24 މާޗް 2020
ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ރާއްޖޭގެ ހޮލޯގޯ ވޯލްޑް ހިމެނިއްޖެ އެވެ.
ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ރާއްޖޭގެ ހޮލޯގޯ ވޯލްޑް ހިމެނިއްޖެ އެވެ.
އައިލެންޑާސް އެޑިއުކޭޝަން ގްރޫޕާއި ލޫޕްކްރާފްޓް ޓެކްނޮލޮޖީ ގުޅިގެން އުފައްދާފައިވާ ހޮލޯގޯ އަކީ ފަސޭހައިން ކިޔަވައިދީ އަދި ދަރިވަރުން ފިލާވަޅު ދަސްކުރަން ލިބޭ އެހީއެކެވެ.
މީގެ ދެ އަހަރު ބޭނުންކުރަން ފެށި އެޕް މިހާރު ވެސް 133 ގައުމެއްގައި އަންނަނީ ބޭނުންކުރަމުންނެވެ. މި އަހަރު ވެސް މުޅިން އަލަށް 300،000 މީހުން ހޮލޯގޯގެ އެޕްލިކޭޝަން ބޭނުންކޮށްފައިވެ އެވެ.
ހޮލޯގޯ ވޯލްޑުގެ ސީއީއޯ އީދަމް ރަޝީދު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައިވާ މި ދުވަސްވަރު، ގޭގައި ހުރެގެން ދަރިވަރުން ކިޔެވޭނެ ރަނގަޅު އެޕްލިކޭޝަންތަކުގެ ތެރޭގައި ހޮލޯގޯ ހިމެނުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހޮލޯގޯގެ އެޕްލިކޭޝަން، ދިރާގާ ގުޅިގެން ހިލޭ ބޭނުންކުރެވޭނެ ކަމަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކުންފުންޏަށް މެސެޖުކުރުމުން، 24 ގަޑިއިރުގެ ތެރޭގައި ދަރިވަރުންނަށް އެ އެޕްލިކޭޝަން ބޭނުންކުރެވޭގޮތް ހަދާނެ ކަމަށް ވިދާޅުވި އެވެ.
Proud to see @HologoWorld, an app developed by 100% Maldivian talent at @theloopcraft & @islanders_edu featured globally by @AppleEDU on their list of remote learning apps on @AppStore! https://t.co/FCT0CeZq3x pic.twitter.com/WRlApe3HgC
— Ahmed Adhly Rasheed (@AdhlyAhmed) March 24, 2020
ދުނިޔޭގެ އެހެން ގައުމުތަކުގައި ހޮލޯގޯގެ އެޕްލިކޭޝަން ބޭނުންކުރަނީ ކޮންމެ އަހަރަކު ދަރިވަރަކަށް 10 ޑޮލަރު (157ރ.) ދައްކައިގެންނެވެ. ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ހޮލޯގޯއިން ވަނީ އެ ފީގެ 70 ޕަސެންޓް ކުޑަކޮށްފަ އެވެ. އެހެންވެ ދަރިވަރުން މި އަހަރު ދައްކަންޖެހޭނީ ތިން ޑޮލަރު (45ރ.) އެވެ.
ސްރީލަންކާއަށް ވެސް އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ޑައެލޮގްއާ ގުޅިގެން ހިލޭ ހޮލޯގޯ ފޯރުކޮށްދޭނެ އެވެ.
އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ހަތަރު މާއްދާގެ ފިލާވަޅުތަކާ އެކު ތައާރަފްކުރި މި އެޕް އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެ އެވެ. އޭއާރް ޓެކްނޮލޮޖީ އަކީ ކެމަރާ ލެންސް ބޭނުންކޮށްގެން އަސްލު ތަކެއްޗަށް ޑިޖިޓަލް މައުލޫމާތު ދޭ ޓެކްނޮލޮޖީ އެކެވެ. ސްނެޕް ޗެޓު ބޭނުންކޮށްގެން މީހުންގެ މޫނަށް ތަފާތު ފިލްޓަރުލަނީ މި ޓެކްނޮލޮޖީގެ އެހީގަ އެވެ. މި އެޕް ބޭނުންކުރުމުން، ފިލާވަޅުތައް ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށް ކިޔަވައިދެވޭނެ އެވެ.
ފޭސް2 ގެ އިންޓަނޭޝަނަލް ސްކޫލް އައިލެންޑާސް އަށް
ސްކޫލުތައް ނުހުޅުވާތީ އައިލެންޑާސްއިން އެޗުޕީއޭއަށް
މުއްދަތު ދިގުކުރި ދިރާސީ އަހަރުގެ ބޭނުން ގެއްލެނީ
އޮންލައިންކޮށް ކިޔަވައިދޭތީ އައިލެންޑާސް ފީ ކުޑަކޮށްފި
ސްކޫލްތަކުގައި ހޮލޯގޯ ބޭނުންކޮށްގެން ކިޔަވައިދެނީ
ރާއްޖޭގެ ސްކޫލްތަކަށް ހޮލޯގޯ ފޯރުކޮށްދޭން ނިންމައިފި
މެލްބަން ޔުނިވާސިޓީގެ ދަރިވަރުންގެ އިންޓާންޝިޕަށް ރާއްޖެ
އެޕަލްގެ ކުރީގެ ޑިރެކްޓަރު އައިލެންޑާސް ހޮލޯގޯ ވޯލްޑަށް
އީޕީއެސް އިމާރާތް 25 އަހަރަށް އައިލެންޑާސް އަށް
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖެ އަށް