24 ޖެނުއަރީ 2018
ތައުލީމީ ގޮތުން ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" އެއް މާލެ އާއި ހުޅުމާލޭގައި ހުޅުވުމަށް އައިލެންޑާސް އެޑިއުކޭޝަނުން ތައްޔާރުވެއްޖެ އެވެ.
ތައުލީމީ ގޮތުން ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" އެއް މާލެ އާއި ހުޅުމާލޭގައި ހުޅުވުމަށް އައިލެންޑާސް އެޑިއުކޭޝަނުން ތައްޔާރުވެއްޖެ އެވެ.
އަލަށް ހުޅުވަން ތައްޔާރުވެފައިވާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކީ އެ ގައުމުގެ މަޝްހޫރު ޖޭވާސްކީލާ ޔުނިވާސިޓީގެ ދަށުން ހިންގަމުން އަންނަ އެޑުކްލަސްޓާ ފިންލޭންޑް ހިންގާ ސްކޫލެކެވެ. މި ސްކޫލް ރާއްޖޭގައި ހިންގާނީ އައިލެންޑާސްގެ ދަށުން ހިންގަމުން އަންްނަ އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުންނެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖޭގައި ހުޅުވުމަށް އެ ދެ ކުންފުނިން ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ. އަދި އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެކަން ރަސްމީކޮށް އިއުލާނު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ގަތަރުގައި ހިންގަމުން އަންނަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގެ ކުލާހެއް.
ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސްގެ ކާމިޔާބީއާ އެކު ދިވެހިންގެ އިތުބާރު ހޯދާފައިވާ އައިލެެންޑާސް އިން އަލަށް ހުޅުވާ ސްކޫލަކީ މި ސަރަހައްދުގައި ހުޅުވޭ ފިންލޭންޑްގެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލަށް ވެގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެޑުކްލަސްޓާ ފިންލޭންޑަކީ، އެ ގައުމުގެ ތައުލީމު އެހެން ގައުމުތަކަށް ފުޅާ ކުރުމުގެ މަސައްކަތް ފިންލޭންޑް އެކްސްޕޯޓް އެޖެންސީ (ފިންއެކްސްޕޯ) އިން މެންޑޭޓް ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ގަތަރުގެ ވެރިރަށް ދޯހާގައި، އެ ގައުމުގެ ޝާހީ އާއިލާގެ އިތުރުން ސަރުކާރާ ގުޅިގެން އިންޓަނޭޝަނަލް ސްކޫލެއް ހިންގަމުންނެވެ.
އައިލެންޑާސް އިން މާލޭގައި ހިންގަމުން އަންނަ ބިލަބޮންގް ހައިގެ ދަރިވަރުން ތަކެއް: އެ ސްކޫލުގެ ދަރިވަރުން އަންނަނީ ރާއްޖޭގެ އިތުރުން ބޭރުގެ ފާހަގަ ކޮށްލެވޭ ވަނަތައް ހޯދަމުން.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވަނީ ފިންލޭންޑް އިންޓަނޭޝަނަލްގެ ދެ ވަނަ ސްކޫލެވެ. އަދި މިއީ މި ސަރަހައްދުގައި ހުޅުވޭ ފިންލޭންޑް އިންޓަނޭޝަނަލް ފުރަތަމަ ސްކޫލެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލެއް ރާއްޖެ އަށް ތައާރަފް ކުރަން ތައްޔާރުވާއިރު، އެ ގައުމުގެ އެޑިއުކޭޝަން ސިސްޓަމް ވަނީ ވަރަށް ބޮޑަށް ކުރި އަރައިފަ އެވެ. އެގޮތުން ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ފިންލޭންޑުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ވުރެ ތައުލީމީ ގޮތުން ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ މައުލޫމާތު ދެނީ
ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ޓީޗަރުން ތަމްރީނުކުރަނީ
ބިމުގެ ވެރިފަރާތް ނޭނގިގެން އައިލެންޑާސް އިން ކޯޓަށް
އައިލެންޑާސްއިން ހުޅުވާލި ޖާގަތައް 7 މިނެޓުން ފުރިއްޖެ
އައިލެންޑާސްއިން ގްރޭޑް 1 ގައި ކިިޔަވަން ހުޅުވާލަނީ
އީޕީއެސް އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ ޖާގަތައް ފުރެނީ
ކުދިން ފެއިލްނުވާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް
ބިލަބޮންގު ދަރިވަރުން އެމެރިކާގައި ބޮޑު ކާމިޔާބީއެއް