28 ސެޕްޓެމްބަރ 2018
ގްރީންސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމަށް މިރޭ އަރައިފި އެވެ.
ގްރީންސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމަށް މިރޭ އަރައިފި އެވެ.
އީގަލްސް އިން އެ މަގާމުގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ. ގްރީންސްޓްރީޓްސް އޮތީ 10 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެ އަދަދަށްވީ ނަމަވެސް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.
މިރޭގެ މެޗުގެ ހަތް ވަނަ މިނެޓުގައި އީގަލްސް އަށް މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ ޑިފެންޑަރު އަހުމަދު ނޫމާނެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އޭނާ ބޮލުން ފޮނުވާލުމުން ވަނީ ގޯލުގެ މަތީ ކަނަށެވެ.
އޭގެ ފަސް މިނެޓު ފަހުން ގްރީންސްޓްރީޓްސްގެ އަހުމަދު ރިލްވާން އޭރިއާ ބޭރުން ބާރު ބޯޅައެއް ގޯލަށް ފޮނުވާލިއިރު އީގަލްސްގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރަ މަތަކުރި އެވެ. އަދި ކޮލަމްބިއާ ފޯވާޑް އަވީލާ ފޮނުވާލި ހަމަލައެއް ވެސް ސުޖަން މަތަކުރި އެވެ.
މި ހާފުގައި އީގަލްސް އަށް ލީޑު ފުޅާކުރަން އިތުރު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 21 ވަނަ މިނެޓުގައި ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ފޮނުވާލި ބާރު ޝޮޓެއް ގޯލާ އަމާޒުނުވެ ދަނޑި ކައިރިން ބޭރަށް ދިޔައިރު އަހުމަދު ރިޒްވާން ބޮލުން ފޮނުވާލި ބޯޅައެއް ގްރީންސްޓްރީޓްސްގެ އިބްރާހިމް ލަބާން ޝަރީފް ސަލާމަތްކުރި އެވެ.
ދެ ވަނަ ހާފުގައި ވެސް ބޮޑަށް ފެނިގެން ދިޔައީ އީގަލްސްގެ ކުޅުމާއި ހަމަލާތަކެވެ. އެކަމަކު ޖަލުން މިނިވަންވެ، ދާދި ފަހުން ކުޅުމުގެ ތެރެއަށް އައި ޒުވާން ކީޕަރު ލަބާން ވަނީ ހުށިޔާރުކަން ދައްކައިފަ އެވެ. އެގޮތުން ރިޒޭ އާއި ޑެނިއަލް ލުއިސް ފޮނުވާލި ބޯޅަތައް ވެސް އޭނާ ވަނީ ދިފާއުކޮށްފަ އެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ސާފް ސުޒުކީ ކަޕާއި 19 އަހަރުން ދަށުގެ މުބާރާތުގެ ސަބަބުން މިދިޔަ ދުވަސްތަކުގައި ރަނގަޅަށް ޕްރެކްޓިސް ނުކުރެވުނު ކަމަށާއި އެ ހާލަތާ ބަލާއިރު ނަތީޖާ އާއި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"އެންމެ ރަނގަޅަކަށް ނޫން ޕްރެކްޓިސްތައް ދިޔައީ. ބައެއް ދުވަސްދުވަހު އަށް ކުޅުންތެރިންނާ އެކު ޕްރެކްޓިސްކުރީ. އެ ހުރިހާ ކަމަކަށް ބަލާއިރު ކުޅުން ވަރަށް ރަނގަޅު މިރޭ،" މޯހަން ބުންޏެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އީގަލްސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އޭނާގެ ޓީމުގެ މައްސަލައަކަށްވީ މިދިޔަ ބްރޭކުގެ ތެރޭގައި ތައްޔާރުވުމުގައި ކަންތައްތަކެއް އަތުން ދޫވެފައި ހުރުމުން ކަމަށެވެ.
"ވަރަށް އުނދަގޫ ބްރޭކެއް މިދިޔައީ. ޕްރެކްޓިސް މެޗެއް ވެސް ކުޅެލަން ނުލިބި އެއީ ގިނަ ޓީމުތަކުން ޕްރެކްޓިސް ނުފަށާ އޮތުމުން. އެކަމަކު މިރޭ ބަލިވީ އެހެންވެގެނެއް ނޫން. ތައްޔާރުވުމުގައި ކަންތައްތަކެއް ލެކްވެގެން މިހެންވީ. އެކަންކަން ދެން އަންނަ މެޗަށް ރަނގަޅުކޮށްލާނަން،" ސުޒޭން ބުންޏެވެ.
މާލީ ތަފުސީލު ހޯދަން ކޮމިޝަނަރު އެނގުމުން ނުރުހުން
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގްރީން ކޮޅަށް އަށް ލަނޑު، ރިޒޭގެ ހަތަރު ގޯލު
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
އީގަލްސް ފަސޭހަ ކަމާއެކު ގްރީން ބަލިކޮށްފި
މާލޭގައި ފެތުރޭ ރޯގާގެ އަސަރު އީގަލްސް ޓީމަށް
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
އީގަލްސްއަށް މޮޅެއް، ޔޫވީ ބަލިކޮށް ގްރީން ހަތަރަކަށް