10 އޮކްޓޯބަރ 2018
ޔޫއޭއީގައި އަންހެނަކު އޭނާގެ ފިރިމީހާގެ ފޯނު ހުޅުވައިގެން ބެލި މައްސަލައެއްގައި، ފިރިމީހާ ދައުވާ ކުރުމުން އަނބިމީހާ ތިން މަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ޔޫއޭއީގައި އަންހެނަކު އޭނާގެ ފިރިމީހާގެ ފޯނު ހުޅުވައިގެން ބެލި މައްސަލައެއްގައި، ފިރިމީހާ ދައުވާ ކުރުމުން އަނބިމީހާ ތިން މަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
ނަން ހާމަ ނުކޮށް ފިރިހެން މީހާ މީޑިއާތަކަށް ބުނި ގޮތުގައި އަންހެނުން އޭނާގެ ފޯނު ހާވައި، އޭގައި ހުރި ފޮޓޯތަކާއި މައުލޫމާތުތަކެއް ކޮފީކުރީ ނިދާފައި އޮއްވަ އެވެ. އަދި ފޯނުގައި ހުރި ބައެއް މައުލޫމާތުތައް އަންހެން މީހާ އޭނާގެ އާއިލާގެ ބައެއް މީހުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށް ފިރިހެން މީހާ ބުންޏެވެ.
އެހެންވެ މިކަން އެނގުމުން އޭނާ ފުރަތަމަ މައްސަލަ ރިޕޯޓް ކުރީ ފުލުހަށެވެ. ދެން ފުލުހުން މައްސަލަ ތަހުގީގުކޮށްފައި އަންހެން މީހާ އަށް ދައުވާކުރަން ފޮނުވީ ކަމަށް މީޑިއާތަކުން ބުންޏެވެ.
އަންހެން މީހާގެ މައްޗަށް އިއްވި ތިން މަހުގެ ޖަލު ހުކުމުގެ ދިފާއުގައި އޭނާ ބުނީ ފިރިމީހާގެ ފޯނުގެ ޕާސްވޯޑް އޭނާ އަށް ދީފައި އޮންނަ ކަމަށާއި ފޯނު ހުޅުވައިގެން ބަލަން ފިރިމީހާ މަނާ ވެސް ނުކުރާ ކަމަށެވެެ. އަދި ފޯނުގެ ޕާސްވޯޑް ދީފައި އޮންނަނީ ފިރިމީހާ މީގެ ކުރިން ހިލޭ އަންހެނުންނާ ޗެޓް ކުރާކަން ފަޅާ އަރައި ދެ މީހުންގެ ދޭތެރޭ މައްސަލަތައް ޖެހެން ފެށުމުން ކަމަށް ވެސް އަންހެން މީހާ ބުނެފައިވެ އެވެ.
ޔޫއޭއީއަކީ ގާނޫނަކުން ފޯނުގައި ހުންނަ މީހުންގެ ސިއްރު މައުލޫމާތުތައް ހޯދުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައި އޮންނަ ގައުމެކެވެ.
އެގޮތުން ހުއްދަ ނެތި ބައިވެރިޔާގެ ފޯނުގައި ހުންނަ މައުލޫމާތުތައް ވެސް ބެލުމަކީ ކުށެކެވެ. އެކަމުގެ އަދަބެއްގެ ގޮތުން މަދުވެގެން ހަ މަހުގެ ޖަލު ހުކުމެއް އިއްވައި، މަދުވެގެން 150،000-500،000 ދެމެދުގެ ދިރުހަމުން ޖޫރިމަނާ ކުރުމުގެ ފުރުސަތު ވެސް ގާނޫނުން ލިބި ދީފައިވެ އެވެ.
ދަހި ކަމަށް ބުނެ އަނބީިމީހާ އަނިޔާކުރާތީ ދައުވާކޮށްފި
އިންނަން އެއްބަސްވި އަންހެން އޮފިސަރަކު ހައްޔަރުކޮށްފި
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
އެންގޭޖްވިތާ 10 އަހަރު ފަހުން ކައިވެނި ބާއްވައިފި
ފިރިމީހާގެ ފޯނު ބެލުމުން އަނބިމީހާ ޖޫރިމަނާކޮށްފި
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
ވަރި އަކީ މައްސަލައެއް ނޫން: ޖިލް ބައިޑެން
ގެއްލުނު އަނގޮޓި 48 އަހަރު ފަހުން ހަދިޔާއަކަށް
ކައިވެނި ރޫޅުމުން އެންގޭޖްމަންޓް އަނގޮޓި ހަދިޔާކުރަނީ
ލޯބިވެރިޔާ ކައިވެންޏާމެދު ސީރިއަސްކަން އެނގޭނީ ކިހިނެއް