27 ޖޫން 2018
ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ ޑިރެކްޓަ އޮފް އެޑިއުކޭޝަންގެ މަގާމުގައި ކުރިން ހުންނެވި މަޝްހޫރު ޓެކް އިންވެސްޓަރު އެލަން ގްރީންބާގް، އައިލެންޑާސް އެޑިއުކޭޝަނާއި ޕްރޯ ޑިޒައިނާސްގެ ހޮލޯގޯ ވޯލްޑާ ގުޅިވަޑައިގެންފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ ޑިރެކްޓަ އޮފް އެޑިއުކޭޝަންގެ މަގާމުގައި ކުރިން ހުންނެވި މަޝްހޫރު ޓެކް އިންވެސްޓަރު އެލަން ގްރީންބާގް، އައިލެންޑާސް އެޑިއުކޭޝަނާއި ޕްރޯ ޑިޒައިނާސްގެ ހޮލޯގޯ ވޯލްޑާ ގުޅިވަޑައިގެންފި އެވެ.
ހޮލޯގޯ އަކީ އޮގްމެންޓެޑް ރިއަލިޓީ (އޭއާރު)ގެ ހިތްގައިމުކަމާ އެކު، ކިޔަވައިދިނުމަށް ބޮޑު ލުޔެއް ގެނެސްދީ، ކިޔަވާ ކުދިންނަށް، ކިޔަވައިދޭ އެއްޗެއް ނަގައިގަންނަން އެތައް ހާސް ގުނައެއް ފަސޭހަ ކޮށްދޭ އެޕެކެވެ.
އައިލެންޑާސް އިން ބުނީ އެލަން، އައިލެންޑާސް އެޑިއުކޭޝަނާއި ޕްރޯ ޑިޒައިނާސްއާ ގުޅިވަޑައިގަތީ ޑިރެކްޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ މައިގަނޑު މަސައްކަތަކަށް ވާނީ، ހޮލޯގޯ ބައިނަލްއަގުވާމީ ގޮތުން ކާމިޔާބު އެޕަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޕަލްގެ ބާނީ ސްޓީވް ޖޮބްސް އެކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވި އިރު، ޓެކްނޮލޮޮޖީއާ ގުޅުވައިގެން ތައުލީމު ކުރިއެރުވުމަށް އެ ކުންފުނިން ފެށި މަސައްކަތްތަކުގެ އިސް ވެރިޔަކަށް ހުންނެވި އެލަން، ހޮލޯގޯގެ ޑިރެކްޓަރުންގެ ބޯޑަށް ގުޅުނު އިރު، އޭނާ ވަނީ އެ އެޕަށް އިންވެސްޓް ވެސް ކުރައްވައިފަ އެވެ. އެކަމަކު އިންވެސްޓް ކުރީ ކިހާ ވަރެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އެލަން އަކީ ތަފާތު އާ ޓެކްނޮލޮޖީތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަކޮށް ޗައިނާ އިން އުފައްދާފައިވާ އަށް ބިލިޔަން ޑޮލަރުގެ 8ޖީޓީ ފަންޑްގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް އެލަން އިސް ދައުރެއް އަދާކުރައްވަ އެވެ.
އައިލެންޑާސް އެޑިޔުކޭޝަންގެ ޑިރެކްޓަރު، އަދި ހޮލޯގޯ ހިންގުމާ ހަވާލުވެ ހުންނެވެ މުހައްމަދު އީދާމް ރަޝީދު ވިދާޅުވީ، 100 ޕަސެންޓް ދިވެހިންގެ އުފެއްދުމެއް ކަމަށްވާ ހޮލޯގޯ އެޕްއަށް ބޭރުގެ މަޝްހޫރު ޓެކް އިންވެސްޓަރެއްގެ ތަރުހީބު ލިބުމަކީ ދިވެހިރާއްޖޭގެ ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މި އިންވެސްޓްމަންޓް ދިވެހިންނަށް ލިބުމަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އެޕެއް ކޯޑުކޮށް، އަދި ފަރުމާކުރުމުގެ ހުނަރާއި ގާބިލިއްޔަތުކަން އެބަހުރި ކަމުގެ ހެއްކެއް،" އީދާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިލެންޑާސް އާއި ޕްރޯ ޑިޒައިނާސް ގުޅިގެން އުފައްދާފައިވާ ހޮލޯގޯ އެޕް ލޯންޗް ކުރުމުން، ޚާއްސަ އެޕެއްގެ ގޮތުގައި އެޕަލް އެޕްސްޓޯރުން އެ އެޕް ފީޗާކޮށްފައިވާ ކަމަށެވެ. އަދި ލޯންޗް ކުރިތާ ހަފުތާއެއްގެ ތެރޭގައި، އެޑިއުކޭޝަން ދާއިރާގައި ހިމެނޭ 600،000 އެއްހާ އެޕްތަކުގެ ތެރެއިން އެންމެ ގަދަ 100ގެ 37 ވަނަ އަށް ހޮލޯގޯ ވަނީ އަރައިފަ އެވެ.
"މިއަދާ ހަމައަށް، މި އެޕް ދުނިޔޭގެ އެކި ކަންކޮޅުތަކުން 37،000 ފަހަރު ޑައުންލޯޑް ކޮށްފައިވޭ. އަދި އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 450 ޑައުންލޯޑް ލިބެމުން، ވަރަށް ބާރު ސްޕީޑެއްގައި ހޮލޯގޯ ދަނީ ކުރިއަރަމުން،" ޕްރޯ ޑިޒައިނާސްގެ މެނޭޖިން ޑިރެކްޓަރު އަދި ހޮލޯގޯ ވޯލްޑްގެ ޗީފް ޓެކްނިކަލް އޮފިސަރު މުހައްމަދު ޝަމްހީލް ވިދާޅުވި އެވެ.
ހޮލޯގޯ އެޕަކީ ކިޔަވާ ކުދިންނަށް، ފިލާވަޅުތައް ނަގައިގަންނަން އެތައް ހާސް ގުނައެއް ފަސޭހަވާ ގޮތަށް އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) ޓެކްނޮލޮޖީ ބޭނުން ކުރާ އެޕެކެވެ. މިސާލަކަށް ސައިންސް ކިޔަވާ ކުދިންނަށް ދެނެގަންނަން އުނދަގޫ މޮލެކިއުލެއްގެ ތްރީޑީއެއް ހޮލޯގޯ އިން ބެލިދާނެ އެވެ. އަދި ދަރިވަރުންގެ އަތުގެ އިޝާރާތުން އެ މޮލެކިއުލް ކުޑަކޮށް، ބޮޑުކޮށް ގޮތްގޮތަށް އަނބުރައި ހެދޭނެ އެވެ. އަދި އޭގެ އެތެރޭގެ ބައިތައް ބަލައި، އެ ބައިތަކާ ބެހޭ މައުލޫމާތުތައް ހޯދޭނެ އެވެ.
AR Journey to the surface of the moon via @HologoWorld using an iPhone 7. #HologoWorld #ARKit #ARCore pic.twitter.com/eARjmXuFW7
— Eedham Rasheed (@EedhamRasheed) May 28, 2018
އެ އެއްޗަކާ ބެހޭ ތަފްސީލީ މައުލޫމާތުތައް ކިޔަން ބޭނުން ނުވާ ދަރިވަރުންނަށް އެ މައުލޫމާތުތައް ހޮލޯގޯ މެދުވެރިކޮށް އަޑު ވެސް އެހިދާނެ އެވެ. އަދި ޓީޗަރެއް ނަމަ އެ އޮބްޖެކްޓަކާ ބެހޭ މައުލޫމާތުތައް އެ ކަރިކިއުލަމަކާ އެއްގޮތަށް އެޕަށް އަޅައި، އެ ޓީޗަރެއްގެ ދަރިވަރުންނަށް ހިއްސާ ކުރެވޭނެ އެވެ.
އައިލެންޑާސް އިން އަންނަނީ ރާއްޖޭގެ ތައުލީމީ އިންޑަސްޓްރީ އަށް ބޮޑެތި ކުރިއެރުންތައް ގެންނަމުންނެވެ. އެގޮތުން އެ ކުންފުނިން ހިންގާ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި، އެ ކުންފުނިން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން އަންނަ އިންޓަނޭޝަނަލް ފެންވަރުގެ އިގްރާ ޕްރީ ސްކޫލްތަކަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ތަންތަނެވެ.
އެ ކުންފުނިން އަންނަނީ ޑިޖިޓަލް އެޑިއުކޭޝަނަށް ވެސް ބޮޑު އިންގިލާބެއް ގެންނަމުންނެވެ. އެގޮތުން ހޮލޯގޯ އެޕްގެ ކުރިން އެ ކުންފުނިން ވަނީ ކާމިޔާބު ކަމާ އެކު ޓީޗިން ޓިއުބް ފަށައި، އެތައް ހާސް ކުދިންނަކަށް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.
ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ޓީޗަރުން ތަމްރީނުކުރަނީ
އެޕަލް އިން ލިސްޓުކުރި އެޕްތަކުގެ ތެރޭ ރާއްޖޭގެ ހޮލޯގޯ
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް
ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
އައިލެންޑާސް އިން ޕްރީ ސްކޫލުތަކެއް ހުޅުވަނީ
ބިލަބޮންގު ދަރިވަރުން އެމެރިކާގައި ބޮޑު ކާމިޔާބީއެއް
އައިލެންޑާސް އިން ޓީޗަރުންނަށް މަހާސިންތާއެއް ބާއްވައިފި
ކެންގަރޫ ކިޑްސް: ތަފާތު ސްކޫލެއް
ނައިފަރާއި މަނަދޫގައި ޕްރީ ސްކޫލެއް ގާއިމު ކުރަނީ
އިންގިލާބީ ސާނަވީ ތައުލީމު، ފިންލަންޑް އިންޓަނޭޝަނަލުން