ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު މެމްބަރުންގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
24 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު މެމްބަރުންގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ފޮނުއްވި ސިޓީއެއްގައި މޫސަ ވިދާޅުވީ، ހުރިހާ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ލިބިފައިވާތީ ޖަލްސާތައް ބާއްވަން ބޭނުން ވަނީ ހުރިހާ މެމްބަރުންނާ އެކު ކަމަށް މޫސަ ވިދާޅުވި އެވެ.
އެހެންވެ، ހުރިހާ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށްޓަކައި، ޝަރުއީ ކޯޓުތަކުން ބަލަމުންދާ މެމްބަރުކަމާ މެދު ހިލާފު އުފެދިފައިވާ ހުރިހާ މައްސަލައެއްގައި ފައިސަލާ ކުރަނިވި ހުކުމެއް އެ ޖަލްސާތަކުގެ ކުރިން އިއްވައި ދެއްވުމަށް މޫސަގެ ސިޓީގައި އެދިވަޑައިގެންނެވި އެވެ.
"އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލޭ ގޮތަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނުއަސާސީ އާއި، ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނަކުން ހުއްދަކަމަކަށް ނުވާއިރު، ހުރިހާ ރައްޔިތުން ތަމްސީލު ކުރުމަށް އިންތިހާބު ކޮށްފައިވާ މެމްބަރުން ކުރެ އެއްވެސް މެމްބަރަަކަށް ބައިވެރި ނުވެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ތަމްސީލު ކުރުން ނޫން ކަމަށް ދެކެމެވެ." މޫސަގެ ސިޓީގައި ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ޖުމްލަ މެމްބަރުންގެ އަދަދަށް ބަލައިގެން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާ މެދު ހިލާފެއް އުފެދިއްޖެ ނަމަ، އެކަމަށް ގޮތެއް ނިންމާނީ ސްޕްރީމް ކޯޓުން ކަމަށް ގާނޫނޫއަސާސީ ގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް މޫސަގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.
މޫސަ އެހެން ވިދާޅުވިއިރު، ޕީޕީއެމް ދޫކުރައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހު ހުކުމް ކޮށްފައިވާއިރު، ބާކީ ތިބި މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ. ދެ މެމްބަރެއްގެ މައްސަލަ ފިޔަވައި، އެހެން ހުރިހާ މައްސަލަތަކެއްގައި ވެސް އޮތީ އަޑުއެހުންތައް ނިންމާލައިފަ އެވެ.
ބާކީ ތިބި ދެ މެމްބަރުންގެ މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި ނުނިމި އޮތީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ މައްސަލަ އެވެ.
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
ބަންޑާރަ ނައިބު އަނިލްއަށް، މެމްބަރުންގެ ހަމަލާ!
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް
އިސްލާހާ އެކު އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭ
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް