18 ސެޕްޓެމްބަރ 2018
ސިވިލް ސާވެންޓުން ވަޒީފާ އަދާކުރަމުން އަންނަ އިދާރާތްތަކާއި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކަށް ބާރާއި ނުފޫޒު ނުފޯރުވަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ އިލްތިމާސް ކޮށްފި އެވެ.
ސިވިލް ސާވެންޓުން ވަޒީފާ އަދާކުރަމުން އަންނަ އިދާރާތްތަކާއި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކަށް ބާރާއި ނުފޫޒު ނުފޯރުވަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ އިލްތިމާސް ކޮށްފި އެވެ.
އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ ސިވިލް ސާވިސްގެ މުވައްޒަފުން، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމާ ގުޅޭ ގޮތުން ގާނޫނުގައި ކަންތައްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގައި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ސިވިލް ސާވިސްގެ އިދާރާތަކުން ވެސް، ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަން ވަނީ އެދިފަ އެވެ.
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާ ބެހޭ ގޮތުން ސީއެސްސީން ސާކިއުލާއެއް މި ނެރުނީ، ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ކުރާކަން އާންމު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޓީޗަރުންނާއި އެކި ރަށްރަށުގައި ތިބޭ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ހިމެނެ އެވެ.
އެ ބަޔާނުގައި ވަނީ ސީއެސްސީގައި މަސައްކަތް ކުރާ މުވައްޒަފުން، އަމިއްލަ ހައިސިއްޔަތުން ފާޅުކުރާ ހިޔާލުތައް މީޑިއާތަކުން ގެނެސްދިނުމުގައި އެ މުވައްޒަފުން އަދާކުރާ ވަޒީފާތަކަށް ނިސްބަތް ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
އެމްޑީޕީ އަދި އިދިކޮޅު އިއްތިހާދުގެ ބައެއް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ މީގެ ކުރިން ސިވިލް ސާވިސްގެ މުވައްޒަފުންގެ އެތައް ބަޔަކަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކޮށްފައިވެ އެވެ. އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބާއްވާ ޖަލްސާތަކަށް ދިއުމަށް ސިވިލ،ް ސާވެންޓުންނަށް މަޖުބޫރުކުރާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ސިވިލް ސާވިސްގެ ވަޒީފާ ދިނުން މެދުކަނޑާލައިފި
އާސަރުކާރަށް އެއްބާރުލުން ދޭން ޕީއެސްއިންނަށް އަންގައިފި
ދިވެހި ބަހުގެ މިނިސްޓްރީ އަށް އާ ޕީއެސްއެއް
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
ބުލީކުރާ ކަމަށް ބުނާ ޕީއެސްއެއްގެ މައްސަލަ ބަލަނީ
ސުލްތާނާ އަނެއްކާވެސް އޭޖީ އޮފީހުގެ ޕީއެސްގެ މަގާމަށް
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ސިވިލް ސާވިސްގެ ހިދުމަތް ރަނގަޅުކުރަން ހިޔާލު ހޯދަނީ
ހިދުމަތްތައް ހަލުވިކުރުމުގައި ސިވިލްސާވިސްގެ ދައުރު ބޮޑު