ރައްޔިތުންގެ މަޖިލީހުން މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާނުކުރައްވައި، އިލެކްޝަންސް ކޮމިޝަން (އީސީ) ދޮށަށް އެއްވާ އިދިކޮޅު މެމްބަރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް އެ ކޮމިޝަނުން ހޯދަންޖެހޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
24 ޖުލައި 2018
ރައްޔިތުންގެ މަޖިލީހުން މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާނުކުރައްވައި، އިލެކްޝަންސް ކޮމިޝަން (އީސީ) ދޮށަށް އެއްވާ އިދިކޮޅު މެމްބަރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް އެ ކޮމިޝަނުން ހޯދަންޖެހޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއް ގައި ނިހާން އެހެން ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން އިއްޔެ ވަނީ އެ ކޮމިޝަން ކައިރީގައި މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާ ގައި ބައިވެރިވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ހިމެނެ އެވެ.
އިދިކޮޅު ފަރާތްތަކުގެ އެ އަމަލާ ގުޅިގެން ނިހާން ވިދާޅުވީ، އިިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ ގުޅޭ ގޮތުން އެ ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ. ނަމަވެސް ފުރުސަތު ލިބުމުން ވެސް، އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށް އިދިކޮޅު އެއްވެސް މެމްބަރަކު މަސައްކަތެއް ނުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވަނީ އިލެކްޝަންސް ކޮމިޝަން ދޮށަށް އެއްވެ "ނާޗަރަންގީ" ކުޅުން ހުއްޓައިލުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފަ އެވެ. އަދި، އެގޮތަށް އެއްވާ މެމްބަރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް ބެލުމަށް ނިހާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"އަޅުގަނޑަށް ފެނުނު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންތަކެއް ފޯރީގައި އެ ތަނުގައި [އިސީ ދޮށުގައި] އުޅެނިކޮށް. ގާނޫނީ ވާޖިބު އަދާނުކުރައްވައި އީސީ ދޮށުގައި އެނބުރޭ މައްސަލަ ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކޮންމެ ވެސް ކަހަލަ ރަނގަޅު ފިޔަވަޅެއް އެޅުއްވޭނެ ގޮތްތަކެއް އިލެކްޝަންސް ކޮމިޝަނަށް ވެދާނެ. ކުރެއްވޭނެ ގޮތްގޮތް ހުންނާނެ،" ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑު، ހިތުގެ ހާލިސްކަމާ އެކު އިލެކްޝަންސް ކޮމިޝަނަށް ދަންނަވާލަން، އެ ފިޔަވަޅު ތަކާ މެދު ވިސްނުން ބެހެއްޓުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކޭ މަޖިލީހުގެ މެމްބަރެއްގެ ހައސިއްޔަތުން އަދި ސިޔާސީ ޕާޓީއެއްގައި އިސްކޮށް މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން."
ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިންސާފުވެރިކަމާ އެކު ރިޔާސީ އިންތިޚާބު ބޭއްވޭނެ މާހައުލެއް ގާއިމް ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މިނިވަން އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އީސީ ދޮަށަށް އެއްވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެ ކަހަލަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު އެ ކޮމިޝަނުން ވެސް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ މަހާ ގާތަށް
އެމްޑީޕީގެ ވައުދުތައް ބަޖެޓަށް ލާން ތައްޔާރު: ޕީޕީއެމް
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން އާދޭސް ކުރަނީ!
ގާނޫނުތަކަށް ހުށަހެޅި އިސްލާހަށް މިއަދުވެސް ވޯޓަށް ނޭހި
އިންތިޚާބުތަކުގެ ގާނޫނުތައް އިސްލާހުކުރުން މާދަމާ
"މަސީހު ގަބޫލުނުކުރާނަމަ ކޮމިޓީތަކަށް ގޮސްގެން ނުވާނެ"
މަޖިލީހުގެ ޖަލްސާތައް މި މަހުގެ 25 ގައި ފަށަނީ