Roadha Mihaaru
އާސަރުކާރަށް އެއްބާރުލުން ދޭން ޕީއެސްއިންނަށް އަންގައިފި

އާ ސަރުކާރަށް އެއްބާރުލުން ދިނުމަށް ޕީއެސްއިންނަށް އަންގައިފި

01 އޮކްޓޯބަރ 2018

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށްދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނަށް އިއްޔެ އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށްދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނަށް އިއްޔެ އަންގައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު އިއްޔެ ވަނީ ޕާމަނަންޓް ސެކްރެޓްރީންނާ އެކު ބައްދަލުވުމެއް ބާއްވަވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޑރ. ޝަމީމު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާ ވެސް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިއުމަށް ސިވިލް ސާވެންޓުންނާއި އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

ވެރިކަން ބަދަލުވާ މަރުހަލާގެ ކަންކަން އޮމާންކޮށް ގެންދިއުމުގައި ޕާމަނަންޓް ސެކްރެޓަރީންގެ އެއްބާރުލުން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މަރުހަލާގައި ކަން ކުރުމަށް ގާނޫނުގައި އަންގާފައިވާ ގޮތްތަކުގެ މައުލޫމާތު ހިއްސާ ކުރި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ބެލެހެއްޓުމަށް އިބޫގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އެވެ.

DGT ge magaamah inthihaaby raees ge faraathun Seaweed Ahmed Latheef

DGT ge magaamah inthihaaby raees ge faraathun Seaweed Ahmed Latheef

The most trusted news source in the Maldives

Mihaaru

ޑީޖީޓީގެ މަގާމަށް ލަތީފް އައްޔަން ކުރެއްވުން--

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.