Roadha Mihaaru
ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ޓީޗަރުން ތަމްރީނުކުރަނީ

ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ދިވެހި ޓީޗަރުން ތަމްރީނުކުރަނީ

05 ފެބުރުއަރީ 2023

ފިންލެންޑުގެ އެންމެ މޮޅު ފަސް ޔުނިވަސިޓީގެ ތެރޭގައި ހިމެނޭ އޯލޫ ޔުނިވަސިޓީން ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި އައިލެންޑާސް އެޑިއުކޭޝަނާއެކު ސޮއި ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފިންލެންޑުގެ އެންމެ މޮޅު ފަސް ޔުނިވަސިޓީގެ ތެރޭގައި ހިމެނޭ އޯލޫ ޔުނިވަސިޓީން ދިވެހި ޓީޗަރުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި އައިލެންޑާސް އެޑިއުކޭޝަނާއެކު ސޮއި ކޮށްފި އެވެ.

އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ތަމްރީނު ދޭނީ އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ 15 ދިވެހި ޓީޗަރަކަށެވެ. އޭގެ ފަހުން، އެ ޔުނިވަސިޓީގެ ޕްރޮފެޝަނަލް ޓްރެއިނިންތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޓީޗަރުންނަށް ހުޅުވައިލުމަށް ވަނީ ހަމަޖެހިފަ އެވެ.

އައިލެންޑާސް އެޑިއުކޭޝަން އާއި އޯލޫ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

އައިލެންޑާސް އެޑިއުކޭޝަން އާއި އޯލޫ ޔުނިވާސިޓީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަނީ. -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

އައިލެންޑާސް އެޑިއުކޭޝަންގެ ސީއީއޯ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ރާއްޖޭގައި އާންމުކޮށް މުދައްރިސުންނަށް ހިންގާ ތަމްރީނުތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ތިއަރީ ބަޔަށް ވުރެ އަމަލީ ބައި ކުޑަވުމެވެ. އެކަމަކު، ފިންލެންޑްގެ އޯލޫ ޔުނިވަސީޓީން ހިންގާ މުދައްރިސުންގެ ޕްރޮފެޝަނަލް ތަމްރީނުތަކުގައި އޭނާ ވިދާޅުވިގޮތުގައި، އަމަލީ ބަޔަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ އެވެ.

އޯލޫ ޔުނިވަސިޓީގެ ޑިރެކްޓަރު ޑރ. ކަރި ކަމްޕުލައިނަން ވިދާޅުވީ އެ ޔުނިވަސިޓީން އައިލެންޑާސް އެޑިއުކޭޝަނަށް ހިންގައިދެނީ ތިއަރީ ބައި ފުރިހަމަ ކުރުމަށް ފަހު، ވަޒީފާގެ މާހައުލުގެ ތެރެއިން ކްލާސްރޫމްގައި ދަސްކުރި ކަންކަން ބޭނުންކުރާ ގޮތްތައް ކިޔައިދީ، ދައްކައި ދޭނެ ތަމްރީނުތަކެއް ކަމަށެވެ.

އައިލެންޑާސް އެޑިއުކޭޝަނުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ބައިނަލްއަގްވާމީ ފެންވަރުގެ ތައުލީމް ފޯރުކޮށްދޭއިރު، އެންމެ ޒަމާނީ ފެންވަރުގައި، އެންމެ ފަހުގެ އުފެއްދުންތަކާއި އީޖާދުތައް ހިމަނައިގެން ކިޔަވައި ދިނުމެވެ. ޓީޗަރުންނަކީ ކިޔަވައި ދިނުމުގެ އެންމެ ބޮޑު ވަސީލަތަށް ވާއިރު، ޓީޗަރުން ބާރުވެރިކޮށް، ފެންވަރު އިތުރުކުރުމުގެ މަސައްކަތްތަކަށް ހާއްސަ އަހައްމިޔަތެއް ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.