13 އޮކްޓޯބަރ 2018
ޑްރީމް ކެމްޕަސްގައި އަންނަ އަހަރު ހުޅުވާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވައިދޭނެ ފިންލަންޑްގެ ޓީޗަރުން، ބޭނުންވާ އަދަދަށް ހަމަވެއްޖެ އެވެ.
ޑްރީމް ކެމްޕަސްގައި އަންނަ އަހަރު ހުޅުވާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވައިދޭނެ ފިންލަންޑްގެ ޓީޗަރުން، ބޭނުންވާ އަދަދަށް ހަމަވެއްޖެ އެވެ.
އެ ސްކޫލް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޑިޔުކަނެކްޓުން ބުނީ، އެ ތަނުގައި މަސައްކަތް ކުރުމަށް އެޕްލިކޭޝަން ހުށަހެޅި، މާސްޓާ ޑިގްރީ ފެންވަރަށް ތައުލީމް ހާސިލްކޮށް، ފިނިޝް އެޑިޔުކޭޝަންގެ ތަޖުރިބާ ލިބިފައިވާ ފިންލަންޑްގެ 46 ޓީޗަރުންގެ ތެރެއިން ކޮންމެ ގްރޭޑަކަށް ބޭނުންވާ އަދަދަށް ޓީޗަރުން މިހާރު ވަނީ ހޮވާފައި ކަމަށެވެ.
އެ ޓީޗަރުން ހޮވުމުގައި އެންމެ އިސްދައުރެއް އަދާކުރީ އައިލެންޑާސް އެޑިޔުކޭޝަން އަދި އެޑިޔުކަނެކްޓާ އެކު، މި ޕްރޮޖެކްޓް ހިންގުމުގައި ހަރަކާތްތެރިވާ ފިންލަންޑްގެ ކުންފުންޏެއް ކަމަށްވާ އެޑިޔުކްލަސްޓާ ފިންލަންޑުންނެވެ.
ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަށް ދާދި ފަހުން އައްޔަން ކުރި، ފިންލަންޑުގެ ޕްރިންސިޕަލް ޑރ. އައިޔާ ވިދާޅުވި ގޮތުގައި، އެ ސްކޫލަށް ނެގި ޓީޗަރުންނާ މެދު ވަރަށް ހިތްހަމަޖެހެ އެވެ.
"މި ޓީޗަރުންގެ ތެރޭގައި ފިންލަންޑްގެ ތައުލީމީ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނޭ. އަދި ގިނަ ބޭފުޅުންނަކީ ފިންލަންޑް ނޫން އެހެން ގައުމުތަކުގައި ވެސް މަސައްކަތްކޮށް ތަޖުރިބާ ލިބިފައި ތިބި ޓީޗަރުން. އެހެންކަމުން، އެ ތަޖުރިބާ އަކީ ވެސް ދިވެހިރާއްޖޭގެ އާދަކާދަ އާއި ސަގާފަތަށް ފަސޭހައިން ހޭނި، ފިންލަންޑްގެ ތަޖުރިބާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭ ގެނައުމަށް އެހީވެދޭނެ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން" ޑރ. އައިޔާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު، ހުޅުވާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގައި ކޮންމެ ފިނިޝް ޓީޗަރަކާ އެކު ދިވެހި ދެ ޓީޗަރުން، ޓީޗިން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ. އަދި ސްކޫލްގައި ކިޔަވައި ދޭނީ ގްރޭޑް 1 ން ގްރޭޑް 5 އާ ހަމައަށެވެ.
މި ސްކޫލަށް ޕްރީ-ރަޖިސްޓަރީ ކުރުމަށް މީގެ ކުރިން ހުޅުވައިލި ފުރުސަތުތަކުގައި ބެލެނިވެރިންގެ ފަރާތުން ވަނީ ހީނުކުރާވަރުގެ ތަރުޙީބެއް ލިބިފަ އެވެ. މީގެ ކުރިން ފުރުސަތު ހުޅުވާލާފައި ވަނީ އައިލެންޑާސް އެޑިޔުކޭޝަންގެ ދަށުން ހިންގާ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އަދި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ދަރިވަރުންނަށެވެ. އެ އަށް ފަހު، ބާކީ ހުރި މަދު ޖާގަތަކަށް، އަންނަ ހޯމަ ދުވަހު އާންމުންނަށް ފުރުސަތު ހުޅުވައިލުމަށް އެޑިޔުކަނެކްޓުން ވަނީ ނިންމައިފަ އެވެ.
އެގޮތުން، ރަޖިސްޓަރީ ކުރުމަށް ޝައުގުވެރިވާ ބެލެނިވެރިންނަށް އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 ން ފެށިގެން އެޑިޔުކަނެކްޓްގެ ވެބްސައިޓް: www.educonnect.asia ، މެދުވެރިކޮށް ޕްރީ-ރަޖިސްޓަރީ ކުރެވޭނެ އެވެ. އަދި ސްކޫލާ ބެހޭ މައުލޫމާތު ވެސް މި ވެބްސައިޓުން ލިބޭނެ އެވެ. އިތުރު މައުލޫމާތު ބޭނުން ނަމަ، learning@educonnect.asia އަށް އީ-މެއިލް ކުރުމަށް އެޑިޔުކަނެކްޓުން އެދެ އެވެ.
މި ފުރުސަތު މި އަހަރުގެ ނިޔަލަށް ވެސް އޮންނާނެ އެވެ. އަދި ބައެއް ގްރޭޑްތައް މިހާރު ފުރިފައިވީ ނަމަވެސް އެ ގްރޭޑްތަކަށް ވެސް ވެއިޓްލިސްޓް ކުރެވޭނެ ކަމަށް އެޑިޔުކަނެކްޓުން ބުންޏެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ދަރިވަރަކު ޕްރީ-ރެޖިސްޓްރޭޝަން މަރުހަލާ އިން ވަކިވެއްޖެ ނަމަ ވެއިޓްލިސްޓް ތަރުތީބުން ޖާގަ ދޭނެ އެވެ.
ރާއްޖޭގައި އަލަށް ހުޅުވާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަކީ އޭޝިއާގައި ވެސް ހުޅުވޭ މިފަދަ އެންމެ ފުރަތަމަ ސްކޫލެވެ. އަދި މި ސްކޫލް ވާނީ ފިންލަންޑުން ބޭރު ގައުމެއްގައި ފިންލަންޑްގެ ސްކޫލެއްގެ ދަރަޖައަށް ފިނިޝް އިންސްޓިޓިއުޓް ފޯ އެޑިޔުކޭޝަނަލް ރިސާޗުން އެކްރެޑިޓް ކޮށްގެން ހުޅުވޭ އެންމެ ފުރަތަމަ ސްކޫލަށް ވެސް މެ އެވެ.
ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ޓީޗަރުން ތަމްރީނުކުރަނީ
ބީއައިއެޗްއެސްގައި ކިޔެވުން ނުހުއްޓި ދަސްވެނިވެއްޖެ
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް
ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
ޗެމްޕިއަންސް ރައުންޑަށް ދިވެހި ކުދިން އެމެރިކާއަށް
ބިލަބޮންގްގެ އޭ ލެވެލް ދަރިވަރުންގެ ނަތީޖާ ރަނގަޅު
އިންޓަނޭޝަނަލް ސްކޫލުތަކަށް ޑޭޓާ ދިނުން ހުއްޓާލައިފި
ޓީޗަރުންތަކެއް ކިޔަވައިދޭން ކުރި އަގުހުރި މަސައްކަތް
ބިމުގެ ވެރިފަރާތް ނޭނގި އައިލެންޑާސް އަށް ދަތިތަކެއް!
ފިންލެންޑް ސްކޫލުން ބޮޑު ފެއާއެއްގައި ބައިވެރިވެއްޖެ