31 ޑިސެމްބަރ 2021
މީގެ ހަތަރު އަހަރު ކުރިން މި ރަށުގެ "މޫރިތި"ގެ ޒަމާނީ ފެންވަރަށް ހެދިޔަސް ހުންނަނީ ހުސްކޮށެވެ. ދޭތެރެއަކުން އެކި ރަށްތަކުން މީހުން އައިސް މި ގޭގައި މަޑުކޮށްލަ އެވެ. ގޭގެ ވެރިފަރާތް، މުހައްމަދު އަހްމަދުގެ ހުވަފެނަކަށް ވީ ދިވެހިންނެކޭ އެއްގޮތަށް މި ރަށަށް އަންނަ ޓޫރިސްޓުންނަށް ވެސް އޭނާގެ ގެއިން މަރުހަބާ ކިއުމެވެ. ގޭގެ ފަޅުކަން ފިލައި އާމްދަނީއެއް ވެސް ލިބޭނެތީ އެވެ. އެކަމަކު އެކަން ކުރަން އޮތް ހުރަހަކަށް ވީ ގެސްޓް ހައުސް ސިޔާސަތަށް މި ގެ އޭރު ނުފެތުމެވެ.
މީގެ ހަތަރު އަހަރު ކުރިން މި ރަށުގެ "މޫރިތި"ގެ ޒަމާނީ ފެންވަރަށް ހެދިޔަސް ހުންނަނީ ހުސްކޮށެވެ. ދޭތެރެއަކުން އެކި ރަށްތަކުން މީހުން އައިސް މި ގޭގައި މަޑުކޮށްލަ އެވެ. ގޭގެ ވެރިފަރާތް، މުހައްމަދު އަހްމަދުގެ ހުވަފެނަކަށް ވީ ދިވެހިންނެކޭ އެއްގޮތަށް މި ރަށަށް އަންނަ ޓޫރިސްޓުންނަށް ވެސް އޭނާގެ ގެއިން މަރުހަބާ ކިއުމެވެ. ގޭގެ ފަޅުކަން ފިލައި އާމްދަނީއެއް ވެސް ލިބޭނެތީ އެވެ. އެކަމަކު އެކަން ކުރަން އޮތް ހުރަހަކަށް ވީ ގެސްޓް ހައުސް ސިޔާސަތަށް މި ގެ އޭރު ނުފެތުމެވެ.
ޓޫރިޒަމްގެ އާ ޕްރޮޑަކްޓް، ހޯމް ސްޓޭއިން މުހައްމަދުގެ ހުވަފެން މާދަމާ ހަގީގަތަކަށް ވާނެ އެވެ. އެއާއެކު ބޮޑު ޝަރަފެއް ވެސް ލިބުނީ އެވެ. ރާއްޖޭގައި މުޅިން އަލަށް "ހޯމް ސްޓޭ ޓޫރިޒަމް" ފަށާނީ އޭނާގެ މޫރިތި ގެއިންނެވެ.
މަސްވެރިކަމުން ލިބުނު ފައިސާ އެއްކޮށްގެން ހެދި އެ ގެއަށް އެންމެ ފުރަތަމަ އަންނަން ހަމަޖައްސާފައިވަނީ ބޭރުގެ ދެމަފިރިއެކެވެ. އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތްރިން ހެސްވެލް ވެސް ހޯމް ސްޓޭގެ ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރާއްޖޭގައި ހޯމް ސްޓޭ ފަށާ ފުރަތަމަ ގޭ، ދިއްގަރު މޫރިތި ގޭގެ ކޮޓަރިއެއް: މި ގޭގައި ތިން ކޮޓަރި އެބަހުރި.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު
"މިއީ ވަރަށް ދެކެން ބޭނުންވެފައި ހުރި ދުވަހެއް. ވަކި ހޯމް ސްޓޭ ވެގެން ނޫން، ޓޫރިޒަމް މި ތަނަށް ތައާރަފްވެގެންދާތީވެ ވަރަށް އުފާވޭ. މާދަމާ ހޯމް ސްޓޭ ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައި މި ހުރީ. މިހާރު މި ދަނީ ގޭގައި ވައިފައި ލުމާއި ބޭރުތެރޭގައި ކުރަންޖެހޭ ކަންކަން ކުރަމުން،" މުހައްމަދު، 45، ބުންޏެވެ.
މި ގޭގައި ހުރިހާ ފަރުނީޗަރާ އެކު ތިން ކޮޓަރިއާ ހަތަރު ފާހަނާ އާއި ބަދިގެއަކާއި ސިޓިން ރޫމެއް އެބަހުއްޓެވެ. މުހައްމަދު އޭނާގެ ތިން ދަރިންނާ އެކު ދިރިއުޅެމުން އަންނަނީ އަންހެނުންގެ ގޭގަ އެވެ. އެހެންކަމުން އެއްފަހަރާ ތިން ކޮޓަރި މޫރިތިގެއިން ޓޫރިސްޓުންނަށް ދޫކޮށްލެވޭނެ އެވެ.
މުހައްމަދު ބުނީ ހޯމް ސްޓޭ ފަށާ ފުރަތަމަ ގެއެއްގެ ގޮތުގައި މި ގެ ރަޖިސްޓްރީ ކުރީ ވެސް މިކަން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ. އެކަމުގައި އިސް ދައުރެއް އަދާކުރާނީ، ރިސޯޓުގައި މަސައްކަތްކުރާ ދޮއްޓަށް ހުރި ފިރިހެން ދަރިފުޅެވެ.
ރާއްޖޭގައި ހޯމް ސްޓޭ ފަށާ ފުރަތަމަ ގޭ، ދިއްގަރު މޫރިތި ގޭގެ ގޯތިތެރެ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު
"ހޯމް ސްޓޭއަށް ފެތޭ ވަރަށް މިހާރު މި ގޭ މިހުރީ ތައްޔާރުކުރެވިފައި. ހޯމް ސްޓޭ ފެށިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން ބޮޑު،" އޭނާ ބުންޏެވެ.
- އެއް ކޮޓަރިން ފެށިގެން ފަސް ކޮޓަރިއާ ހަމައަށް ޓޫރިސްޓުން ބޭތިއްބުމަށް ވަކިވަކި ކޮޓަރި ހާއްސަކޮށްފައި ހުންނަން ޖެހޭ. [ކޮޓަރި އާއި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހޭ]
- ޓޫރިސްޓުންނަށް ހާއްސަކޮށްފައިވާ ކޮޓަރިއެއްގައި ނިދަން ދެ އެނދު ހުންނަން ޖެހޭ
- ގެސްޓްހައުސްގައި ހުންނަ ޓޫރިސްޓަކަށް އެތަނެއްގެ ވެރިއަކަށް ގުޅުމުގެ އިންތިޒާމު ހަމަޖެއްސުން
ދިއްގަރު ކައުންސިލްގެ ރައީސްގެ އަހުމަދު ނިޝާން ވިދާޅުވީ މި ރަށުގައި ގެސްޓްހައުސް ހަދައި ޓޫރިޒަމް ފެށުމަށް ފަސް އަހަރު ކުރިން ވެސް ޒުވާނުންތަކެއް މަސައްކަތްކުރި ކަމަށެވެ. އެކަމަކު، ރަށުގެ ބިން ފުރިފައި އޮތުން ފަދަ ކަންތައްތަކުން އޭރު އެކަން ކާމިޔާބެއް ނުވި އެވެ.
ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށާ ފުރަތަމަ ގޭ، ދިއްގަރު މޫރިތި ގޭގެ ވެރިފަރާތް، މުހައްމަދު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަމާނީ އަބްދުﷲ މިހާރު/ މިހާރު
އާބާދީގައި 1،435 މީހުން ރަޖިސްޓްރީވެފައިވާ ދިއްގަރުގެ 70 ޕަސެންޓް ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓުގަ އެވެ.
"އުއްމީދުކުރަނީ މި ފެށުން، ރަނގަޅު ފެށުމެއްގެ ގޮތުގައި ދާނެ ކަމަށް އަދި ނަމޫނާއެއްގެ ގޮތުގައި ދިއްގަރުން ފެށިގެންދާނެ ކަމަށް. މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް،"
ނިޝާން ވިދާޅުވީ ޓޫރިޒަމް ފެށުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިން ކުޑަވުން ކަމަށެވެ.
"ހޯމް ސްޓޭ ތައާރަފްވެގެން އައީމަ މި ފަދަ ރަށްރަށުގައި ވެސް ކޮޓަރިތައް ޓޫރިޒަމަށް ހާއްސަކުރެވޭ. އެ ފުރުސަތު ލިބިގެން ދިއުމާއެކު މި ދެންނެވި ފަރާތްތަކުން ވެސް ވަރަށް އުފަލުން ތިއްބެވީ. ކުރިއަށް އޮތް ތަނުގައި ގިނަ ފަރާތްތަކެއް މި ކަމުގައި ޝާމިލްވެ، މި ރަށަކީ ޓޫރިޒަމްގައި ކުރިއަރައި އަދި ރަށުގެ ރައްޔިތުންނަށް އާމްދަނީ އިތުރުވެގެންދާ ރަށެއްގެ ގޮތުގައި ވާން،" އޭނާ ވިދާޅުވި އެވެ.
ގޮންޖެހުންތައް ހުރި ނަމަވެސް މިކަން ދެމެހެއްޓެނިވި ގޮތެއްގައި ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނިޝާން ވިދާޅުވި އެވެ.
ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް މޫރިތި ގޭ ތައްޔާރުވަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު
"ވަރަށް ގިނަ ޒުވާނުން ބޭނުންވޭ ރަށުގައި، އާއިލާ ކައިރީގައި އެ ހިދުމަތް ދެވޭނެ ފުރުސަތު ފަހިވެގެން ދިއުން. މި ފުރުސަތާއެކީ އެ ބޭފުޅުންނަށް އެކަން ފަހިވެގެން ދިޔައީމަ އުއްމީދުކުރަން ފެށިގެން ދާނީ ވަރަށް ފުރިހަމައަށް އަދި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ގެސްޓްހައުސް ހިންގަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދެނީ ހަތަރު ކޮޓަރިއަށްވުރެ ގިނަ ކޮޓަރިއާ އެކު ރެސްޓޯރެންޓެއް ހުންނަ ނަމަ އެވެ. ނަމަވެސް ހޯމް ސްޓޭ ހިންގަން ފަސް އަހަރަށް ހުއްދަދޭއިރު އެ ކަމަކަށް ނުބަލަ އެވެ. ޓޫރިސްޓުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އެ ރަށެއްގެ ކައުންސިލުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވަނީ ދިއްގަރު ކައުންސިލްގެ މި ދައުރު ނިމުމުގެ ކުރިން ރަށުން 200 އެނދު ނެރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިކަމުގެ ފެށުމަށް މޫރިތިގެ މާދަމާ ޓޫރިސްޓުންނަށް ހުޅުވާލާނެ އެވެ.
ޓޫރިސްޓުން އަންނަނީ ބަރަހަނާވެގެން އުޅޭކަށްނޫން:މައުސޫމް
ހޯމް ސްޓޭގެ ސަބަބުން ގެއްލުމެއް ނެތް: ގޭމް
ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށައިފި
ހޯމް ސްޓޭއާ އެކު ވާވުގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް
މި ރީތި ރަށްތަކުގައި ޓޫރިޒަމް ނެތީ ކީއްވެ؟
މައުސޫމް: ބޭނުން ވަނީ ހިތްވަރު، ފުރުސަތު ނަގައިނުލާ!
ހޯމް ސްޓޭގެ ފުރަތަމަ ބްރޭންޑަކީ "ރިހާކުރު އައިލެންޑް"
"ވ. އަތޮޅުގެ ރައްޔިތުންނަށް އަންބަރާ ދޫކޮށްލާ"
ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް އައްޑޫގައި ބާއްވަނީ
ރަސްދޫ މަރު: ކުންފުނީގެ ލައިސެންސް އޮތީ ހަމަވެފައި!