15 އޯގަސްޓް 2018
މާލެ އާއި ހުޅުމާލެ ދެމެދު ބްރިޖްގައި ކުރާ ބަސް ދަތުރުތަކަށް ނަގާ އަގުތައް އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
މާލެ އާއި ހުޅުމާލެ ދެމެދު ބްރިޖްގައި ކުރާ ބަސް ދަތުރުތަކަށް ނަގާ އަގުތައް އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، ބްރިޖް ބަހުގެ އަގުތައް އެމްޓީސީސީ ޕްރީމިއަމް ފެރީއަށް ވުރެ އަގުބޮޑު ނުވާނެ ކަމަށެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ، އެމްޓީސީސީގެ ޕްރިމިއަމް ފެރީގެ ޓިކެޓް ވިއްކަނީ ކޮޅަކަށް 10ރ. އަށެވެ. އަދި އާދައިގެ ފެރީގެ ޓިކެޓެއް ވިއްކަނީ 5.50ރ އަށެވެ.
"އަޅުގަނޑުމެން އަގުތައް ކަނޑައަޅާނީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް. މިހާރު ވެސް އެމްޓީސީސީން ދެމުން އަންނަ ފެރީ ހިދުމަތުގެ އަގުތަކަށް ވުރެ ބޮޑެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވި ގޮތުގައި، 22 ބަސް ބޭނުންކޮށްގެން ހިދުމަތް ފަށާއިރު، ޕަސިންޖަރުން ބޭނުންކުރަން ހާއްސަ އިލެކްޓްރޯނިކް ކާޑެއް ތައާރަފްކުރާނެ އެވެ. އެ ކާޑަށް ފައިސާ ޖަމާކުރުމަށާއި ބަސްތަކުގެ ޝެޑިއުލާއި ދަތުރުކުރާ ގޮތް ވަގުތުން ބެލޭނެ މޮބައިލް އެޕްލިކޭޝަނެއް ވެސް ތައްޔާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަސް ކާޑަށް ބޭނުން ބޭނުން ވަރަަކަށް ރީޗާޖް ކުރެވޭނެ. އަދި ޗާޖު ކުރާނީ ކޮންމެ ދަތުރަކަށް ވަކިން. އެ ކާޑު ވެސް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައި. ބަހަށް އަރައި ކާޑު ޖައްސާލުމުން ފައިސާ ދެއްކޭނެ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަހުގެ ހިދުމަތް ދޭނެ ވަގުތު ކަނޑައަޅާނީ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދަށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން، އެންމެ ބާރު ބޮޑުވާ ގަޑިތަކުގައި ބަސް ފުރެންދެން މީހުން އެރުމުން ނައްޓާލާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
"ޕީކް ނޫން ގަޑިތަކުގައި ވެސް އަޅުގަނޑުމެން މި ބަލަނީ މަދުވެގެން ކޮންމެ 15 މިނިޓަކުން ދަތުރެއް ކުރާނެ ކަމަށް. ކޮންމެ ގޮތެއް ވިޔަސް ސިޓީ ޗެކިން އޮންނައިރު އެއާޕޯޓަށް ޝަޓްލް ބަސް ދަތުރުކުރާނެ. އެކަމަކު މާލެ-ހުޅުމާލެ ބަހުގެ ވަގުތުތައް މުޅިން ފައިނަލް ވާނީ ދަތުރުކުރާ ފަސިންޖަރުންގެ އަދަދަށް ބެލުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ބްރިޖް ބަސް ހިދުމަތް ތައާރަފް ކުރި ނަމަވެސް އެމްޓީސީސީން ދެމުން އަންނަ ފެރީ އާއި އެއާޕޯޓުގެ ބަހުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި ބަހުގެ ހިދުމަތް އެ ކުންފުނިން ދޭނީ އެމްއޭސީއެލް އާއި އެޗްޑީސީ، އެމްޓީސީސީ އަދި އައިލެންޑް އޭވިއޭޝަނާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލުން ވަނީ ބްރިޖްގެ ދަތުރުތަކަށް 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފަ އެވެ. އެ ކުންފުނިން ބަހުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ.
އެމްޕީއެލުން ވަނީ ބްރިޖްގެ ބަހުގެ ހިދުމަތަށް ނުވަ ބަސް ގެނެސްފަ އެވެ. އަދި މި މަހުގެ ތެރޭގައި އިތުރު ހަ ބަސް ގެންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބަސް ދަތުރަކަށް ކުރިން ނަގަން ނިންމީ ހަތް ރުފިޔާ
ޓެކްސީގެ ހިދުމަތް، ޒަމާނީ ބަދަލަކަށް ބޭނުންވެފައި
ބްރިޖް ބަސް ދަތުރު: "މިއީ މުޅިން ތަފާތު އިހުސާސެއް"
އެމްޕީއެލް އިން ބަސްދަތުރުތަކަށް ޑްރައިވަރުން ހޯދަނީ
ބްރިޖާ އެކު ބަހުގެ ހިދުމަތް ދޭން ނުވަ ބަސް ގެންނަނީ
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ބްރިޖްގެ އެއް ފަޅި ބަންދުކުރަނީ
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް
ހުޅުމާލެ ލިންކް ރޯޑު ދިއްލަނީ
ބްރިޖުގައި ދުއްވާ ފުރަތަމަ ޑަބަލްޑެކާ ބަސް ގެނެސްފި