27 ނޮވެމްބަރ 2016
ދިވެހިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާނަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ ކަމަށް، ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާނަށް ލިބިފައިވާ މައުލޫމާތަށް ބުރަވެ ކަމަށް، ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންވާ ކަންކަން އަންގަނީ ސީދާ ޕީޖީ ލީޑަރަށް ނުވަތަ ލީޑަރު ވަޑައިގެން ނެތް ނަމަ ޑެޕިއުޓީ ޕީޖީ ލީޑަރަށް ކަމަށެވެ.
"ސަރުކާރުގެ ފަރާތުން ޕީޖީ ލީޑަރަށް ލިބިވަޑައިގެންނެވި މައުލޫމާތުތަކެއްގެ މައްޗަށް ބަލައި އަޅުގަނޑުމެން [12 ޑޮލަރު ނަގަން] ފާސްކުރީ. މިހާތަނަށް ވެސް ސަރުކާރުން ޕީޖީ ގުރޫޕަށް އަންގާ އެންގުންތައް އަންގާނީ ޕީޖީ ލީޑަރަށް،" ކަން ހިނގާފައިވާ ގޮތާ ބެހޭ ގޮތުން ރިޔާޒް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން (ވ) އަދި އަބްދުއް ރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިހާންގެ ފޯނަށް ގުޅޭ ގޮތް ނުވާތީ، ރިޔާޒްގެ ވާހަކަތަކާ ގުޅޭ ގޮތުން ނިހާންގެ ބަހެއް މިއަދު ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެނގިފައިވާ ގޮތުގައި އައިއެންއައިއޭ އިން ފުރާ ފަސިންޖަރުންގެ އަތުން އޭޑީސީ ނެގުމަށް މަޖިލީހުން ފާސް ކުރުމަށް ފަހު، ނިހާން ވަނީ ބޭސް ފަރުވާއަކަށް ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ.
ވޯޓަށް ފަހު ނިހާން ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ދިވެހިންގެ އަތުން އޭޑީސީގެ ގޮތުގައި 12 ޑޮލަރު ނެގުމަށް ނިންމުމާ ގުޅިގެން ރައީސް ޔާމީނަށް ތައުރީފް ކުރައްވައިފަ އެވެ. އޭނާގެ ޓްވީޓްގައި ވިދާޅުވީ "އެެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖަސް ދިވެހިން އަތުން ނަގާ އަދަދު ކުޑަ ކޮށްދެއްވީތީ ރައީސް ޔާމީނާއި ޕީޕީއެމް ޕީޖީ ގުރޫޕަށް ޝުކުރު ދަންނަވަން" ކަމަށެވެ.
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ނަމަވެސް އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން ނަގާ އަދަދު ދަށް ކުރި މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ވިދާޅުވެފައި ވަނީ ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން ބަދަލުކުރުމަށް އެ މަނިކުފާނު ނާންގަވާ ކަމަށެވެ. އަދި މަޖިލީހުން 12 ޑޮލަރަށް ދަށް ކުރި މައްސަލައިގައި އެ މަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައި ކަން ވައިބާ މެސެޖްތަކުން ދޭހަވާ ކަމަށް މެމްބަރަކު ވިދާޅުވި އެވެ.
"އެ މަނިކުފާނު ވިދާޅުވީ މުޅި ގުރޫޕަށް އެނގެން ޖެހޭ ގޮތަށޭ ސަރުކާރުން ބިލް ހުށަހެޅީ. އެ އަށް ބަދަލު ގެންނާކަށް ހުށައެއް ނާޅުއްވަމޭ. އެ ގޮތަށް ހުށަހަޅުއްވާ ފަހަރުތަކުގައި ގުރޫޕުގައި އެބަ ލިޔުއްވަމޭ. މި މައްސަލައިގައި ވައިބަ ގުރޫޕުގައި ރައީސް ވަރަށް ސާފުކޮށް އިލްތިމާސް ކުރެއްވި ކުރި އަށް އޮތް ތަނުގައި ވެސް ކަންކަން ރަނގަޅު ކުރުމަށްޓަކައި ތެދު ބަހުން ވާހަކަ ދެއްކެވުމަށް،" މި މައްސަލައިގައި ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި އުފެދުނު އަރައިރުންގަނޑުގެ މައުލޫމާތު އެނގިވަޑައިގަންނަވާ މެމްބަރު ވިދާޅުވި އެވެ.
އައިއެންއައިއޭ އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން އޭޑީސީގެ ގޮތުގައި ތަފާތު އަދަދެއް ނަގަން މަޖިލީހުން ފާސްކުރި މައްސަލާގައި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު ވެސް ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ޒުހޫރު ރޭ "މިހާރު" އަށް ވިދާޅުވީ އޭޑީސީ ނަގަން މަޖިލީހުން ފާސްކުރީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ)ގެ މިންގަނޑުތަކާ ހިލާފަށް ކަމަށެވެ. އެގޮތުން އޭޑީސީ ނެގުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ކުރުމަކީ އެ ޖަމިއްޔާގެ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި އެކަން މެމްބަރުންނަށް ފަހު ވަގުތު ވެސް އަންގަވަމުން ގެންދެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަން ފާސް ކުރި ކުރުމާ މެދު ދެން ސަރުކާރުން އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ. އެކަމަކު ބިލް ތަސްދީގުނުކޮށް އަނބުރައި ފޮނުވާލުމަކީ ރައީސަށް ކުރެއްވޭނެ ކަމެކެވެ.
ރިޔާޒް ވިދާޅުވީ އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން ނެގުމަށް މަޖިލިހުން ފާސްކުރި އަދަދު ބަދަލު ކުރުމަށް ސަރުކާރުން އަދި މެމްބަރުންނާ މަޝްވަރާ ނުކުރާ ކަމަށެވެ.
12 ޑޮލަރަށް ބަދަލުކުރީ ރައީސަށް އެނގިވަޑައިނުގެން!
މަސީހްގެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިން: ރިޔާޒް
އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12 ޑޮލަރު ނަގަން ފާސްކޮށްފި
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
އަބުރުގެ ބިލް އޮތް ގޮތަށް ފާސްކުރާނެ: ރިޔާޒް
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން
މަޖިލިސް އިންތިހާބުގައި ޔާމީންގެ ތާއީދު ރިޔާޒް ރަޝީދަށް
ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން ހުށަހަޅައިފި
ސިޔާސީ ހަޔާތް މަރެއް ނުވޭ، ނުކުންނާނީ އާ ދާއިރާއަކަށް
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި