28 ސެޕްޓެމްބަރ 2018
ޒިއުރިކް (ސެޕްޓެމްބަރު 28) - ޗެމްޕިއަންސް ލީގުގައި ވެލެންސިއާ އަތުން 2-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑަށް އިތުރު ސަސްޕެންޝަނެއް ނުދޭން ޔުއެފާ އިން ނިންމުމުން ރޮނާލްޑޯ އަށް އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ޒިއުރިކް (ސެޕްޓެމްބަރު 28) - ޗެމްޕިއަންސް ލީގުގައި ވެލެންސިއާ އަތުން 2-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑަށް އިތުރު ސަސްޕެންޝަނެއް ނުދޭން ޔުއެފާ އިން ނިންމުމުން ރޮނާލްޑޯ އަށް އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކީ ބޯޅަ ނެތީސް ވެލެންސިއާގެ ޑިފެންޑަރު ޖެއިސަން މުރީއޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އޭރިއާ ތެރެއިން މުރީއޯ އާއި ރޮނާލްޑޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މުރީއޯ ވެއްޓުނު ވަގުތު އޭނާ ބޮލުގައި ރޮނާލްޑޯ އަތްލަ އެވެ. ރޮނާލްޑޯ އަށް ރަތް ކާޑު ދައްކަން މެޗުގެ ރެފްރީ ނިންމީ ގޯލުގެ ރޮނގު ކައިރީގައި ހުންނަ އޮފިޝަލުގެ ލަފާ ހޯދުމަށް ފަހު އެވެ.
ރަތް ކާޑާ އެކު ރޮނާލްޑޯ އަށް ރަސްމީކޮށް އެއް މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. އެއާ އެކު ދެން ޔުވެންޓަސް މި މުބާރާތުގައި އަންނަ މަހު ދެ ވަނަ ދުވަހު ސްވިޒަލެންޑުގެ ޔަންގްބޯއީސްއާ ކުޅޭ މެޗު ރޮނާލްޑޯ އަށް ގެއްލޭނެ އެވެ.
ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ވެލެންސިއާގެ މެޗުގައި ހިނގައިދިޔަ ކަންތައްތައް އިތުރަށް ބެލުމަށް ފަހު ރޮނާލްޑޯ އަށް އިތުރު ސަސްޕެންޝަނެއް ނުދޭން ނިންމައިފަ އެވެ. އެ ކޮމިޓީން އެ ގޮތަށް ނިންމީ ވެލެންސިއާ މެޗުގެ ރެފްރީ ރިޕޯޓާއި ވީޑިއޯ ފޫޓޭޖް ދިރާސާ ކުރުމަށް ފަހު އެވެ.
ރޮނާލްޑޯގެ ސަސްޕެންޝަން އިތުރު ނުކުރަން ނިންމުމުން އޭނާ އަށް ކުރީގެ ކްލަބް ޔުނައިޓެޑާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ފަހިވީ އެވެ. ރޮނާލްޑޯ ވަނީ ރެއާލަށް ކުޅުނުއިރު ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ޔުނައިޓެޑް ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހު 23 ވަނަ ދުވަހު އެވެ. މި ދެ ޓީމު ޔުވެންޓަސް ދަނޑުގައި ބައްދަލުކުރާނީ ނޮވެމްބަރު މަހު ހަތް ވަނަ ދުވަހު އެވެ.
ދާދި ފަހުން އޮތް ޔުއެފާ އެވޯޑާއި ފީފާގެ އެވޯޑް ހަފުލާ އަށް ރޮނާލްޑޯ ހާޒިރުނުވާތީ ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. ރޮނާލްޑޯއާ ވާދަކޮށް ދެ އެވޯޑް ވެސް ހޯދީ އޭނާއާ އެކު މިދިޔަ ސީޒަނުގައި ރެއާލަށް ކުޅުނު ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗަށެވެ.
ޔުއެފާ އެވޯޑް ރޮނާލްޑޯ އަށް ނުދީ މޮޑްރިޗަށް ދިނުމުން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި ފީފާ އެވޯޑް ހައްގުވަނީ ރޮނާލްޑޯ އަށް ކަމަށް ބުނެ ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވެސް ވަނީ ފީފާގެ ވޯޓިން ސިސްޓަމަށް ފާޑުކިޔައިފަ އެވެ.
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
އަގު ބޮޑު ރޮނާލްޑޯ ޔުނައިޓެޑަށް ދިޔައީ ކުޑަ އަގަކަށް
ޕީއެސްޖީ އާއި ޔުނައިޓެޑުން ރޮނާލްޑޯ ބޭނުމެއްނުވި
އަހަންނަށް ޔުނައިޓެޑް އަބަދުވެސް ހާއްސަވާނެ: ރޮނާލްޑޯ
ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ އަށް ރަތެއް
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް
ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް
ރޮނާލްޑޯއަށް ޖާގަދޭން ބޭރުކުރި އަބޫބަކުރު ބެސިކްޓަސްއަށް