20 އޯގަސްޓް 2017
ރައްޔިތުންގެ މަޖިލިހުގައި މިއަށް ވުރެ ހަލަބޮލި ދުވަސްވަރު ވެސް ޖަލްސާތައް ބާއްވައިފި އެވެ. ތާޅަފިއްޔާއި ދުންމާރި ފަދަ އަޑުގަދަކުރާ ސާމާނު މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ ކަންފަތުގައި ޖެހޭ ހިސާބުގައި އިދިކޮޅު ފަރާތްތަކުން ދިއްކޮށްގެން ތިއްބައި ކިތަންމެ ޖަލްސާއެއް ބާއްވައިފި އެވެ. ޖަލްސާތައް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އޭރު މަސީހް ނުގެންގުޅުއްވަ އެވެ. އެންމެ ފަހުން އިދިކޮޅު ފަރާތްތައް ހުއްޓުވީ ތާޅަފިލި ކަހަލަ އަޑުގަދަކުރާ ސާމާނު މަޖިލީހަށް ވެއްދުމަކީ މަނާ ކަމެއް ކަމަށް ގަވައިދުގައި ހިމަނައިގެންނެވެ. އެ ހިސާބުން އެ ދުވަސްވަރު މަޖިލިސް ހަލަބޮލިވުން ވެސް ނިމުމަކަށް އައެވެ.
ރައްޔިތުންގެ މަޖިލިހުގައި މިއަށް ވުރެ ހަލަބޮލި ދުވަސްވަރު ވެސް ޖަލްސާތައް ބާއްވައިފި އެވެ. ތާޅަފިއްޔާއި ދުންމާރި ފަދަ އަޑުގަދަކުރާ ސާމާނު މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ ކަންފަތުގައި ޖެހޭ ހިސާބުގައި އިދިކޮޅު ފަރާތްތަކުން ދިއްކޮށްގެން ތިއްބައި ކިތަންމެ ޖަލްސާއެއް ބާއްވައިފި އެވެ. ޖަލްސާތައް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އޭރު މަސީހް ނުގެންގުޅުއްވަ އެވެ. އެންމެ ފަހުން އިދިކޮޅު ފަރާތްތައް ހުއްޓުވީ ތާޅަފިލި ކަހަލަ އަޑުގަދަކުރާ ސާމާނު މަޖިލީހަށް ވެއްދުމަކީ މަނާ ކަމެއް ކަމަށް ގަވައިދުގައި ހިމަނައިގެންނެވެ. އެ ހިސާބުން އެ ދުވަސްވަރު މަޖިލިސް ހަލަބޮލިވުން ވެސް ނިމުމަކަށް އައެވެ.
ނަމަވެސް މިއަދު ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރު މަރުތަޅު އެޅިގެން މިއުޅެނީ ޓިޝޫ ބޮނޑިއަކާ ހުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގައި އޮތް ޓިޝޫ ބޮނޑިއެއްގައި ރޯވެ، މުޅި މަޖިލީހުގެ ޖަލްސާތައް މިހާރު މިއޮތީ ހުއްޓިފަ އެވެ.
މަޖިލިހުގެ އިދާރާގެ ފާޚާނާއެއްގައި ހުރި ޓިޝޫ އަޅާ އެއްޗެއްގައި މިދިޔަ މަހުގެ 31 ގައި "އާދަޔާ ޚިލާފު" ގޮތަކަށް ރޯވި އަލިފާނާ ހެދި މަޖިލިސް ހުއްޓާލާފައި ތިބުމަކީ އެންމެންނަށް ވެސް ބޮޑު ޖޯކެކެވެ. އަލިފާނުގެ އެ ހާދިސާއާ ހެދި ހަގީގަތުގައި ވީ ގެއްލުމެއް ނެތެވެ. މަޖިލިހުގެ އިދާރާގެ މުޅި އިމާރާތަށް އެއްވެސް އަސަރެއް ނުކުރެ އެވެ. މަޖިލިހުގެ ޖަލްސާތައް ބާއްވާ ޗެމްބަރަށް ކުރިމަތިވި އެއްވެސް މައްސަލައެއް ނެތެވެ.
ޓިޝޫ އަޅާ އެތީގައި "ސުވާލު އުފެދޭ ގޮތަކަށް" ރޯވެފައިވާ ކަމަށް މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު ވަގުތުން އިއުލާން ކުރެއްވިއިރު، މިއަދާ ހަމައަށް އެ ތަހުގީގަށް ވީ ގޮތެއް ނޭނގެ އެވެ. މަޖިލިހުގެ އިދާރާގެ ސަލާމަތީ ކަންކަން 24 ގަޑިއިރު ބަލަހައްޓަނީ ސިފައިން ކަމަށް ވާއިރު، އަދި މުޅި އިމާރާތުގައި ކެމެރާ ހަރުކޮށްފައި ވާއިރު ޒިންމާ ނަގާނެ ބައެއް ނޭނގެ އެވެ. މަޖިލިހުގެ އިދާރާގެ ސެކިއުރިޓީ ކެމެރާތައް ވެސް މަސައްކަތް ނުކުރާ ކަމަށް އަޑު ފެތުރިފައިވާއިރު، އޭގެ ޒިންމާ ނަގާނެ ބައެއް ވެސް ނެތް ކަހަލަ އެވެ.
މަޖލިސް މެދުކަނޑާލީ މި އަލިފާނަކާ ހެދި ކަމަށް ބުނާއިރު، މިއީ މިއަށް ވުރެ ސީރިއަސްކޮށް ބަލައި، ތަހުގީގުކޮށް ނަތީޖާއެއް ނެރެން ޖެހޭނެ ކަމެކެވެ. އިހުމާލުވީ ބަޔަކު ވެސް، އެންމެ ކުޑަމިނުން މަޖިލިހުގެ މެމްބަރުންނަށް އަންގަން ޖެހޭނެ އެވެ. އެހެން ނޫނީ މަޖިލިސް މެދުކަނޑާލީ ސިޔާސީ ގޮތުން ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ހިޔާލު މިކަމުގައި ވަރަށް ބޮޑަށް ތަފާތެވެ. ޖަލްސާތައް ނުބޭއްވުމުގެ ހުރިހާ ޒިންމާއެއް ނަންގަވަން ޖެހޭނީ އިދިކޮޅު މެމްބަރުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ އިދިކޮޅު މެމްބަރުން ޖަލްސާތައް ބާއްވަން ބޭނުން ނުވަނީ ކަމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން ފަހެއްގައި ފެށި ފަހުން މިހާތަނަށް ބޭއްވީ އެންމެ އަށް ޖަލްސާ އެވެ. އެއީ ޖޫން މަހުގައި ބޭއްވި ހަ ޖަލްސާ އާއި މިދިޔަ މަހު ބޭއްވި ދެ ޖަލްސާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފާހާނާއެއްގައި އަލިފާން ރޯވެ ގެއްލުން ވެފައި
ގަވާއިދާ އެއްގޮތަށް ޖަލްސާތައް ބާއްވާނަމަ، މި ދައުރުގައި 39 ޖަލްސާއެއް ބާއްވަން ޖެހެ އެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި އެ އަދަދަށް ޖަލްސާ ބޭއްވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގިނަވެގެން ބޭއްވޭނެ ކަމަށް ބެލެވެނީ އެންމެ ހަ ޖަލްސާ އެވެ. މި މަސް ނިމުމުން މެމްބަރުން ދެން ވަޑައިގަންނަވާނީ އެއް މަސް ދުވަހުގެ ޗުއްޓީއަކަށެވެ. ތިން ވަނަ ދައުރުގެ ޖަލްސާތައް އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމާ އެކުގަ އެވެ.
ދެވަނަ ދައުރުގައި ބޭއްވި ޖަލްސާތަކަށް ފަސް ގަޑިއިރެއް ހާއިރު، ވެސް ހޭދައެއް ނުވެ އެވެ. ދައުރުގެ ގިނަ ޖަލްސާތައް ނިންމާލީ ވިހި މިނެޓެއް ހާއިރު ވެސް ނުވަނީސް، އެޖެންޑާގައި އިތުރު ކަމެއް ނެތުމުންނެވެ.
- ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުން
- މިނިވަން މުއައްސަސާތަކަށް ބައެއް ބޭފުޅުން އައްޔަން ކުރުން
- ބޭރު ގައުމުތަކަށް ސަފީރުން އައްޔަން ކުރުން
- އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުން
- ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން
މަޖިލީހުގެ އިދާރާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައި ވަނީ ޖަލްސާތައް މެދުކަނޑާލީ އަލިފާނުގެ ހާދިސާ އަށް ފަހު އާންމު ހާލަތަކަށް ކަންކަން ގެނައުމަށާއި ކަމާ ގުޅޭ ގޮތުން އިތުރު ފިޔަވަޅުތައް އަޅަން ވަގުތު ބޭނުންވާތީ އެވެ. އެކަމަކު އެ ހާދިސާ ހިނގި ފަހުން ކޮމެޓީ ބައްދަލުވުންތައް ބާއްވާފައި އެބަހުއްޓެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި ޖަލްސާތައް ހުއްޓުވާފައި އޮތީ އިދިކޮޅު މެމްބަރުންނާ ހުރެ އެވެ. އެއީ އަމިއްލަ މަސްލަހަތު އިސްކޮށް، ސިޔާސީ ބޭނުމެއްގައި ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ މެމްބަރަކު ވިސްނަވަން ޖެހޭ އެބަ މިފަދަ ކަންކަން ނުކުރަން. މަޖިލީހުގެ އެޖެންޑާއިގެން ކުރިއަށް ދާން އެބަ ޖެހޭ، މެމްބަރުން ކޮށްގެން ނުވާނެ ކަންކަން އެބަހުރި މަޖިލީހުގެ ގަވާއިދުގައި،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާނު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ސިފައިންގެ ހިމާޔަތުގައި މަސީހް ޖަލްސާ ބާއްވަވަނީ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވެސް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ބާއްވަން ބޭނުން ނުވަނީ އިދިކޮޅު މެމްބަރުންނެވެ. އެކަމުގެ ރީތި މިސާލެއް އެންމެ ފަހުން ބޭއްވި ޖަލްސާގައި ފެނިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަލްސާ ބާއްވަން އުޅުނީމަ ރިޔާސަތު ހިސޯރުކޮށްގެން، އެތައް ސަކަރާތެއް ޖެހީ. އަނެއްކާ ޖަލްސާ އެއް ބާއްވައިގެން އުޅުނީ ވެސް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައެއް ކުރިއަށް ގެންދަން. އެކަމަކު އެ ފުރުސަތު ވެސް ހަމަ އިދިކޮޅު މެމްބަރުން ނުދެއްވީ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް އިޝާރާތް ކުރެއްވި ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ އެންމެ ކަމެކެވެ. އެއީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއާ ސުވާލު ކުރެއްވުން އެކަންޏެވެ. ނަމަވެސް އެ ދުވަހުގެ ޖަލްސާ ކުރިއަށް ދިޔައީ އިދިކޮޅު މެމްބަރުންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ އެކުގަ އެވެ. މެމްބަރުން އިހްތިޖާޖް ކުރެއްވީ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރައްވާ ބޭފުޅަކު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުންނެވެ. އެއީ މަޖިލީހުގެ ރައީސް މަސީހެވެ.
ޖަލްސާއެއް ނުބާއްވާތާ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވީ އެވެ. މެމްބަރުން ޖަލްސާ ބާއްވަން ހުރަސް އަޅުއްވާނަމަ، މަޝްވަރާގެ ރިވެތި އުސޫލުން މީގެ ކުރިން ވެސް ކަންކަން ނިންމާފައި އެބަހުއްޓެވެ.
މަޖިލީހުގައި އެންމެ ފަހުން ރައީސް ކަން ކުރެއްވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދަށް ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭ ހާލަތްތައް މެދުވެރިވުމުން ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާކޮށް، ގޮތްތަކެއް ނިންމެވި އެވެ. އަދި އެފަދަ އަމަލުތައް ހިންގާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުން ފަދަ ހަރުކަށި އުސޫލުތައް ގާއިމުކުރެއްވި އެވެ.
އެގޮތުން މަޖިލިސް ގަސްދުގައި ހުއްޓުވާ މެމްބަރުންނާއި ތަކެއްޗަށް ގެއްލުންދޭ މެމްބަރުންގެ މުސާރަ އިން ވަކިވަރެއް ކެނޑުމަށް މަޖިލީހުގެ ސުލޫކީ ކޮމެޓީން ނިންމާފައިވެ އެވެ. އެކަމަކު، އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި މެމްބަރަކާ މެދު އެފަދަ ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ.
ނިހާނު ވިދާޅުވި ގޮތުގައި ސުލޫކީ ކޮމެޓީގެ ނިންމުން މިހާތަނަށް އައިއިރު، މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ފާސްކޮށްފައެއް ނުވެ އެވެ. އެހެންވެ، އެ ނިންމުން ތަފްސީލްކޮށް ގަވާއިދުގައި ހިމަނަން ޖެހޭ ހާލަތަށް މިހާރު މަޖިލީހުގެ ކަންކަން ގޮސްފައިވާ ކަމަށް ނިހާނު ވިދާޅުވި އެވެ. ގަވާއިދުގައި ހިމެނެން އޮތީ ސުލޫކީ ކޮމެޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ފާސްކޮށްގެންނެވެ.
އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ މަޖިލީހުގެ ރިޔާސަތުގައި މަސީހް އިންނެވިހާ ހިނދަކު ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ޖަލްސާއެއް ބާއްވާނަމަ، ފުރަތަމަ ކަމަކަށް އެޖެންޑާ ކުރަން ޖެހޭނީ އިދިކޮޅު މެމްބަރުން ގުޅިވަޑައިގެން 45 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށް ވެސް އެ މެމްބަރުން ގަބޫލު ކުރައްވަ އެވެ. އެކަމަކު، އެއީ މަޖިލީހުގެ އިދާރާ އިން މިހާރު ބާތިލްކޮށްލާފައި އޮތް މައްސަލައެކެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި މަސީހަކީ އެންމެންނާ ގުޅިގެން މަސައްކަތް ކުރައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅެކެވެ. މަޝްވަރާ ކުރައްވަން ޖެހޭ ހާލަތްތަކުގައި ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަސީހު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިހާރު ދިމާވެފައި އޮތް މައްސަލަތައް ހައްލު ކުރުމުގައި ވެސް މަސީހު ހާއްސަ ރޯލެއް އަދާކުރައްވާނެ ކަމަށް ރިޔާޒް ގަބޫލު ކުރައްވަ އެވެ.
ނިހާނު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގަސްދުގައި މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލައި، ތަކެއްޗަށް މެމްބަރުން ގެއްލުން ދީފިނަމަ، އަޅާނެ ފިޔަވަޅުތައް ލިޔެވިފައި އޮންނަން ޖެހޭ ކަމަށް ނިހާނު ވިދާޅުވި އެވެ. ހަމައެއާއެކު، ޖަލްސާތައް ހުއްޓުވާލަން މަސައްކަތް ކުރައްވާ އިދިކޮޅޫ މެމްބަރުން ގަދަފަދަކަން ދޫކޮށްލައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުން އެބަޖެހޭ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވަން. ޖަލްސާތައް ފެށުމުން ތަޅުމުގައި ތިއްބަވައިގެން ހިޔާލު ފާޅު ކުރަންވީ. މެމްބަރުން މީގައި އަމިއްލައަށް ވިސްނިވަޑައިގެން ޖަލްސާތައް ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދީ، ޖަލްސާތައް ކުރިއަށް ގެންދެވަން ފުރުސަތު ދެއްވާ،" ނިހާނު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޖަލްސާތައް ބާއްވަން ނުކެރެނީ ސަރުކާރަށް މެޖޯރިޓީ ގެއްލުމުންނެވެ. އެތަނުގައި "ތަޅު އަޅުވާފައި" ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރުމުގެ ބޭނުމުގަ އެވެ. އެބޭފުޅުން ވެސް ބޭނުންވަނީ ޖަލްސާތައް އަލުން ފަށައި، މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ދިއުމަށެވެ. އެކަމަކު، އެކަން ހިނގާނެތޯ މިއީ ކޮންމެ މީހެއްގެ ހިތުގައި އޮތް ސުވާލެވެ.
މަޖިލިސް ހޭލައިފި، ވަޒީރުންނަށް ސުވާލުތަކެއް!
މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނު އުވައިލަން ހުށަހަޅަނީ
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި
ބަންޑާރަ ނައިބު އަނިލްއަށް، މެމްބަރުންގެ ހަމަލާ!
ގޮނޑިތައް ލިބުނީމަ ވެސް ޖަލްސާއަކަށް ނާދޭ: ނިހާން
މާދަމާގެ ޖަލްސާއަށް ޕީޕީއެމުން ނެރުނީ ފްރީ ވިޕެއް
މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ މަހާ ގާތަށް
އެމްޑީޕީގެ ވައުދުތައް ބަޖެޓަށް ލާން ތައްޔާރު: ޕީޕީއެމް
އީސީ ދޮށަށް އެއްވާ މެމްބަރުންނަށް ފިޔަވަޅު އަޅައިދީ!
"މަސީހު ގަބޫލުނުކުރާނަމަ ކޮމިޓީތަކަށް ގޮސްގެން ނުވާނެ"