10 ޖެނުއަރީ 2019
މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިިފި އެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި މިިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބަސްދަތުރުގެ ހިދުމަތް ދިނުން އެމްޓީސީސީއާ ހަވާލުކުރަން ނިންމީ މާލެ ސަހަރައްދުގެ އާއްމު ދަތުރުފަތުރު އެއްފުރާޅެއްގެ ދަށަށް ގެންނަން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބަހުގެ ހިދުމަތް ދެ ކުންފުންޏަކުން ދެމުން އަންނާތީ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
"އެެހެންވީމާ އަޅުގަނޑުމެންގެ ވިސްނުން މި ހުރީ އަޅުގަނޑުމެން އެއްފުރާޅެއްގެ ދަށަށް މި މަސައްކަތް ބަދަލުކުރުމަށް. އެގޮތުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް އެއްކޮށް ބަދަލުކުރަން އަޅުގަނޑުމެން ނިންމި ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖް ހުޅުވުމުގެ ކުރިން މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމާއި ހުޅުމާލޭގައި ބަސް ދަތުރުގެ ހިދުމަތް ދިނުމަކީ އެމްޓީސީސީން ކުރަމުން އައި މަސައްކަތްތަކެވެ. ނަމަވެސް ބްރިޖް ހުޅުވުމާ އެކު މާލެ-ހުޅުމާލެ ބަސް ދަތުރުގެ ހިދުމަތް ހަވާލުކުރީ އެ ހިދުމަތް މުޅިން އަލަށް ފެށި އެމްޕީއެލްއާ އެވެ. ފެރީތަކަށް އަރާ މީހުން މަދުވެ، އެމްޓީސީސީއަށް ގެއްލުންވާން ފެށި އެ ވަގުތު އެ ކުންފުންޏަށް ބަސް ދަތުރު ނުދިނުމުން އެކުންފުންޏަށް ގެއްލުން ބޮޑުވި އެވެ.
މާލެ-ހުޅުމާލެ ބަސް ދަތުރުގެ ހިދުމަތުގެ އިތުރުން މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އެ ގޮތުން މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުން ވެސް އެމްޓީސީސީއާ ހަވާލުކުރާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ކުރެއްވި އެވެ. ނަމަވެސް އެ ހިދުމަތް އެކުންފުންޏާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.
"އެއް ފުރާޅެއްގެ ދަށަށް މި ހިދުމަތް ބަދަލުކުރަނީ. ބަހުގެ ހިދުމަތް ބަދަލުކުރާ އިރު އެމްޓީސީސީއަށް އެކަން [މިނީ ބަހުގެ ހިދުމަތް] ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އައިޝާ ވިދާޅުވި އެވެ.
އައިޝާ ވިދާޅުވީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމުގެ ކަންތައްތައް ހަމަ ޖައްސާނީ އެކަމާ ބެހޭ ގޮތުން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހު ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގެ ޓްރެފިކަށް ބަލައި، އެހިދުމަތް އެންމެ ރަނގަޅަށް ދެވޭނެ ގޮތްތަކެއް ހޯދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަގުތައް އެނަލައިޒްކޮށްފައި ކޮން ކަހަލަ ބަދަލުތަކެއްތޯ ގެނެވޭނީ ބަސް ދަތުރުތައް ކުރާއިރު ފަސޭހަވާނެ ގޮތަކަށް ރާވައި، އެ ދިރާސާތައް ކުރަމުން ދަނީ. ދިރާސާތައް ކޮށްފައި ގޮތެއް ކަނޑައަޅާނީ،" އައިޝާ ވިދާޅުވި އެވެ.
މާލެ-ހުޅުމާލެ ބަހަށް ބަސް ސްޓޮޕްތައް އިތުރުކޮށްފިި
މާލެ-ހުޅުމާލެ ބަސް އަވަށު ތެރެއަށް
މިނީ ބަސް ފެށުން: އެތައް ޝަކުވާއެއްގެ ނިމުން؟
މާލޭގައި މިނީބަސް ދަތުރެއްގެ އަގަކަށް ހުށަހެޅީ 5ރ.
މިނީ ބަސް ފަށަން ޕާކިން ޒޯނަށް ބިން ހަމަޖައްސައިދީފި
ސްކޫލު ކުދިންނަށް މާލޭގައި ބަސް ދަތުރު ހިލޭ
ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭގޮތް ހަދަން އެދުނު
މިނީ ބަސްތައް ވާނީ ވަރަށް ބޮޑު ފަސޭހައަކަށް: އާޒިމް
ބަހުގައި ދެން ދަތުރު ކުރެވޭނީ ހާއްސަ ހުއްދައާއެކު
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ