Roadha Mihaaru
ބްރިޖުގެ ބަސް ދަތުރުތަކުގެ ވަގުތީ ތާވަލް އާންމުކޮށްފި

ބްރިޖުގެ ބަސް ދަތުރުތަކުގެ ވަގުތީ ތާވަލް އާންމުކޮށްފި

08 ސެޕްޓެމްބަރ 2018

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކޮށް ކުރާ ބަސް ދަތުރުތަކުގެ ވަގުތީ ތާވަލެއް އެމްޕީއެލް އިން މިއަދު އާންމުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކޮށް ކުރާ ބަސް ދަތުރުތަކުގެ ވަގުތީ ތާވަލެއް އެމްޕީއެލް އިން މިއަދު އާންމުކޮށްފި އެވެ.

އެ ތާވަލްގައިވާ ގޮތުން މާދަމާ އިން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުތައް އޮންނާނީ ހެނދުނު 6:00 ން ރޭގަނޑު 11:00 އަށެވެ. އެ ތާވަލަށް މިވަގުތު އަމަލުކުރަނީ ބަސް ދަތުރުތަކުގެ ޚިދުމަތުގެ ތަޖުރިބާ ކުރުމަށެވެ.

ވަގުތީ ތާވަލާ އެއްގޮތަށް ކުރާ ދަތުރުތަކަށް ވެސް އެއްވެސް ފީއެއް ނުނަގާ ގޮތަށް އެމްޕީއެލުން ވަނީ ނިންމައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ބަސް ދަތުރުތައް މާދަމާ އިން ފެށިގެން އޮންނާނީ ހެނދުނު 7:00 ން ރޭގަނޑު 10:00 އަށެވެ.

އެމްޕީއެލްގެ ބަހެއްގައި އިއްޔެ ބަޔަކު ދަތުރުކުރަނީ. މާދަމާ އިން ފެށިގެން ބަސް ދަތުރުތައް އޮންނާނީ ހެނދުނު 6:00ން ރޭގަނޑު 11:00 އަށް. ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްޕީއެލްގެ ބަހެއްގައި އިއްޔެ ބަޔަކު ދަތުރުކުރަނީ. މާދަމާ އިން ފެށިގެން ބަސް ދަތުރުތައް އޮންނާނީ ހެނދުނު 6:00ން ރޭގަނޑު 11:00 އަށް. ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްޕީއެލް އިން ބުނީ އެއާޕޯޓަށް ބަސް ދަތުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގަޑިއަކު އެއް ފަހަރު ކަމަށެވެ. އެ ދަތުރުތަކަށް ވެސް މިވަގުތު ފީއެއް ނުނަގާނެ އެވެ.

"މި ޝެޑިއުލްގައި ދަތުރުކު ރާނީ ޓްރަޔަލް ޕީރިއަޑް ނިމެންދެން. މިގޮތަށް އަދި ފަސްވަރަކަށް ދުވަހު ދަތުރުކުރަން ޖެހިދާނެ،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި، އެ ކުންފުނިން ނިންމާފައި ވަނީ އެންމެ ބާރު ބޮޑުވާ ގަޑީގައި ހެނދުނު 6:30 ން ހެނދުނު 8:00 އަށް ކޮންމެ 10 މިނިޓަކުން ދަތުރެއް ކުރާ ގޮތަށެވެ. އަދި އެ ނޫން ގަޑިތަކުގައި ދަތުރުކުރަން ހަމަޖެހިފައި ވަނީ ކޮންމެ 20 މިނެޓަކުން ކަމަށް ވެސް ބުންޏެވެ.

ސިނަމާލެ ބްރިޖު އިއްޔެ ހަވީރު 4:00 ގައި އާއްމު ދަތުރުފަތުރަށް ހުޅުވައިލުމުން އެމްޕީއެލުން ވަނީ ބަސް ދަތުރުތައް 4:00 ން 6:00 އަށް ބާއްވައިފަ އެވެ. އަދި މިއަދު ބަސް ދަތުރުތައް ބާއްވާފައި ވަނީ ހެނދުނު 7:00 ން ހަވީރު 4:00 އަށެވެ. ކުރިން ވެސް ހަމަޖައްސާފައިވާ ގޮތުގެ މަތިން، އިއްޔެ އާއި މިއަދު ބްރިޖުގެ ބަސް ދަތުރުތައް ރޭގަނޑަކު ނުބާއްވަ އެވެ.

ސިނަމާލެ ބްރިޖުގައި އެމްޕީއެލްގެ ބަހެއް ދުއްވާފައި ދަނީ: އެ ކުންފުނިން ބުނީ ރަސްމީކޮށް ދަތުރުތައް ފަށަން ދެން ދަތުރުތައް ހިލޭކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސިނަމާލެ ބްރިޖުގައި އެމްޕީއެލްގެ ބަހެއް ދުއްވާފައި ދަނީ: އެ ކުންފުނިން ބުނީ ރަސްމީކޮށް ދަތުރުތައް ފަށަން ދެން ދަތުރުތައް ހިލޭކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްޕީއެލްގެ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ހުންނަ ބަސް ޓާމިނަލާއި ރަށު ތެރޭގައި ހުންނަ ބަސް ސްޓޮޕްތަކަށް ދެވޭ ގޮތަށް އެމްޓީސީސީން ދަތުރުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ ބްރިޖާއި އަދި ލިންކް ރޯޑުގައި ވެހިކަލް ދުއްވާ މީހުން ބަސް ދަތުރުތަކަށް ޖާގަ ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސް އަކީ ބަސް ދަންޏާ މަގު ދައްކައި ބަސްތައް އޯވާޓޭކް ނުކުރުމަށް. އެއީ ވަރަށް ބޮޑު ރިސްކެއް. އެކްސިޑެންޓެއް ހިނގައިފި ނަމަ ދަތުރުތަކަށް ބުރޫ އަރާނެ،" އޭނާ ވިދާޅުވި އެވެ.