16 ސެޕްޓެމްބަރ 2018
އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ ވ. އަތޮޅުގައި ހިމެނޭ ބައެއް ރަށްތަކުގެ ބިން ހިއްކައި ގޯތި ދޫކުރުމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.
އިދިކޮޅު އިއްތިހާދަށް ވެރިކަން ލިބިއްޖެ ނަމަ ވ. އަތޮޅުގައި ހިމެނޭ ބައެއް ރަށްތަކުގެ ބިން ހިއްކައި ގޯތި ދޫކުރުމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވ. ރަކީދޫ، ވ. ކެޔޮދޫ، ވ. ފުލިދޫ، ވ. ފެލިދޫ އަދި ވ. ތިނަދު އަށް ވަޑައިގެން، އިދިކޮޅު ވެރިކަމެއްގައި އެ ރަށްތައް ތަރައްގީ ކުރުމަށް ގެންގުޅުއްވާނެ ސިޔާސަތުތައް އިބޫ މިއަދު ހާމަކުރެއްވި އެވެ. ހާއްސަކޮށް، ކެޔޮދޫ އާއި ފުލިދު އަކީ ބިމުގެ ދަތިކަން އޮތް ޜަށެއްކަން ފާހަގަ ކުރައްވައި އިބޫ ވަނީ އެ ދެ ރަށުގެ ބިން ހިއްކުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ގޯތި ދިނުމަކީ ވެސް އޭނާގެ ވައުދެކެވެ.
އިބޫ މިއަދު ވ. ރަކީދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ-.ފޮޓޯ: އެމްޑީޕީ
ރާއްޖޭގައި އެންމެ ކުޑަ އާބާދީއެއް އޮންނަ ވ. އަތޮޅުގައި ހުންނަވައި އިބޫ ވަނީ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އެ ސަރަހައްދުގައި ދަތުރު ދިއުމަށް ހާއްސަ ރަށެއް ހަމަޖައްސަން ވެސް ވައުދުވެވަޑައިގެންފަ އެވެ.
ފަސް ރަށުގައި ދެއްކެވި ވާހަކަތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ، އެ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، ގިނަ ރަށްރަށުގައި އެ ހިދުމަތް ނުލިބިވާ ކަން ފާހަގަކުރެއްވި އެވެ. ވ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ނިޒާމާއި ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ވ. އަތޮޅުގެ ރަށްތަކަކީ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށްތަކެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އެ ވިޔަފާރު އިތުރަށް ފުޅާކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، ގެސްޓް ހައުސް ހެދުމަށް ބޭނުންވާ ލޯނު ފޯރުކޮށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގޯތީގައި އިމާރާތް ކުރުމަށް ބޭނުންވާ ލޯނު ލިބޭނެ މަގުކޮށައި ދެއްވުމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.
ހޯމް ސްޓޭއާ އެކު ވާވުގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް
12 ރަށެއްގެ މަގުބައްތި ބެލެހެއްޓުން ސްޓެލްކޯ އަށް
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ބާކީވުމުގެ އިހްސާސެއް މިހާރު ނުކުރެވޭނެ: ރައީސް
ތަރައްގީ މަޝްރޫއު ނުހުއްޓޭނީ އިތުރު ދައުރެއް ލިބިގެން
އުނދަގުލަސް ވެރިކަން ކުރެވޭނީ ކޯލިޝަނަކުން: ރައީސް
ޓޫރިޒަމްގެ އެންމެ ބިޔަ އެއް މަޝްރޫއު ވ. އަތޮޅުގައި
ރަކީދޫ އަލުން އާބާދުކުރުމަށް ރައީސްގެ ތަސައްވަރު