Roadha Mihaaru
އޮފިސަރަކަށް ކޮވިޑް ޖެހި، މާފުށީޖަލު ކުއްލި ހާލަތަކަށް

އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެ، މާފުށީ ޖަލު އަނެއްކާ ވެސް ކުއްލި ހާލަތަކަށް

03 ސެޕްޓެމްބަރ 2021

މާފުށީ ޖަލުގެ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ޖަލުގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ތަން ކުއްލި ހާލަތަކަށް ގެނެސްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާފުށީ ޖަލުގެ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ޖަލުގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ތަން ކުއްލި ހާލަތަކަށް ގެނެސްފި އެވެ.

ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވީ އެ އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވީ އޭނާގެ ފަރާތުން ބަލީގެ އަލާމާތުތަކެއް ފެނިގެން ނެގި ސާމްޕަލުން އިއްޔެ ކަމަށެވެ. އެހެންވެ، ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރޭ ދަންވަރު 12:00 އިން ފެށިގެން އެ ތަން ކުއްލި ހާލަތަކަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލު ކުއްލި ހާލަތަކަށް ގެނައުމާއެކު، ގައިދީންގެ ހުރިހާ "މޫވްމެންޓްތައް" ވެސް ވަގުތީ ގޮތުން މެދުކަނޑައިލެވޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

އެކި ފަހަރު މަތިން ކުރިން ވެސް މާފުށީ ޖަލުން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. ބަލި ފެނުމާ އެކު އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް ކުއްލި ހާލަތަށް ގެނެއެ އެވެ.

އެންމެ ފަހުން އައި ކޮވިޑްގެ ރާޅާ އެކު ޖަލުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމުން ކަރެކްޝަންސް އިން ވަނީ ހައި ރިސްކް ގައިދީން ގެއަށް ބަދަލުކޮށްފަ އެވެ. މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ގެއަށް ބަދަލުކުރީ އެ މަނިކުފާނަކީ ވެސް ހައި ރިސްކް ބޭފުޅަކަށްވާތީ އެވެ.

އެކަމަކު މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ޕްރިޒްންސް ކޮމިޝަނަރު ވަނީ ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓިފައިވާކަން އިއުލާނު ކުރައްވައިފަ އެވެ. އެއާ އެކު ހުރިހާ ޖަލުތަކެއް އާންމު ހާލަތަށް ގެނެސް ޖަލަށް ޒިޔާރަތް ކޮށްގެން އާއިލީ ބައްދަލުވުމާއި، ވަކީލު ބައްދަލުވުން ހަމަޖެއްސި އެވެ.