
ލާރި ފޮއްޗެއްގައި ޖެހުނަސް އެ މީހަކު ބަނދެވޭނެ:ނިހާން
ގަވައިދު ހެދުމުގެ ބާރު އީސީއަށް ދޭތީ ކަންބޮޑުވެއްޖެ
"ރިޔާސީ ޓިކެޓް ދޭނެ މީހެއް އިދިކޮޅަކަށް ނޭނގޭނެ"
"ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށް ދިނުން މަޖުބޫރު"
ޓިޝޫ ބޮނޑިއަކާ ހެދި މަޖިލިސް "މަރު"!
12 ޑޮލަރަށް ބަދަލުކުރީ ނިހާނަށް ލިބުނު މައުލޫމާތަކަށް
އަބުރުގެ ބިލް އޮތް ގޮތަށް ފާސްކުރާނެ: ރިޔާޒް
ނިހާނަށް ކުރި ދައުވާތައް އަނބުރާ ގެންދަން ނިންމައިފި
މަޖިލީހުގެ ބިއުރޯ ޗީފަކަށް ނިހާން ހަމަޖައްސައިފި