Roadha Mihaaru
މައުސޫމް: ބޭނުން ވަނީ ހިތްވަރު، ފުރުސަތު ނަގައިނުލާ!

މައުސޫމް: ބޭނުން ވަނީ ހިތްވަރު، ފުރުސަތު ނަގައިނުލާ!

01 ޑިސެމްބަރ 2021

ދުނިޔޭގެ އިގްތިސާދަށް އައި ބަދަލުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވެސް ބަދަލުވާން ޖެހޭ ކަމަށް ސަރުކާރަށް ގަބޫލު ކުރެވެ އެވެ. އެހެންވެ، ގޭގޭގައި ޓޫރިސްޓުން ގެންގުޅެވޭ ކޮންސެޕްޓެއް ތައާރަފުކޮށް އަންނަ ޖެނުއަރީ މަހު "ހޯމް ސްޓޭ ޓޫރިޒަމް" ފަށަން ނިންމައި އެކަމުގެ ތައްޔާރީތައް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އާސިމާ ނިޒާރު ލ. ފޮނަދޫން އާސިމާ ނިޒާރު

ދުނިޔޭގެ އިގްތިސާދަށް އައި ބަދަލުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވެސް ބަދަލުވާން ޖެހޭ ކަމަށް ސަރުކާރަށް ގަބޫލު ކުރެވެ އެވެ. އެހެންވެ، ގޭގޭގައި ޓޫރިސްޓުން ގެންގުޅެވޭ ކޮންސެޕްޓެއް ތައާރަފުކޮށް އަންނަ ޖެނުއަރީ މަހު "ހޯމް ސްޓޭ ޓޫރިޒަމް" ފަށަން ނިންމައި އެކަމުގެ ތައްޔާރީތައް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އެއާއެކު، ހޯމް ސްޓޭ ޓޫރިޒަމާ މެދު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ބޮޑު އުއްމީދެއް އެބައޮތެވެ. ހާސިލްކުރަން ބޭނުންވާ ގިނަ ކަންތައްތަކެވެ.

ރާއްޖޭގެ އެންމެ ބޮޑު ސަރަހައްދު، ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް މިދިޔަ އަންގާރަ ދުވަހުން ހޮނިހިރު ދުވަހާ ހަމައަށް، އޭނާ އިސްވެ ހުންނަވައި ޓޫރިޒަމް މިނިސްޓްރީންގެ ބޭފުޅުން ވަނީ އެ އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށަކަށް ޒިޔާރަތްކުރައްވައިފަ އެވެ.

އެ ބައްދަލުވުންތަކުގައި މިނިސްޓަރު ވަނީ ހުރިހާ ރަށެއްގެ ކައުންސިލަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ހުރިހާ ބައްދަލުވުމެއްގައި ވެސް ޑރ. މައުސޫމް ވިދާޅުވީ ހޯމް ސްޓޭ އަކީ އަމިއްލަ ރަށުގައި، އާއިލާއެކު ތިބެގެން އާމްދަނީ ހޯދަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

ރަށެއްގައި ޓޫރިޒަމް ދާއިރާއާ ގުޅޭ މަސައްކަތްތައް ކުރާ ބަޔަކާއެކު ޓޫރިޒަމް މިނިސްޓްރީގެ ޓީމުން މަޝްވަރާކުރަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރަށެއްގައި ޓޫރިޒަމް ދާއިރާއާ ގުޅޭ މަސައްކަތްތައް ކުރާ ބަޔަކާއެކު ޓޫރިޒަމް މިނިސްޓްރީގެ ޓީމުން މަޝްވަރާކުރަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ނަމަވެސް އެކަން ކާމިޔާބުކުރުމުގެ "ބޯޅަ" އޮތީ ކައުންސިލްތަކުގެ އަތްމަތީގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިކަމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް މުހިއްމު. ބޭނުންވަނީ ފަތުރުވެރިކަމުގައި އަންހެނުން ވެރިންނަށް ހެދުން،" ލ. އަތޮޅުގެ ވެރި ރަށް، ފޮނަދޫ ކައުންސިލާ އެކު އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުންތަކުގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ އެކު ވަކިން ބައްދަލުކޮށް، ހޯމް ސްޓޭ ޓޫރިޒަމްގައި އަންހެނުންގެ ދައުރު އަދާކުރެވޭނެ ގޮތްތައް މިނިސްޓްރީން ކިޔައިދީފައިވެ އެވެ. އަދި އާމްދަނީ ހޯދޭނެ ގޮތްތައް ވެސް ކިޔައިދިނެވެ.

ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓުގެ މުވައްޒަފުންނާ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިދިޔަ ހުކުރު ދުވަހު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓުގެ މުވައްޒަފުންނާ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިދިޔަ ހުކުރު ދުވަހު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ވަނީ އެހީތެރިކަމާ އެކު ޓޫރިޒަމް ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެ އަތޮޅު މާމެންދު ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި ޓޫރިޒަމާ ގުޅުންހުރި އެކި މަސައްކަތްތައްކުރާ ފަރާތްތަކާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުގައި އާއިލާއާ ދުރުގައި ގިނަ ޒުވާނުން ދިރިއުޅެމުންދާ ކަމަށެވެ. ބޭނުންވަނީ ރަށުގައި ޓޫރިޒަމް ފަށައި، އެ ޒުވާނުން އާއިލާތައް ކައިރިއަށް ބަދަލުވެ އާމްދަނީ ހޯދޭނެ ގޮތް ހޯދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ތަނެއްގައި ވެސް ވެރިއަކަށް ވާނީ ދިވެހިން. އަޅުގަނޑުމެން ބޭނުންވަނީ މި ހުރިހާ ކަމެއްގައި ވެސް އެންމެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވާން، ބައިވެރިވާން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ރަނގަޅު ގޮތެއްގައި ހިންގުމަށް އެ ތަނަކަށް ފަސޭހައިން ދެވޭނެ ގޮތް މުހިއްމު ކަމަށާއި ލ. އަތޮޅަށް ވައިގެ މަގުން ދަތުރުކުރުމުގައި ދަތިތައް ދިމާވާ ކަމަށް އިސްދޫ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ޑރ. މައުސޫމް ފާހަގަކުރެއްވި އެވެ.

ދަނބިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ބައްދަލުކުރަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ދަނބިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ބައްދަލުކުރަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

"އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މިހާރު ގަމުގައި އޮތް އެއާޕޯޓު އިތުރަށް ފުރިހަމަކުރުން ވާނެ ވަރަށް ބޮޑު ކުރިއެރުމަކަށް. އެ އެއާޕޯޓު ތަރައްގީކުރެވެންދެން ޖެހޭނީ މިހާރު ހުރި ވަސީލަތްތައް ބޭނުންކުރުން. އެކަމަކު ތަނެއް ވަރަށް މޮޅު ވެއްޖިއްޔާ އެތައް ކަނޑެއް ހުރަސްކޮށްފައި ވެސް މީހުން އަންނާނެ،" އިސްދޫ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓްހައުސް ހިންގާނަމަ އެންމެ މަދުވެގެން މީހުން ދިރިއުޅޭ ތަނާ ވަކިން ހުންނަ ތިން ކޮޓަރިއާ ރެސްޓޯރެންޓަކާއި ރިސެޕްޝަނެއް ހުންނަން ޖެހެ އެވެ. ނަމަވެސް ހޯމް ސްޓޭގައި އެ ހުރިހާ ކަމެއް ހުންނާކަށް ނުޖެހެ އެވެ. ކެއިންބުއިންގެ ކަންކަން ހަމަޖައްސައި ރިސެޕްޝަންގެ މަސައްކަތްތައް ކުރަން ޖެހޭނީ ރަށު ކައުންސިލުންނެވެ.

މިނިސްޓަރު ވިދާޅުވީ އިސްދޫ އިން އެންމެ ބޮޑަށް އަޅައިގެން ކަމަކީ ވެސް އެ ރަށުގެ މުއްސަނދިކަމެވެ. އެއަށްފަހު ޓޫރިޒަމަށް އެންމެ މުހިއްމު ކަމަކަށް ވާނީ މެހެމާންދަރީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަގާފަތާއި ތަރިކައާ ގުދުރަތީގޮތުން އެ ހެރި ކަންތައްތަކާ. ވަރަށް ބޮޑެތި ފައިދާކުރާނެ. މި ރަށް މި އޮތީ އެހެން ބަލާއިރު ލޯކަލް ޓޫރިޒަމަށް ދޮންވެ ފައްކާވެފައި. ބޭނުން ވަނީ ހިތްވަރު." މިނިސްޓަރު ވިދާޅުވި އެވެ.