14 ފެބުރުއަރީ 2023
ލ. އަތޮޅު ބޮޑުފިނޮޅު ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ ބަދަލެއް ދީގެން ވެސް އެ ރަށް މިހާރު ސަރުކާރުން އަތުލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅު ބޮޑުފިނޮޅު ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ ބަދަލެއް ދީގެން ވެސް އެ ރަށް މިހާރު ސަރުކާރުން އަތުލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ޔުނިވާސިޓީއެއް ނުވަތަ ކޮލެޖެއް ގޮތުގައި ބޮޑުފިނޮޅު ތަރައްގީ ކުރުމަށް ޕްރިމިއާ އެކްޓިވިޓީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާތާ 15 އަހަރެއްހާ ދުވަސްވެފައިވާ އިރު އަދިވެސް މަޝްރޫއު ކުރިއަކަށް ނުގެންދެ އެވެ.
އެކަމާ ގުޅޭ ގޮތުން ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިޝާމް (ސަމްޕަތު) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، ޕްރިމިއާ އެކްޓިވިޓީ ޕްރައިވެޓް ލިމިޓެޑަށް ބޮޑުފިނޮޅު ތަރައްގީ ކުރެވޭނެ ކަމަށް ލ. އަތޮޅުގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުން އަދި އެ އަތޮޅު ކައުންސިލުން ވެސް ގަބޫލު ނުކުރާ ކަމަށެވެ.
އެ ބިންތަކުގެ "ވޭކަންޓް ޕޮޒިޝަން" ނުލިބުނު ކަމަށް ބުނެ ތަރައްގީ ނުކުރެވޭ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކޯޓުން ބޭރުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
އެކަމަކު، ޕްރިމިއާ އެކްޓިވިޓީ ކުންފުނިން ބަދަލުގެ ގޮތުގައި ހުށަހަޅާ ހުށަހެޅުމާއި ސަރުކާރުގެ ހުށަހެޅުމާ މެދު ދެ ފަރާތުން އެއްބަސްނުވެވޭތީ ކޯޓުން ބޭރުން އެ މައްސަލަ ކާމިޔާބު ކުރެވުމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި ތާށިވެފައި މި އޮތީ. ކުރިއަށް ނުކަނޑާ މިހާރަކު،" މައުސޫމް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި ތާށިވެފައި މި އޮތީ. ކުރިޔަށް ނުކަނޑާ މިހާރަކު،"--- މައުސޫމް
އޭނާ ވިދާޅުވި ގޮތުގައި ދެން އޮތީ ބޮޑުފިނޮޅު އަތުލަންވީތޯ އުފެދޭ ސުވާލެވެ. ޕްރިމިއާ އެކްޓިވިޓީ ކުންފުންޏަށް 2.7 މިލިއަން ޑޮލަރުގެ ބަދަލެއް ދޭ ގޮތަށް އަތުލުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް މައުސޫމް ވިދާޅުވި އެވެ.
"ވަކި ކޮށްލެވިދާނެ. ކުރިން ވެސް ސިޔާސީ ބޭނުމަށް ވަކި ކޮށްފައި އެބަހުރި. އަޅުގަނޑުމެން ރާއްޖޭގެ ބޮޑު އިންޑަސްޓްރީއެއްގެ ބައެއް ވަކި ކުރަން ޖެހެންޏާ ހުރިހާ ކަމެއް ކުރަން ޖެހޭނެ. އެކަމަކު ވަކި ކުރަން ޖެހިއްޖިއްޔާ ވަކި ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ދެ ރަށް ނުހެދޭ. އެހެންވެ މި އޮތީ ދޭން ޖެހޭ ބަދަލެއް ދިނުމަށް ފަހު ވެސް ވަކި ކުރަން ޖެހޭ ހިސާބަށް ގޮސްފައި."
އެފަދަ މައްސަލަތަކުގައި ސަރުކާރަށް ވެސް ބަދަލެއް ހޯދަން ކުރިމަގުގައި މަސައްކަތް ކުރައްވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.
އޭގެ ސަބަބަކީ އެއާޕޯޓުތައް ހަދަމުން އަންނަ އިރު ރިސޯޓުތައް ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހުމާއި އެކަން ނުވާތީ އިގްތިސާދީ ހަރަކާތްތައް ނުހިނގާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދައުލަތަށް ލިބެން ޖެހޭ ޓެކްސް އާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"މިއީ ވެސް އަޅުގަނޑުމެން ވިސްނާފައި ލިކުއިޑޭޓް ޑެމެޖާސްގެ ބައެއް. މިހާރު އެ ކޮންޓްރެކްޓަރުން އެ ބައި ހިމަނަން މުހިންމު ކަމެއް،" މައުސޫމް ވިދާޅުވި އެވެ.
ބޮޑުފިނޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު ޕްރެމިއާ އެކްޓިވިޓީ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 25 އަހަރުގެ މުއްދަތަކަށެވެ. އެ ރަށުގެ 4.6 ހެކްޓަރު ބިން ތަރައްގީ ކުރަން އޮތީ ހަމަޖެހިފަ އެވެ.
ލ. ބޮޑުފިނޮޅު މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކޮށްފި
ރިސޯޓު ކުލި ކުޑަކުރިޔަސް ފައިދާ ބޮޑުވާނެ: މައުސޫމް
ބޮޑުފިނޮޅު ސަރުކާރަށް ނަގަންޖެހޭ: މިނިސްޓަރު
އަލިފުށީގެ ފަޅުގައި ރިސޯޓެއް ހަދަން އިއުލާނުކުރަނީ
ލޯކަލް ޓޫރިޒަމް ކުރިއަރުވަން ލާމުގައި ބޮޑު ޕްރޮޖެކްޓެއް
ވެކްސިނާ އެކު ޓޫރިޒަމަށް ކުރިއެރުން އަންނާނެ: މައުސޫމް
ފޮއްތެޔޮ ވިއްކުން ދޮގެއްނުކުރި، "ނުއަގަކު ނުވިއްކާނެ"
ރިސޯޓުގެ މުހިއްމު ތަންތަން ހިންގަނީ "ކާޓެލް" ގޮތަށް
ރާއްޖެ ދެކެ ފޫއްސެއް ނުވާނެ، 50 ފަހަރު ވެސް އާދޭ
"ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ އިތުރުވާނެ"