01 ޖެނުއަރީ 2022
ވ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް އޮތް އިރު، އޭގެ ތެރެއިން ހަތަރު ރަށެއްގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ފައްކާވެއްޖެ އެވެ. ކުޑަ އާބާދީއެއް އޮންނަ ވ. އަތޮޅުގެ ދެ ރަށެއްގައި، ޓޫރިސްޓު އެނދުގެ އަދަދު ވެސް ރަށުގެ އާބާދީ ފަހަނައަޅާ ހިނގައްޖެ އެވެ. ލޯކަލް ޓޫރިޒަމްގައި މިހާރު އެއީ ނަމޫނާ އަތޮޅެކެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތަށް، މިއަދު ރާއްޖެ އަށް ތައާރަފުކުރާ "ހޯމް ސްޓޭ" އާ އެކު ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމް މިހާރު އޮތީ އެހެން ހަރުފަތަކަށް ގެންދަން ވެފަ އެވެ.
ވ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް އޮތް އިރު، އޭގެ ތެރެއިން ހަތަރު ރަށެއްގައި ލޯކަލް ޓޫރިޒަމް ފުޅާވެ، ފައްކާވެއްޖެ އެވެ. ކުޑަ އާބާދީއެއް އޮންނަ ވ. އަތޮޅުގެ ދެ ރަށެއްގައި، ޓޫރިސްޓު އެނދުގެ އަދަދު ވެސް ރަށުގެ އާބާދީ ފަހަނައަޅާ ހިނގައްޖެ އެވެ. ލޯކަލް ޓޫރިޒަމްގައި މިހާރު އެއީ ނަމޫނާ އަތޮޅެކެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތަށް، މިއަދު ރާއްޖެ އަށް ތައާރަފުކުރާ "ހޯމް ސްޓޭ" އާ އެކު ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމް މިހާރު އޮތީ އެހެން ހަރުފަތަކަށް ގެންދަން ވެފަ އެވެ.
އެ އަތޮޅުގައި އެންމެ ގިނަ ގެސްޓު ހައުސްތައް ހިންގަނީ ފުލިދޫގަ އެވެ. އެ ރަށުގައި 16 ގެސްޓް ހައުސް ހުރެ އެވެ. އެކަމަކު އެނދުގެ ނިސްބަތުން ބަލާ ނަމަ، އެންމެ ފުޅާކޮށް މި މަސައްކަތް ކުރަނީ ތިނަދޫގަ އެވެ. ތިނަދޫގެ ބެޑް ކެޕޭސިޓީ ހުރީ 200 އަށް ވުރެ މަތީގަ އެވެ. ދެން އޮތް، އެ އަތޮޅު ކެޔޮދޫ އާއި ފެލިދޫގައި ވެސް ގެސްޓް ހައުސްތައް ގިނަ އެވެ. އެންމެ ގެސްޓް ހައުސްއަކާ އެކު ފަހަތުގައި އުޅެނީ ރަކީދޫ އެވެ.
މި ހުރިހާ ރަށެއްގައި ވެސް ހިންގަނީ "ލޯ ވޮލިއުމް" ނުވަތަ ބޮޑެތި އިމާރާތްތަކެއް ހަދައިގެން ގެސްޓް ހައުސް ހިންގުމުގެ ބަދަލުގައި ޓޫރިސްޓުންނަށް ރަށްފުށުގެ އިހުސާސްތަކެއް ކޮށްދޭ ގޮތަށް، ފަރުމާކޮށްގެން ހިންގާ ގެސްޓް ހައުސްތަކެކެވެ. އެ އަތޮޅުގެ ހުރިހާ ރަށަކުން ވެސް ފޮލޯކުރަނީ މި މޮޑިއުލަށެވެ. އަދި އޭގެ ރައްކާތެރިކަމެއްގެ ގޮތުން، ކޮންމެ ރަށެއްގައި ވެސް ވަކި ވަރަކަށް ވުރެ އުސްކޮށް، އިމާރާތްކުރުން ވަނީ މަނާކޮށްފަ އެވެ.
ވ. ފުލިދޫގެ ބީޗު: ވ. އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށް.-- ފޮޓޯ: މިހާރު
ޓޫރިޒަމްގެ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި، ވ. އަތޮޅުގެ އަތޮޅު ކައުންސިލަރު ޝުޖާއު އަލީ ވިދާޅުވި ގޮތުގައި ހޯމް ސްޓޭ ޓޫރިޒަމަކީ ވ. އަތޮޅަށް އާ ކަމެއް ނޫނެވެ. ލޯކަލް ޓޫރިޒަމް ފެށުމުގެ ވެސް މާ ކުރިން، އެ އަތޮޅުގައި ހިންގާ ރިސޯޓުތަކުން ރަށްރަށް އެސްކާޝަންތަކަށް ދާ ޓޫރިސްޓުނަށް މަރުހަބާ ކިޔުމުގައި އެ އަތޮޅުގެ ރައްޔިތުންނަކީ ނަމޫނާ ބައެކެވެ.
"އެހެން ދަތުރުތަކުގައި އަންނަ ޓޫރިސްޓުންނަށް ގޭގެއިން އަދާކުރި މެހުމާންދާރީ އަދިވެސް ހަމަ އެގޮތުގައި އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ތިނަދޫގައި އެންމެ ފުރަތަމަ ގެސްޓް ހައުސްގެ ވިޔަފާރީ ފެށި ނުވަތަ އެ ރަށުގެ ލޯކަލް ޓޫރިޒަމްގެ ބާނީގެ ގޮތުގައި ރަށުގެ މީހުން ސިފަކުރާ މުހައްމަދު ނާޒިމް (މުންޗި) ބުނި ގޮތުގައި އެ އަތޮޅުގައި ގެސްޓް ހައުސްގެ ވިޔަފާރީއާ އެކު ހޯމް ސްޓޭ ވެސް ފެށުނެވެ. އެކަމަކު ގެސްޓް ހައުސް ވިޔަފާރީގެ ގަވާއިދު ވަރުގަދަކުރުމުން، އެކަން ވަކި ހިސާބަކުން ހުއްޓުނީ އެވެ.
"ގެސްޓް ހައުސްގެ ވިޔަފާރީ އަޅުގަނޑު އެންމެ ފުރަތަމަ ފެށިއިރު، ގޭގައި ރޫމު އަޅައިގެން އެހެން މީހުންނަށް ވެސް ގެސްޓުން ގެނެސްދިނިން، އެމީހުންނަށް އިންކަމްއެއް ލިބޭ ގޮތަށް. އެކަމަކު މިހާރު ގަވާއިދުތައް [ގެސްޓް ހައުސް ގަވާއިދު] ހުރި ގޮތުން ހިއެއް ނުވޭ އެކަން ކުރެވޭނެހެން،" ތިނަދޫ ކާޒާ ބަރާބަރު ގެސްޓް ހައުސްގެ ވެރިޔާ ބުންޏެވެ.
ވ. ތިނަދޫ ބީޗުގައި ހުރި ޖޯއްޔެއްގައި ޓޫރިސްޓުންތަކެއް އިށީނދެލައިގެން.-- ފޮޓޯ: މިހާރު
އޭނާ ބުނި ގޮތުގައި، ރާއްޖެ އަންނަ ގިނަ ޓޫރިސްޓުން ބޭނުންވަނީ ރަށްފުށުގެ ދިރިއުޅުމެއްގައި، އަހަރެމެން އުޅޭ ގޮތަށް އުޅޭށެވެ.
"މިސާލަކަށް ބަންގަލޯ ސްޓައިލް ރޫމްސް. އަޅުގަނޑުމެންގެ އަތުގައި މުޅިން ވެސް ހުންނާނީ އެއް ބުރީގެ ކޮޓަރިތައް، ބަންގަލޯއެއް ގޮތަށް އަޅާފައި. އެ އެއްޗެހި ބަލައިފައި ރަށުގައި އެބަ އޮންނަން ޖެހޭ ޖަންގަލި ވެސް، ބީޗު ވެސް. އެތަނަކީ ކޮންމެހެން ފުރިގެން ބާރުވެފައި އޮންނަ ތާކަށް ވާކަށް ނުޖެހޭ،" ހޯމް ސްޓޭ އަކީ ވެސް ރަނގަޅަށް ކުރެއްވިއްޖެ ނަމަ، މި މޮޑިއުލަށް ވަރަށް ރަނގަޅަށް ފެތޭނެ ވިޔަފާރީއެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މ. ދިއްގަރުގައި ހޯމް ސްޓޭ ޓޫރިޒަމް ރަސްމީކޮށް ލޯންޗުކުރަން ތައްޔާރުވާއިރު، މީހުން ދިރިއުޅޭ ގޭގޭގެ ވަކި ކޮޓަރިތަކުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތައާރަފުކުރާ މި ހިދުމަތް ދިނުމުގެ ގަވާއިދު ވަނީ އާންމުކޮށްފަ އެވެ. ހޯމް ސްޓޭ ގެސްޓް ހައުސްގެ ގޮތުގައި ބަލާނެ ތަންތަނާއި އެތަންތަނަށް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތާއި ހުއްދަ ބާތިލުކުރާނެ ކަންކަމުގެ އިތުރުން އެތަން ބަލާފާސްކުރާނެ ގޮތްތައް ވެސް މި ގަވާއިދުގައި ހިމަނާފައިވެ އެވެ.
ވ. ކެޔޮދޫގައި: ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ކެޔޮދޫ ކައުންސިލްގެ މެމްބަރުން.-- ފޮޓޯ: މިހާރު
ހޯމް ސްޓޭގެ ގޮތުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ އަށް ހުށަހަޅާ ވިޔަފާރީގެ ހުރިހާ ބައިވެރިންނާއި ޑިރެކްޓަރުންގެ ކުށުގެ ރިކޯޑް ހުށަހަޅަން ޖެހޭއިރު، ޓޫރިޒަމްގެ ގުޑް އެންޑް ސާވިސަސް ޓެކްސް ދެއްކުމަށް މީރާގައި ރަޖިސްޓްރީ ވާން ވެސް ޖެހެ އެވެ.
- އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރިއާ ހަމަ އަށް ޓޫރިސްޓުން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަން ޖެހޭ. [ކޮޓަރި އާއި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހޭ].
-ކޮންމެ ކޮޓަރިއެއްގައި ވަކިވަކި ފާހާނާ ހުންނަން ޖެހޭ.
- ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގައި ނިދަން ދެ އެނދު ހުންނަން ޖެހޭ.
- ގެސްޓްހައުސްގައި ހުންނަ ޓޫރިސްޓަކަށް އެތަނެއްގެ ވެރިއަކަށް ގުޅުމުގެ އިންތިޒާމު ހަމަޖެއްސުން.
އަތޮޅުގެ ހުރިހާ ރަށެއްގައި ލޯކަލް ޓޫރިޒަމް ފުޅާވި ނަމަވެސް، އެންމެ ގެސްޓް ހައުސްއަކާ އެކު، ރަކީދޫ އަދިވެސް އޮތީ ވަރަށް ފަހަތުގަ އެވެ. އޭގެ ސަބަބަކީ އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އެވެ. އެކަމަށް ވަގުތީ ހައްލެއް ގެނައުމަށް އެ ރަށުގެ ބަނދަރު ހެދިއިރު ވަނީ، ބަނދަރު ފުންކުރަން ނެގި ވެލިތައް، ކުޑަކުޑަ ރަށުގެ ވަށައިގެންވާ ބީޗަށް އަޅާލައިފަ އެވެ. އޭގެ ސަބަބުން ރަށުގައި މިހާރު މޫދަށް އެރިލާއި، ހިތްހަމަޖައްސާލަން ތިބޭނެ ރީތި ބީޗެއް ވެސް ނެތެވެ. މަޑުމަޑުން އެ ފަސްގަނޑު ވެސް މިހާރު ދަނީ ގިރަމުންނެވެ.
"މިއީ މި ރަށުގައި ހުންނަ ހަމައެކަނި ގެސްޓް ހައުސް އަށް އަންނަ ޓޫރިސްޓުން ވެސް ކުރާ ޝަކުވާ،" ރަކީދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
ވ. ތިނަދޫ އަށް ޓޫރިޒަމް މިނިސްޓްރީން ކުރި ދަތުރުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިހާރު
ރާއްޖޭގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް މީހުން ހޭލުންތެރިކުރުވުމަށް ޓޫރިޒަމް މިނިސްޓްރީން މި އަހަރުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވ. އަތޮޅަށް މި މަހު ކުރި ދަތުރުގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް، ރަކީދޫ އަށް ވަޑައިގެން އެ ރަށު ކައުންސިލާ ބައްދަލުކުރައްވާ ވިދާޅުވީ އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރަކީދޫގެ ގޮނޑުދޮށް ހިމަޔާތްކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތްއިރު، އެ މަސައްކަތް އަލުން ފަށަން އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.
ވ. އަތޮޅުގެ ގެސްޓް ހައުސް ވިޔަފާރީވެރިންނާއި ކައުންސިލްތަކާ އެކު ޓޫރިޒަމް މިނިސްޓްރީން ތިނަދޫގައި ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ހުށަހެޅީ ގެސްޓުންނާއި ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތުމެވެ. އެ އަތޮޅުގެ ހުރިހާ ރަށެއްހެން ވަނީ ރިސޯޓު ހެދުމަށާއި ދަނޑުވެރިކަން ކުރުމަށް ނުވަތަ އެހެން ވެސް ބޭނުމަކަށް ބަޔަކަށް ދީފަ އެވެ.
ވ. ފުލިދޫގެ ބީޗު: ވ. އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށް.-- ފޮޓޯ: މިހާރު
އަސާސީ ބައެއް ހިދުމަތްތައް ލިބުމުގައި ހުރި ދަތިތަކުގެ ޝަކުވާ ވެސް ކުރިއިރު، އެ އަތޮޅުގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އަހަރު ފަށަން އޮތީ ތައްޔާރުވެފަ އެވެ.
އެހާ ގިނަ ޓޫރިސްޓުންނަށް ހިދުމަތްދޭ އަތޮޅަކަށް ވުމުން، ފެނާއި ނަރުދަމާ އާއި ކަރަންޓުގެ އިތުރުން ރަނގަޅު ސިއްހީ ހިދުމަތެއް ލިބޭނެ ގޮތާއި އޭޓީއެމް އާއި ދަތުރުފަތުރާއި އެނޫން ވެސް އަސާސީ ހިދުމަތްތައް ފަސޭހަކޮށް ލިބެން ހުންނަ ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމް ވެސް ގަބޫލުކުރައްވަ އެވެ. އަދި މި ހުރިހާ ހިދުމަތެއް ނެތަސް، ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާ ވަރަކަށް އެ ހުރިހާ ކަމެއް ފަހިވުމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމް ސްޓޭ ޓޫރިޒަމް ފެށުމާ އެކު މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދިގެން ދާނެ ކަމަށް އެއް ބަޔަކު ބުންޏަސް، ވ. އަތޮޅުން މިސާލު ދައްކަވައި، މައުސޫމް އެ ވާހަކަ އަށް ރައްދު ދެއްވި އެވެ.
ވ. ފުލިދޫގެ ގެސްޓް ހައުސްއެއް: ވ. އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ އެއް ރަށް.-- ފޮޓޯ: މިހާރު
"ވ. އަތޮޅު ކަހަލަ ތަންތަނަށް ހޯމް ސްޓޭ އޮޅިފައެއް ނެތް. ކައުންސިލުތައް ވަރަށް ހޭލުންތެރި. ކައުންސިލްތަކުގައި ތިބީ ޓޫރިޒަމްގެ ދާއިރާގައި އުޅެފައި ތަޖުރިބާ ލިބިފައި ތިބި މީހުން. އަޅުގަނޑުމެން ރަސްމީކޮށް ގެސްޓް ހައުސް ވިޔަފާރީ ކުރަމުން އަންނަތާ 10 އަހަރުވެއްޖެ. ނުރަސްމީކޮށް، މި ހިސާބު ރަށްތަކުގައި ޓޫރިޒަމް އެކި ގޮތްގޮތަށް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ،" މައުސޫމް ވިދާޅުވީ އެވެ.
"އެހެންވީމަ އެކަމުގެ ތެރޭގައި އެއްވެސް ނޭދެވޭ އަސަރެއް ހުރި ނަމަ ރައްޔިތުން އެކަން ހުއްޓުވާނެ."
ލޯކަލް ޓޫރިޒަމްގައި އިންތަކާއި ހަމަތައް ކަނޑައަޅަނީ ޓޫރިޒަމް މިނިސްޓްރީ އާއި ކައުންސިލްތަކާއި އަދި ވިޔަފާރީ ހިންގާ ފަރާތްތަކާ އެކު ވެވޭ އެއްބަސްވުންތަކެއް މައްޗަށް ކަމަށާއި އެ އުސޫލުތަކުގެ މައުލޫމާތު ޓޫރިސްޓުނަށް ދިނުމުން އެމީހުން އެއަށް އިހުތިރާމުކުރާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި އެ އުސޫލުތަކަށް މީހަކު ތަބާ ނުވެއްޖެ ހާލަތެއްގައި، އެކަމެއް މޮނީޓާކުރަން އޮންނަ އިދާރާއަކުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި މި އަތޮޅު، މި ބޭފުޅުން ކިޔާ ގޮތުން ނަމަ 'ވާއޯ އެޓޯލް'، ހައިރާންކުރަނިވި ރީތިކަން އޮތް ގުދުރަތީ ގޮތުން މުއްސަނދި އަތޮޅު ހޯމް ސްޓޭއާ އެކު ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ،" މައުސޫމް ވިދާޅުވި އެވެ.
"ހޯމް ސްޓޭ ޓޫރިޒަމް އަޅުގަނޑަށް ފެންނަނީ ރައްޔިތުން މުއްސަނދިކޮށްލާނެ ރަނގަޅު މޮޑެލްއެއްގެ ގޮތުގައި."
ވ. އަތޮޅުގެ ރަށްރަށުގެ ބިން ހިއްކައި ދޭނަން: އިބޫ
12 ރަށެއްގެ މަގުބައްތި ބެލެހެއްޓުން ސްޓެލްކޯ އަށް
"ވ. އަތޮޅުގެ ރައްޔިތުންނަށް އަންބަރާ ދޫކޮށްލާ"
ހުޅިދޫގެ މައްސަލައިން ފެލިދޫ ބަރީއަވެއްޖެ
ޓޫރިސްޓުން އަންނަނީ ބަރަހަނާވެގެން އުޅޭކަށްނޫން:މައުސޫމް
ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށައިފި
ހޯމް ސްޓޭ ފަށަން ދިއްގަރު "މޫރިތި"ގެ ތައްޔާރު
ވ. ތިނަދޫ: އާބާދީ އަށް ވުރެ މިހާރު ޓޫރިސްޓުން ގިނަ
މި ރީތި ރަށްތަކުގައި ޓޫރިޒަމް ނެތީ ކީއްވެ؟
މައުސޫމް: ބޭނުން ވަނީ ހިތްވަރު، ފުރުސަތު ނަގައިނުލާ!