20 އޮކްޓޯބަރ 2018
އިސްތަންބޫލް (އޮކްޓޯބަރު 20) - މި މަހު 2 ވަނަ ދުވަހު ގެއްލުނު ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅޭ އޯޑިއޯ ޓޭޕެއް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އަށް ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ތުރުކީ ސަރުކާރުން ދޮގުކޮށްފި އެވެ.
އިސްތަންބޫލް (އޮކްޓޯބަރު 20) - މި މަހު 2 ވަނަ ދުވަހު ގެއްލުނު ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅޭ އޯޑިއޯ ޓޭޕެއް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އަށް ހަވާލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ތުރުކީ ސަރުކާރުން ދޮގުކޮށްފި އެވެ.
"އެމެރިކާގެ ޚާރިޖީ ވަޒީރު ނުވަތަ އެމެރިކާގެ އެއްވެސް އޮފިޝަލަކަށް ތުރުކީން އެއްވެސް ބާވަތެއްގެ އޯޑިއޯ ޓޭޕެއް ނުދެން،" ތުރުކީގެ ޚާރިޖީ ވަޒީރު މެލްވުތު ކަވުސޮގްލޫ ވިދާޅުވި އެވެ.
ނޫސްވެރިޔާ ގެއްލުނު މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ސައުދީން ވަނީ ކޮންސިއުލޭޓް ތެރޭގައި ހިންގި މަރާމާރީއެއްގައި އޭނާ މަރުވި ކަމަށް ސައުދީން މިއަދު އެއްބަސްވެފަ އެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ވަނީ މީގެ ދެ ދުވަސް ކުރިން އަންކަރާގައި ޕޮމްޕިއޯއާ ބައްދަލު ކުރައްވައިފަ އެވެ.
ތުރުކީ ސަރުކާރަށް ތާއިދުކުރާ ބައެއް ނޫސްތަކުން ބުނެފައި ވަނީ ޚާޝުގްޖީ މަރާލިކަން ސާބިތުވާ އޯޑިއޯ ރެކޯޑިންއެއް ތަހުގީގު ޓީމަށް ލިބިފައިވާ ކަމަށެވެ. އެކަމަކު އެފަދަ ޓޭޕެއް އޮތްކަން ތުރުކީގެ ރަސްމީ އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެ އެވެ.
ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ އޭބީސީ ނިއުސް އިން ބުނެފައި ވަނީ ޕޮމްޕިއޯގެ ދަތުރުގައި ވަނީ އެ އޯޑިއޯ ޓޭޕް އަޑު އަހައި އޭގެ ޓްރާންސްކްރިޕްޓް ބަލައިފައި ކަމަށެވެ. ނަމަވެސް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ އެފަދަ ޓޭޕެއް ނުވެސް ފެންނަ ކަމަށާއި އަޑުވެސް ނާހައި ކަމަށެވެ.
ތުުރުކީގެ ޚާރިޖީ ވަޒީރު ވަނީ ތަހުގީގު ކުރިއަށްދާ ގޮތުގެ ތަފްސީލް ހާމަކުރަން ދެކޮޅު ހައްދަވައިފަ އެވެ.
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ޓްރަމްޕުގެ ދައުވަތު ޚާޝުގްޖީގެ ލޯބިވެރިޔާ ގަބޫލެއްނުކުރި
ސީރިޔާ މިނިވަން ވަންދެން ހިޒްބުﷲއާއި އީރާން ނުފައިބާނެ
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ