29 އޮކްޓޯބަރ 2018
އެމްއެމްއާރުސީގެ ޚިޔާނާތާ ބެހޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް މައުލޫމާތުތަކެއް ލީކުކޮށްލުމާ ގުޅިގެން، އޭނާ އާ ދޭތެރޭ ބޭންކުން ކަންތައްތައް ކޮށްފައި ވަނީ އުސޫލުތަކުގެ ތެރެއިން އެކަން އޮންނަ ގޮތަށް ކަމަށް ބުނެ އެ ބޭންކުން މުވައްޒަފުންނަށް މައުލޫމާތުތަކެއް ދީފި އެވެ.
އެމްއެމްއާރުސީގެ ޚިޔާނާތާ ބެހޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް މައުލޫމާތުތަކެއް ލީކުކޮށްލުމާ ގުޅިގެން، އޭނާ އާ ދޭތެރޭ ބޭންކުން ކަންތައްތައް ކޮށްފައި ވަނީ އުސޫލުތަކުގެ ތެރެއިން އެކަން އޮންނަ ގޮތަށް ކަމަށް ބުނެ އެ ބޭންކުން މުވައްޒަފުންނަށް މައުލޫމާތުތަކެއް ދީފި އެވެ.
ބީއެމްއެލްގެ މުވައްޒަފުންނަށް އެ ބޭންކުން މިއަދު ފޮނުވާފައިވާ ދެ ސަފުހާގެ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ބެހޭ ގޮތުން އެ ބޭންކުން ތަހުގީގީ އިދާރާތަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް، ގާނޫނުގައި އޮތް ގޮތަށް ވަނީ ފޯރުކޮށްދީފަ އެވެ. އަދި ބުނެފައި ވަނީ ގާސިމް އެ މައުލޫމާތުތައް ހާމަކޮށްފައި ވަނީ އެ މައުލޫމާތުތައް ތަހުގީގީ އިދާރާތަކަށް ދިނުމުގެ ފަހުން ކަމަށާއި އެ ވަރު ނުބަލައި، އެ މައުލޫމާތުތައް އާންމު ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.
ބޭންކުގެ އިންޓާނަލް މެމޯއެއްގެ ގޮތަށް ފޮނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވި އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓްތަކުގެ މައުލޫމާތު ގާސިމް އާއްމުކޮށްފައި ވަނީ ގާނޫނާ ހިލާފަށެވެ. ބޭންކިންއާ ބެހޭ ގާނޫނުގައި އޮންނަ ގޮތުން ބޭންކް އެކައުންޓެއްގެ މައުލޫމާތު ދެވޭނީ ތަހުގީގަކަށް، ތަހުގީގީ އިދާރާއަކަށް އެކަންޏެވެ. އެނޫން ފަރާތަކަށް އެ މައުލޫމާތު ދިނުމަކީ ބޭންކްގެ މުވައްޒަފަކަށް ވެސް އަދި ކުރީގެ މުވައްޒަފުންނަށް ވެސް މަނާ ކަމެކެވެ.
ގާސިމް ވަނީ ފެބްރުއަރީ 14، 2016 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓް ސްޓޭޓްމަންޓް ސިސްޓަމަށް ވަދެ، އެސްއޯއެފްގެ އެކައުންޓްގެ ތަފުސީލު ބެލުމަށް ފަހު އޭގެ ޕީޑީއެފް ކޮޕީއެއް ނަގައިފައި ކަމަށާއި އޭގެ އިތުރުން ފެބްރުއަރީ 14، 2016 ގައި ހަމަ އެ އެކައުންޓުން ހިންގާފައިވާ ވަކިވަކި މުއާމަލާތްތަކުގެ ތަފުސީލުތަކުގެ ސްކްރީން ޕްރިންޓް ވެސް ނަގާފައި ކަމަށް ލިޔުމުގައި ވެ އެވެ. އަދި އެ ހުރިހާ މައުލޫމާތެއް ޖީމެއިލް އެކައުންޓަކުން އަމިއްލަ ފަރާތްތަކަށާއި އޮފީސްތަކަށާއި ބޭންކުގެ ބައެއް މުވައްޒަފުންނަށް ވެސް ފޮނުވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
އެހެންވެ، އެކައުންޓްގެ މައުލޫމާތުގެ ރައްކާތެރިކަން ބޭންކިން އުސޫލުން ބޭރުން ގެއްލުވާލައިފައިވާ ކަމަށާއި މިފަދަ ހާލަތްތަކުގައި ބޭންކަށް ގާނޫނާއި ގަވައިދުތައް ލާޒިމް ކުރާ ގޮތުގެ މަތިން އޭނާ ވަޒީފާ އިން ސަސްޕެންޑްކުރެވި، ގާނޫނާއި އަދި ބޭންކާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފު އަމަލެއް ކޮށްފައި ވާތީވެ މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާވިސް ހަވާލުކުރި ކަމަށް، ގާސިމްގެ މައްސަލައާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނެފައި ވެ އެވެ.
ބޭންކުގެ ވިސްލް ބޮލޯވަރުގެ ނަމުން މަޝްހޫރުވި ގާސިމަށް މި މައްސަލައިގައި 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އައެވެ. އަދި އޭނާ ވަނީ އެ މުއްދަތު ތަންފީޒުކޮށް މިދިޔަ އަހަރު މިނިވަން ވެފަ އެވެ.
ގާސިމް އެގޮތަށް ކަންތައް ކޮށްފައި ވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ގޮތުން ބީއެމްއެލް އިން ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް އެއަށް ވުރެ އެ މައުލޫމާތުތައް ފޯރުކޮށްދީފައިވާ ކަމަށް ލިޔުމުގައި ބުނެފައި ވެ އެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހަށް އެ މައުލޫމާތު ދިނީ އެމްއެމްޕީއާރްސީގެ އޮޑިޓެއް ކުރަން ވެގެން އެ އޮފީހުން އެދުމުންނެވެ. ފުލުހުންނަށް އެެެ މައުލޫމާތު ދިނީ ތަހުގީގަށް ބޭނުން ވެގެންނެވެ. ބީއެމްއެލްއިން އެ އިދާރާތަކަށް މައުލޫމާތު ދިނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށާއި އެއީ ގާސިމް އެ މައުލޫމާތު ފަޅާއަރުވާލުމުގެ އެތައް ދުވަހެއް ކުރިން ކަމަށް ލިޔުމުގައި ވެ އެވެ.
ގާސިމް އެ މައުލޫމާތު ފަޅާ އަރުވާލީ ޖެހިގެން އައި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭރު އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓް ވެސް ވަނީ ނެރެފަ އެވެ. އެ ރިޕޯޓް އެކުލައިލީ ބީއެމްއެލްގެ ވެސް އެއްބާރުލުމާ އެކުގައި ކަމަށް ލިޔުމުގައި ބުނެފައިވެ އެވެ.
އަދި ހިތާމަ އަކީ ގާސިމް މި ހުރިހާ ކަމެއް ކުރިއިރު، މިކަމާ މެދު ބޭންކުން އަަޅާފައިވާ ފިޔަވަޅުތައް ގާސިމަށް އޮޅުން ފިލުވާފައި ނެތް ކަން ކަމަށް ވެސް ލިޔުމުގައި ވެ އެވެ.
ބޭންކުން ބުނެފައި ވަނީ ގާސިމާ މެދު ފިޔަވަޅު އަޅަން މަޖުބޫރުވީ އެ ފިޔަވަޅު ނާޅައިފި ނަމަ ކަސްޓަމަރުންނާއި ބޭންކާ ގުޅުން އޮންނަ ބައިނަލް އަގުވާމީ ބޭންކްތަކާއި މާލީ މުއައްސަސާތަކުގެ އިތުބާރު ގެއްލި ބޭންކަށް ބޮޑެތި ގެއްލުންތައް ލިބޭނެތީ ކަމަށް ލިޔުމުގައި ވެ އެވެ. އަދި އޭނާއާ މެދު ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން ބޭންކަށް ލާޒިމުކުރާ ކަމެއް ކަމަށް ވެސް ލިޔުމުގައި ވެ އެވެ.
ބީއެމްއެލް އިން ބުނެފައި ވަނީ މި ލިޔުން މުވައްޒަފުންނަށް ފޮނުވާފައި ވަނީ ބޭންކުގެ އެކައުންޓްތަކުގެ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމު ކަމާއި އެ މައުލޫމާތުތައް އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެކަން ހަނދާންކޮށްދިނުމާއި ބޭންކު ތެރޭގައި ކަންކަން ރިޕޯޓް ކުރުމާއި ވިސްލް ބްލޯ ކުރުމަށް ހަމަޖެހިފައިވާ ނިޒާމުގެ ބޭނުން ހިފުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ބީއެމްއެލަކީ އިތުބާރު ހިފޭ ތަނަކަށް ވާން ބޭނުން:ނަޝީދު
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
މަޖިލީހުން ހުށަހެޅި ޝަރީފްގެ މައްސަލަ ބަލަން ފަށައިފި
ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުން ވަކިކުރަން ޖެހޭ:ޔައުގޫބު
ބީއެމްއެލްގެ ވާހަކަތައް މެމްބަރުން ގަބޫލެއް ނުކުރި!
"ގާސިމަކީ ކުށްވެރިއެއް ނޫން، ބަތަލެއް"!
ބޮޑު ހިޔާނާތް ފަޅާއަރުވާލެވުނީތީ ފަހުރުވެރިވޭ: ގާސިމް
އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ގާސިމް
ގާސިމަށް ދައުވާ ނުކުރަން ގޮވާލައި ކެމްޕޭނެއް
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ