07 އޯގަސްޓް 2016
އިނގިރޭސި ވިލާތުގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނާ ގޮތުގައި، ބޮޑެތި މީހުންނަށް ކޮންމެ ހަފުތާއަކު 2:30 މިނެޓްގެ އާދައިގެ ކަސްރަތަކުން ފުދެ އެވެ. ބާރަށް ހިނގުން ވެސް ބަލަނީ އާދައިގެ ކަސްރަތެއްގެ ގޮތުގަ އެވެ. ނަމަވެސް ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ކަސްރަތު ކުރި ނަމަވެސް ކެއުން ބަހައްޓާ ގޮތަކުން ހުރިހާ ކަމެއް ބޭކާރުވެގެން ދަނީ ވަރަށް ގިނައިންނެވެ.
އިނގިރޭސި ވިލާތުގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނާ ގޮތުގައި، ބޮޑެތި މީހުންނަށް ކޮންމެ ހަފުތާއަކު 2:30 މިނެޓްގެ އާދައިގެ ކަސްރަތަކުން ފުދެ އެވެ. ބާރަށް ހިނގުން ވެސް ބަލަނީ އާދައިގެ ކަސްރަތެއްގެ ގޮތުގަ އެވެ. ނަމަވެސް ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ކަސްރަތު ކުރި ނަމަވެސް ކެއުން ބަހައްޓާ ގޮތަކުން ހުރިހާ ކަމެއް ބޭކާރުވެގެން ދަނީ ވަރަށް ގިނައިންނެވެ.
ކަސްރަތު ކުރާއިރު ކާންވީ ކިހާ ވަރަކަށް ކަމާއި ކާން އެންމެ ރަނގަޅީ ކޮން ވަގުތެއްގައިކަން އެނގިފައި އޮތުން މުހިންމެވެ.
ކެއުމުގެ ވާހަކަ ދައްކާއިރު ދެން އަންނަނީ ކާންވީ ކިހާ ކެލަރީއެއްގެ އެއްޗެހިތޯ އެވެ. ކެލަރީސްގެ މިންވަރު ބިނާވަނީ މީހުންގެ ޖިންސާއި އުމުރާއި އިސްކޮޅާއި ހަރަކާތްތެރިކަމުގެ މައްޗަށެވެ. މާނަ އަކީ އެކި މީހުންނަށް އެކި މިންވަރަށް ބޭނުންވުމެވެ.
ނަމަވެސް އިނގިރޭސި ވިލާތުގެ ނެޝަނަލް އިންސްޓްޓިއުޓްސް އޮފް ހެލްތު އިން ލަފާ ދެނީ ކަސްރަތުކުރާ މީހަކު ނަމަ އެ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ ކެލަރީސްގެ 45-65 ޕަސެންޓް ކާބޯހައިޑްރޭޓްސް އިން، 25-35 ޕަސެންޓް ފެޓުން އަދި 10-35 ޕްރޮޓީންސް އިން ލިބިދޭ ގޮތަށް ކެއުން ބައްޓަން ކުރުމަށެވެ. ކަސްރަތު ނުކުރި ކަމުގައި ވިޔަސް މި މިންގަނޑަށް ބޮޑު ބަދަލެއް ނުގެނައުމަށް ވެސް ލަފާ ދީފައިވެ އެވެ.
"ދުވާލަކު 30، 40 ނުވަތަ 50 މިނެޓް ކަސްރަތުކުރާ މީހުން ކޮންމެހެން ނުޖެހޭ އިތުރު ކާބޯހައިޑްރޭޓްސް އާއި ސްޕޯޓްސް ޑްރިންކްތައް ބޭނުންކުރާކަށް. އިތުރަށް އެއްވެސް އެއްޗެއް ބޭނުމެއް ނުވާނެ. މިއީ މީހުން ވަރަށް ބޮޑަށް އޮޅުވާލާފައި އޮންނަ ކަމެއް،" މާޔޯ ކްލިނިކްގެ ތަޖުރިބާކާރެއް ކަމަށްވާ މައިކަލް ޖޮއިނާ، ލައިވް ސައިންސް އަށް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ކެލަރީ އިތުރަށް ބޭނުންވާނީ 500 ކެލަރީސް އަށް ވުރެ އިތުރަށް އަންދާ މީހުންނަށް ކަމަށެވެ. މި މިންވަރަށް ކެލަރީސް އެންދުމަކީ އާދައިގެ މީހަކަށް ވާނެ ކަމެއް ނޫނެވެ. އެއީ ބަރުދަނުގައި 69 ކިލޯ ހުންނަ މީހަކު ނުހުއްޓި މަދުވެގެން އެއް ގަޑިއިރު ދުވުމުން ކެލަރީ އަނދާނެ މިންވަރެވެ.
ކަސްރަތު ކުރުމުން އިތުރަށް ކެލަރީސް ބޭނުންވާނެ ކަމަށް ގަބޫލުކޮށް އިތުރަށް ކެއުމުގެ ނަތީޖާއަކަށް ވަނީ ބަރުދަން އިތުރުވުމެވެ.
ދެން އޮތީ ކާންޖެހޭ ވަގުތުގެ ވާހަކަ އެވެ. ކަސްރަތުކުރަން ދިއުމުގެ ކުރިން ނުވަތަ ޖިމަށް ދިއުމުގެ ކުރިން ކެއުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެކަމަކު ކާންވީ ވަރަށް ވުރެ ގިނައިން ކައިގެން ނުވާނެ އެވެ. މެޑިކަލް ޑެއިލީގައި ދީފައިވާ ލަފަޔަކީ ކަސްރަތަށް ފެށުމުގެ 30-60 މިނެޓް ކުރިން، ސިއްހަތަށް ފައިދާހުރި، ބެލެންސް ޑައެޓެއް ނެގުމެވެ.
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
ހެނދުނު ކުރާ ކަސްރަތުގެ ފައިދާ ބޮޑު
މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟
ކެއުމުގެ ނުރަނގަޅު އާދަ ޓިކްޓޮކުން ޕްރޮމޯޓްކުރޭ
ދާހިއްލުމުން ވެސް ފައިދާތަކެއް
ކޮންމެ ދުވަހަކު އިރުކޮޅަކު ބާރަށް ހިނގާލަންޖެހޭ
ގިނަ ވަގުތު ކަސްރަތުކުރުމުގެ ބަދަލުގައި އެހެން ގޮތެއް
ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު
މާބަނޑު ދުވަސްވަރު ކަސްރަތުކުރުމުގައި ވިސްނާލަން
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް