04 އޮކްޓޯބަރ 2018
ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާ އަށް މިރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.
ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާ އަށް މިރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.
ކަރެކްޝަނަލް ސާވިސް އިން އޭނާ މެލޭޝިއާ އަށް ވަޑައިގަތުމުގެ ހުއްދަ ދީފައި ވަނީ، އެޗްއާރުސީއެމުން އެކަމަށް އެދުމުންނެވެ. އެނގިފައިވާ ގޮތުގައި އެޗުއާރުސީއެމުން އެގޮތަށް އެދުނީ ނާޒިމްގެ ސިއްހީ ސީރިއަސް މައްސަލައަކާ ގުޅިގެން އިއްޔެ އެވެ.
ނާޒިމްގެ ލޮލުގެ މައްސަލައަކަށް ދާދި ފަހުން މާލެއިން ވެސް ވަނީ ފަރުވާ ހޯދާފަ އެވެ. އެކަމަކު މިހާރު ދިމާވެގެން އުޅެނީ ލޮލުގެ މައްސަލައެއް ނޫން ކަމަށްވެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރުގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. އެކަމަކު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްލޯތައިން އޭނާ އާއި އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ ފިންގަޕްރިންޓް ފެނިފައެއްނުވެ އެވެ. އޭގެ ބަދަލުގައި އެ ފިސްތޯލައިން ފެނުނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ކަމަށް، ފުލުހުން ފަހުން ބުނެފައިވެ އެވެ.
ޔަމަންގެ މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި
ނާޒިމް ބޭސްފަރުވާއަށް ބޭރަށް ފޮނުވަނީ
ނާޒިމްގެ ސިއްހީ ހާލަތާ މެދު އާއިލާ އިން ކަންބޮޑުވެއްޖެ
ހުސޭނުބޭގެ މަރު: ޖަލަށްލި އެކަކު ދޫކޮށްލައިފި
ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ޖަލު ފާސްކުރަނީ
ގައިދީން ސްޕެޝަލިސްޓުންނަށް ދައްކަން އޮޕަރޭޝަނެއް
ޖަލުން "ޖިހާދަށް": މާފުށީޖަލުގައި ހަރުކަށި އައްޑާއެއް
ހަތަރު ދުވަސްތެރޭ ޖަލުން 36 މީހަކު ކޮވިޑަށް ޕޮޒިޓިވް
ޖަލުތަކުގައި ތިބި ހަރުކަށި މީހުންނަށް ހާއްސަ ޔުނިޓެއް
އޮފިސަރަކަށް ކޮވިޑް ޖެހި، މާފުށީޖަލު ކުއްލި ހާލަތަކަށް