Roadha Mihaaru
ނިހާނަށް ކުރި ދައުވާތައް އަނބުރާ ގެންދަން ނިންމައިފި

ނިހާންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދަން ޕީޖީން ނިންމައިފި

06 ޖޫން 2024

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީލޯންޑްރިންގެ ކުރީ 2019 ވަނަ އަހަރު އެވެ.

ނަމަވެސް ޕީޖީ އޮފީހުން މިދިޔަ ހޯމަ ދުވަހު ނިހާނަށް ފޮނުވި ސިޓީއެއްގައިވަނީ އެ މައްސަލަ އެ އޮފީހުން މުރާޖައާ ކުރުމަށްފަހު އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް އެ ސިޓީގައި ބަޔާންކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ނިހާންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދަން ނިންމީ 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގެ ހުކުމަށް ރިއާޔަތްކޮށް ބެލިއިރު، ނިހާންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ނުބެލެވޭތީ ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ނިހާނަށް ލިޔުމުން ޖަވާބު ދިނީ މި ހަފުތާގައި ކަމަށް ވިޔަސް، ދައުވާތައް އަނބުރާ ގެންދަން މީގެ ދެ މަސް ކުރިން އޮތީ ނިންމައިފަ އެވެ.

ނިހާންގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމި އިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ މަގާމަށް ނިހާން އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ މަޖިލީހުގެ ރައީސްގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ތިން މުވައްޒަފަކު ނެގުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮވެ އެވެ.

ނިހާން އެ މަގާމަށް ހަމަޖެއްސެވުމުން އޭނާ އިއްޔެއިން ފެށިގެން ވަޒީފާއަށް ނިކުންނަން ފަށްޓަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލީހުގެ ބިއުރޯ ޗީފަކަށް ކުރިން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސޯލިހެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސެކްޓްރީއަކަށް ހުންނެވުމަށް ފަހު މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ ދައުރުގަ އެވެ.