Roadha Mihaaru
އިތުރު ހަ ބަސް މި މަހު ގެންނާނެ: އެމްޕީއެލް

އިތުރު ހަ ބަސް މި މަހު ގެންނާނެ: އެމްޕީއެލް

14 އޯގަސްޓް 2018

މާލެ- ހުޅުލެ ބްރިޖް ހުޅުވެންވާއިރަށް އިތުރު ހަ ބަސް މި މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެ- ހުޅުލެ ބްރިޖް ހުޅުވެންވާއިރަށް އިތުރު ހަ ބަސް މި މަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް އަންނަ ޝިޕްމަންޓްގައި ހިމެނެނީ އެއް ޑަބަލް ޑެކާ ބަހާއި ފަސް ކޯޗު ބަސް ކަމަށެވެ. އަދި މިހާރު އެ ބަސްތައް ރާއްޖެ ގެނައުމުގެ ދަތުރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން މިދިޔަ މަހު ފަހުކޮޅު ގެނައި ނުވަ ބަހުގެ ތެރޭގައި ވެސް ދެ ކޯޗު ބަހާއި ހަތް ސިޓީ ބަސް ހިމެނެ އެވެ.

"ސާވިސް ފަށާއިރު އެއް ޑަބަލް ޑެކާ ބަސް އޮންނާނެ. ޖުމްލަ އަށް ޑަބަލް ޑެކާ ބަސް ގެންނަން ނިންމާފައި ވަނީ،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖްގައި ބަހުގެ ހިދުމަތް ދޭން ގެންނަ ހުރިހާ ބަހެއް އޮކްޓޯބަރު މަހުގެ ތެރޭގައި ގެނެވޭނެ ކަމަށެވެ. އެ ކުންފުނިން ނިންމާފައި ވަނީ ބްރިޖްގެ ދަތުރުތަކަށް ޖުމްލަ 22 ބަސް ބޭނުންކުރާ ގޮތަށެވެ.

އެމްޕީއެލުން ވަނީ ބްރިޖްގެ ދަތުރުތަކަށް 100 މިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފަ އެވެ. އެ ކުންފުނިން ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތަކެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ.

އެމްޕީއެލް އިން ބުނީ ބަހުގެ ހިދުމަތަށް މާލެ އާއި ހުޅުމާލޭގައި ހަދާ ޓާމިނަލްގެ މަސައްކަތް މި މަހުގެ 20 ހާތަނުގައި ނިންމާލެވޭނެ ކަމަށެވެ.