22 ޑިސެމްބަރ 2016
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތަކާ އެކު މަސައްކަތްތަކެއް ވެސް ކުރިއަށް އެބަ ދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތަކާ އެކު މަސައްކަތްތަކެއް ވެސް ކުރިއަށް އެބަ ދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ ބެއްލެވުމަށް ރަށްރަށަށް އޭނާ މިހާރު ކުރައްވާ ދަތުރުގައި ނ. އަތޮޅު ލަންދޫގައި މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަކަށް ސިވިލް ސާވިސް މުވައްޒަފުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެއީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއިރު އަންނަ އަހަރުގެ ބަޖެޓުގައި އެ ބައި ހިމަނާފައި ނުވާތީ އެވެ.
ޝަމީމް ލަންދޫގައި ދެއްކެވި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ ސީއެސްސީން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމަށް ވިދާޅުނުވާ ކަމަށެވެ.
"މުސާރައަ އާއި ސިވިލް ސާވަންޓުންނާ ގުޅޭ އެހެން ވެސް މަސައްކަތްތަކެއް ކުރިއަށް ދާތީ އަޅުގަނޑު ދެންނެވީ އުއްމީދުކުރަމޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުގައި މުސާރަ ބޮޑުކުރަން ހިމަނާފައި ނުވި ނަމަވެސް އޮނިގަނޑުތަކަށް ބަދަލު ގެނެސް އެކި ދާއިރާތަކުގައި ތިބި މީހުންނަށް މި އަހަރު ވެސް މުސާރަ ބޮޑުކޮށްފައިވެ އެވެ. އެންމެންނަށް އެއް ފަހަރާ މުސާރަ ބޮޑުނުވިއަސް، އެލަވަންސެއް ނުވަތަ އެހެން ކޮންމެވެސް ކަހަލަ ލުޔެއް ލިބުމަކީ ވެސް އުއްމީދެއް ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ގަޑި ހަތް ގަޑިއިރުން ހަ ގަޑިއިރަށް ބަދަލުވުމަކީ ވެސް ލިބުނު ލުޔެއް ކަމަށެވެ. ހަމައެއާ އެކު މާބަނޑު މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕޭ ކޮމިޝަނުން ވެސް އަންނަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާ ގުޅޭ ދިރާސާތަކެއް ކުރަމުންނެވެ. އަދި އެކި މިނިސްޓްރީތަކުގެ ހިއުމަން ރިސޯސަސް އޮޑިޓްތަކެއް ވެސް ސީއެސްސީން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސިވިލް ސާވަންޓުން ސިޔާސީ ނުވެވޭ ގޮތް ހަދައިދީ: ޝަމީމް
އާސަރުކާރަށް އެއްބާރުލުން ދޭން ޕީއެސްއިންނަށް އަންގައިފި
މުސާރަ އެންމެ ބޮޑުވީ ދަށް ފަންތީގެ މުވައްޒަފުންނަށް
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ
"ސިޔާސީ ހަރަކާތްތަކުގެ މާއްދާއަށް ގެނައީ ހެޔޮބަދަލެއް"
އަޖުވަދު ވިދާޅުވަނީ ހުރީ ހުސް މައްސަލަ ކަމަށް!
މުސާރައިގެ މައްސަލާގައި ބައެއް އޮފީސްތައް ހުއްޓުމަކަށް!
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
ސިވިލް ސާވިސް އިދާރީ މުސާރަ ބޮޑުކުރަން ހުށަހަޅައިފި
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!