15 އޯގަސްޓް 2017
ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަން ގްރޫޕުން ޓީޗަރުންނަށް އަމާޒުކޮށްގެން މަހާސިންތާއެއް މިއަދު ބާއްވައިފި އެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަން ގްރޫޕުން ޓީޗަރުންނަށް އަމާޒުކޮށްގެން މަހާސިންތާއެއް މިއަދު ބާއްވައިފި އެވެ.
އައިލެންޑާސް އެޑިއުކޭޝަން ގްރޫޕުގެ ސީނިއާ މެނޭޖާ ފޯ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ޝަމީސް ރަޝީދު ވިދާޅުވީ ސިމްޕޯޒިއަމްގައި މާލޭން ތިން ސުކޫލަކާއި ރަށްރަށުގެ ފަސް ސްކޫލަކުން 280 ޓީޗަރުން ބައިވެރިވި ކަމަށެވެ.
މަހާސިންތާގައި ބައިވެރިވި ޓީޗަރުންތަކެއް.
އިނގިރޭސި ވިލާތާއި މެލޭޝިއާގެ ދެ ތަޖުރިބާކާރެއްގެ އިތުރުން ރާއްޖޭގެ ތިން ބޭފުޅަކު ކިޔަވައިދެއްވި މި މަހާސިންތާގައި ކިޔަވާދޭއިރު ޓީޗަރުންގެ ވިސްނުން ގެންގުޅެންވީ ގޮތްތަކާއި، އެކުގައި މަސައްކަތްކުރާނެ ގޮތްތަކާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައި ދިނުމާއި ބެލެނިވެރިންނާ މުއާމަލާތު ކުރާނެ ގޮތްތައް، ބައިވެރިންނަށް ހުށަހަޅައިދިނެވެ.
އޭގެ އިތުރުން ކްލާސް ރޫމް މެނޭޖުކުރުމާއި ލީޑަރުން އުފައްދާނެ ގޮތްތައް ވެސް ކިޔަވައިދިން ކަމަށް، ޝަމީސް ވިދާޅުވި އެވެ.
މި ސިމްޕޯޒިއަމްގައި ކިޔަވައިދެއްވީ އިނގިރޭސި ވިލާތުގެ އީސާ އެކަޑަމީގެ ޑިރެކްޓަރު އަބްދުލް އަޒީޒް ޗޯހާން އާއި މެލޭޝިޔާގެ ސެންޕާކާ ސްކޫލްގެ ޗެއާމަން ޑރ. އިސްކަންދަރު ރިޒާލް އާއި މައްސޫދު އަލީ އާއި އައިލެންޑާސްގެ ސީނިއަ މެނޭޖާ ފޯ މޮނީޓާރިން އެންޑް އިވެލުއޭޝަން ހިދާޔާ ޒާހިރުގެ އިތުރުން ސީނިއަ މެނޭޖާ ފޯ ހޮސްޕިޓަލިޓީ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް އަހުމަދު ނާސިރެވެ.
ސިންޕޯސިއަމްގައި ބައިވެރިވި ބޭފުޅަކު ވާހަކަދައްކަވަނީ.
"އަބްދުލް އަޒީޒް ޗޯހާން އަކީ އައިޕެޑް ބޭނުންކޮށްގެން ކިޔަވައިދޭން ފެށި ބޭފުޅެއް،" ޝަމީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗޯހާނަށް ވަނީ އެޕަލް އިން ހާއްސަ އެވޯޑެއް ލިބިވަޑައިގެންފަ އެވެ.
މިއީ އައިލެންޑާސް އިން މި ސިމްޕޯޒިއަމް ބޭއްވި ތިން ވަނަ ފަހަރެވެ. ކުރީގެ ބައްދަލުވުމުގައި 700 ޓީޗަރުް ބައިވެރިވި އެވެ.
"މިފަހަރު އަޅުގަނޑުމެންނަށް ބާއްވާނެ ތަނެއް ނުލިބުމުން ބިލަބޮންގް ހޯލްގައި ބޭއްވީ. އެހެންވެ ޖާގައިގެ ދަތިކަން އޮތީމަ އިތުރު ސްކޫލްތަކަށް ފުރުސަތު ނުދެވުނީ،" ޝަމީސް ވިދާޅުވި އެވެ.
ސިންޕޯޒިއަމް ބޭއްވީ އައިލެންޑާސް އިން ހިންގަމުން އަންނަ ފައުންޑޭޝަން ފޯ ޔުއާ ބެޓާ ފިއުޗާ އިން އެވެ. އެއީ ރާއްޖޭގެ ސްކޫލުތަކަށް އެގި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދޭން އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
"މިއީ އަސްލު މިނިސްޓްރީން ހިންގާ ގޮތަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭއެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާ ސިންޕޯޒިއަމެއް،" ޝަމީސް ވިދާޅުވި އެވެ.
ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ޓީޗަރުން ތަމްރީނުކުރަނީ
ޓީޗަރުންތަކެއް ކިޔަވައިދޭން ކުރި އަގުހުރި މަސައްކަތް
އެޕަލްގެ ކުރީގެ ޑިރެކްޓަރު އައިލެންޑާސް ހޮލޯގޯ ވޯލްޑަށް
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް
ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
އައިލެންޑާސް އިން ޕްރީ ސްކޫލުތަކެއް ހުޅުވަނީ
ބިލަބޮންގު ދަރިވަރުން އެމެރިކާގައި ބޮޑު ކާމިޔާބީއެއް
ކެންގަރޫ ކިޑްސް: ތަފާތު ސްކޫލެއް
ނައިފަރާއި މަނަދޫގައި ޕްރީ ސްކޫލެއް ގާއިމު ކުރަނީ
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ