Roadha Mihaaru
ސްކޫލްތަކުގައި ހޮލޯގޯ ބޭނުންކޮށްގެން ކިޔަވައިދެނީ

ހޮލޯގޯ އެޕް ބޭނުންކޮށްގެން ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ލޯންޗުކޮށްފި

10 ފެބުރުއަރީ 2020

ހޮލޯގޯ އެޕްލިކޭޝަން ބޭނުންކޮށްގެން ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް މިއަދު ލޯންޗުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހޮލޯގޯ އެޕްލިކޭޝަން ބޭނުންކޮށްގެން ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް މިއަދު ލޯންޗުކޮށްފި އެވެ.

އައިލެންޑާސް އެޑިއުކޭޝަން ގްރޫޕާއި ލޫޕްކްރާފްޓް ޓެކްނޮލޮޖީ ގުޅިގެން ތައްޔާރުކޮށްފައިވާ ހޮލޯގޯ އަކީ ފަސޭހައިން ކިޔަވައިދީ، އަދި ދަރިވަރުން ފިލާވަޅު ދަސްކުރަން ލިބޭ ހާއްސަ އެހީއެކެވެ. މި އެޕް ހޮލޯގޯ އިން ތައާރަފްކުރީ މިދިޔަ އަހަރު އެވެ.

ރާއްޖޭގެ 38 ރަށެއްގައި ޕައިލެޓް ޕްރޮގްރާމް ލޯންޗުކުރީ މައިންނަށާއި އެ މީހުންގެ ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ މަމްސް ޖަމިއްޔާ އަދި ދިރާގާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ހޮލޯގޯ ވޯލްޑުގެ ސީއީއޯ އީދަމް ރަޝީދު "މިހާރު" އަށް ވިދާޅުވީ ޕައިލެޓް ޕްރޮގްރާމުގެ ދަށުން 38 ސްކޫލެއްގައި، އޮގްމެންޓެޑް ރިއަލިޓީ (އޭއާރު)ގެ ހިތްގައިމުކަމާ އެކު ކިޔަވައިދޭން ފަށާނީ އަންނަ ހަފުތާގައި ކަމަށެވެ. އެ ސްކޫލުތަކުގެ ޓީޗަރުން ވަނީ އެ އެޕްލިކޭޝަނަށް އަހުލުވެރިކޮށްފަ އެވެ.

"ފުރަތަމަ 38 ސްކޫލުގައި މިކަން ދާގޮތް އެސެސްކުރާނަން. އޭގައި ހުރި ގޮންޖެހުންތަކާއި އެކަން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ބަލާނަން. އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހޮލޯގޯ ތައާރަފްކުރުން،" އީދަމް ވިދާޅުވި އެވެ.

އެތަނުން އަންނަނީ ދިރާގު ޓީވީއަށް ވެސް ހޮލޯގޯ އެޕްލިކޭޝަން އެޅުމުގެ މަސައްކަތް ކުރުމުންނެވެ. އޭރުން ކިޔަވައިދޭ އެއްޗެއް ނަގައިގަންނަން، ގޭގައި ހުރި ކަމުގައި ވިއަސް ފަސޭހަ ވެގެންދާނެކަމަށް ވިދާޅުވި އެވެ.