07 ޖޫން 2018
ޓެރަރިސްޓުންގެ އަނިޔާވެރި އުދުވާންތަކުން ސީރިޔާ އަށް ފުރިހަމަ މިނިވަންކަން ލިބެންދެން، އީރާންގެ ސިފައިންނާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމެރިން ސީރިޔާގައި ތިބޭނެ ކަމަށް، ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބިއްރީ ވިދާޅުވެއްޖެ އެވެ.
ޓެރަރިސްޓުންގެ އަނިޔާވެރި އުދުވާންތަކުން ސީރިޔާ އަށް ފުރިހަމަ މިނިވަންކަން ލިބެންދެން، އީރާންގެ ސިފައިންނާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމެރިން ސީރިޔާގައި ތިބޭނެ ކަމަށް، ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބިއްރީ ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ މީޑިއާއާ ވާހަކަ ދައްކަވަމުން ނަބީހް ވިދާޅުވީ، ސީރިޔާ އަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، ލުބްނާނަށް އެރިޔަ ނުދީ ހިފެހެއްޓުނީ ސީރިޔާގައި ތިބި ހިޒްބުﷲ ހަނގުރާމަވެރިންގެ ސަބަބުންނެވެ. އޭނާ ވިދާޅުވީ ރަނގަޅު ވަގުތުގައި ހިޒްބުﷲގެ ހަނގުރާމަވެރިން ސީރިޔާ އަށް ނުފޮނުވުނު ނަމަ، އައިއެސްގެ ހަނގުރާމަވެރިން ލުބްނާނަށް ވެސް އަރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އީރާން ސިފައިންނާއި ރަޝިޔާ ސިފައިން ސީރިޔާގައި ތިބީ ސީރިޔާ ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް އެމެރިކާ ސިފައިން ސީރިޔާ އަށް އަރައިގަނެގެން އުޅެނީ ސީރިޔާ ސަރުކާރުގެ އެއްވެސް ރުހުމަކާ ނުލައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަބީހް ވިދާޅުވީ ސީރިޔާގެ މައްސަލަ އަށް އަދިވެސް ހައްލެއް ގެނެވޭނީ ސުލްހައިގެ ވާހަކަތަކުން ކަމަށެވެ. އެހެންކަމުން، މައްސަލައާ ގުޅުން ހުރި ހުރިހާ ފަރާތްތަކުން އަލުން ސުލްހައިގެ މަޝްވަރާތައް ފެށުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން، ސީރިޔާ، ރަޝިޔާ، އެމެރިކާ، ތުރުކީ ވިލާތް، އީރާން، ސައޫދީ އަރަބިއްޔާ، މިސްރު އަދި ވިލާތުގެ އިއްތިހާދުން މަޝްވަރާތައް ފަށައިގެން، ހުރިހާ އެންމެންނަށް އެއްބަސްވެވޭ ގޮތަކުން ނޫނީ މައްސަލަ ހައްލު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އީރާނާއި ރަޝިޔާ އަދި ހިޒްބުﷲ ޖަމާއަތް ހަނގުރާމަ ކުރަމުން ދަނީ ސީރިޔާ ސަރުކާރަށް މަދަދު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން ސައޫދީ އަރަބިއްޔާ އާއި މިސްރު ފަދަ ގައުމުތައް ސީރިޔާ ހަނގުރާމައިގައި ބައިވެރިވަނީ، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓައިލުމަށް އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުމުގެ ގޮތުންނެވެ.
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
ތުރުކީގެ ވައިގެ ސަރަހައްދު ރަޝިޔާ އަށް ބަންދު
ސަލްމާން ރަސްގެފާނުގެ މެސެޖެއް އީރާނާއި ހިޒްބުﷲ އަށް
2017ގެ އެންމެ މުހިންމު ބައެއް ކަންތައް
ދެން ކެމިކަލް ހަމަލާއެއް ދީފިއްޔާ ނަތީޖާ ގޯސްވާނެ