27 އޮކްޓޯބަރ 2018
އިސްތަންބޫލް (އޮކްޓޯބަރު 27) - ވައިޓް ހައުސް އަށް ޒިޔާރަތް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ދައުވަތު، މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ލޯބިވެރިޔާ ޚަދީޖާ ސެންގިޒް ގަބޫލެއް ނުކުރި އެވެ.
އިސްތަންބޫލް (އޮކްޓޯބަރު 27) - ވައިޓް ހައުސް އަށް ޒިޔާރަތް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ދައުވަތު، މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ލޯބިވެރިޔާ ޚަދީޖާ ސެންގިޒް ގަބޫލެއް ނުކުރި އެވެ.
ތުރުކީގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން ސެންގީޒް ބުނީ ވައިޓް ހައުސް އަށް ޒިޔާރަތް ކުރުމަށް ޓްރަމްޕް އޭނާ އަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ ދައުވަތު ގަބޫލް ނުކުރީ ޚާޝުގްޖީގެ މަރުގެ ހަގީގަތް ހޯދަން އެމެރިކާ އިން އިޚްލާސްތެރި މަސައްކަތެއް ނުކުރާ ކަމަށް ގަބޫލް ކުރެވޭތީ ކަމަށެވެ.
"އަހަރެން ދެކެނީ އެއީ ޕަބްލިކުގެ ރުހުން ހޯދަން ދެއްވި ސްޓޭޓްމަންޓެއްގެ ގޮތުގައި،" ސެންގިޒް ބުންޏެވެ.
ސެންގިޒްގެ އިންޓަވިއުގައި އޭނާ ވަނީ ޚާޝުގްޖީ މަރާލުމުގައި ބައިވެރިވި އެންމެން (ތިރިން ފެށިގެން އެންމެ މައްޗަށް) އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށް ގޮވާލައިފަ އެވެ.
ޚާޝުގްޖީ މަރާލި ފަހުން ސައުދީގެ އެއްވެސް އޮފިޝަލަކު އޭނާ އަށް ގުޅާފައި ނުވާ ކަމަށް ސެންގިޒް ބުންޏެވެ. އަދި ޚާޝުގްޖީގެ ހަށިގަނޑު ފެނިގެން އޭނާގެ ޖަނާޒާ ސައުދީގައި ބާއްވާ ނަމަ އެ ގައުމަށް ދިއުން އެކަށީގެން ނުވާ ކަމަށް ވެސް ސެންގިޒް ބުންޏެވެ.
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ކޮންގްރެސްގެ ހުއްދަ ނެތި ސައުދީއަށް ހަތިޔާރު ވިއްކަނީ
ފިޔަވަޅު އަޅައިފިނަމަ ގެއްލުންވާނީ އެމެރިކާއަށް: ޓްރަމްޕް
ނޫސްވެރިޔާގެ މަރާ ގުޅޭ އޯޑިއޯއެއް އެމެރިކާއަކަށް ނުދެން
ނޫސްވެރިޔާ މައްސަލާގައި ޓްރަމްޕުގެ ވާހަކަ ބަދަލުވެއްޖެ
އެމެރިކާގެ އެހީއާ ނުލައި ސަލްމާނަށް ރަސްކަން ނުކުރެވޭނެ
އެމެރިކާއިން ކޮންމެ ފިޔަވަޅެއް އެޅިއަސް ފަހަތަށްނުޖެހޭނެ
ސީރިޔާ މިނިވަން ވަންދެން ހިޒްބުﷲއާއި އީރާން ނުފައިބާނެ
"އިޒްރޭލަކީ ލޭ އޮހޮރުވާ ޓެރަރިސްޓް ދައުލަތެއް"