29 ޖުލައި 2018
އަންނަ މަހު ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސް ދަތުރުގެ ހިދުމަތް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 45 ޑްރައިވަރުން ހޯދަން ފަށައިފި އެވެ.
އަންނަ މަހު ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސް ދަތުރުގެ ހިދުމަތް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 45 ޑްރައިވަރުން ހޯދަން ފަށައިފި އެވެ.
ބްރިޖްގެ ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަސް ޑްރައިވަރުންގެ އިތުރުން އެ ހިދުމަތަށް ބޭނުންވާ އެހެން މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"މި ވަޒީފާއަށް ކުރިމަތިލެވޭނެ ކާރު އަދި ވޭން ދުއްވުމުގެ ލައިސަންސް އޮންނަ މީހުންނަށް. އޭގެ ތެރެއިން ވަޒީފާއަށް ހޮވޭ މީހުންނަށް ބަސް ދުއްވުމުގެ ލައިސަންސް ހޯދައިދޭން ޓްރެއިނިން ދޭނަން. މިގޮތަށް ހަމަޖެއްސީ ރާއްޖޭގައި ބަސް ދުއްވުމުގެ ލައިސަންސް މާގިނަ ބައެއްގެ އަތުގައި ނޯންނާނެތީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ބްރިޖްގެ ދަތުރުފަތުރުގެ ހިދުމަތަށް މާލެ އާއި ހުޅުމާލޭގައި ވެސް ބަސް ޓާމިނަލް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ. މާލޭގެ ބަސް ޓާމިނަލް ހަދަނީ އިންޑަސްޓްރިއަލް ވިލެޖްގަ އެވެ.
އެ ކުންފުނިން ކުރިން ބުނެފައި ވަނީ ބްރިޖާ އެކު ބަސް ދަތުރުގެ ހިދުމަތް ދޭން ފުރަތަމަ ޝިޕްމަންޓްގައި ނުވަ ބަސް މިމަހު ގެންނާނެ ކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް ރާއްޖެ ގެނެވޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އޭގެ އިތުރުން ހަ ބަސް ސެޕްޓެމްބަރު މަހު ގެންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ބަސް ދަތުރަކަށް ކުރިން ނަގަން ނިންމީ ހަތް ރުފިޔާ
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް
ބްރިޖުގެ ބަސް ދަތުރުތަކުގެ ވަގުތީ ތާވަލް އާންމުކޮށްފި
ދަތުރުކުރުމުގެ ފީ: ބްރިޖާ ގުޅިފައިވާ މިހާރުގެ ބަހުސް
ބްރިޖްގެ ފީތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރަނީ
ބްރިޖް ބަސް ދަތުރު: "މިއީ މުޅިން ތަފާތު އިހުސާސެއް"
ބްރިޖްގެ ބަހުގެ އަގުތައް އަންނަ ހަފުތާގައި ހާމަކުރަނީ
އިތުރު ހަ ބަސް މި މަހު ގެންނާނެ: އެމްޕީއެލް
އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ ބަސް ޓާމިނަލެއް
ބްރިޖާ އެކު ބަހުގެ ހިދުމަތް ދޭން ނުވަ ބަސް ގެންނަނީ