03 ޖުލައި 2018
ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސް ދަތުރުގެ ހިދުމަތް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގެންނަ ބަސްތަކުގެ ތެރެއިން، ނުވަ ބަސް މި މަހު ފަހުކޮޅު މާލެ އަންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ބްރިޖް ހުޅުވުމުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ބަސް ދަތުރުގެ ހިދުމަތް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގެންނަ ބަސްތަކުގެ ތެރެއިން، ނުވަ ބަސް މި މަހު ފަހުކޮޅު މާލެ އަންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ބަސް ދަތުރުގެ ހިދުމަތް ދޭން ގެންނަ ބަހުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ ފަހުކޮޅު އަންނައިރު އަންނަ މަސް ނިމުމުގެ ކުރިން އިތުރު ހަތް ބަސް ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު އިތުރު ހަ ބަސް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ޝިޕްމަންޓް މާލެ ގެނައުމަށް މިހާރު ވަނީ ކަނޑުމަތީގައި. ބަހުގެ ހިދުމަތް ފަށައިގަންނައިރު ވެސް 100 މީހުންގެ ޖާގައިގެ ޑަބަލް ޑެކާ ބަހެއް އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ކުންފުނިން ކުރިން ބުނެފައި ވަނީ ބަހުގެ ހިދުމަތް ދޭން ބޭނުންކުރާނީ 50-70 މީހުންގެ ޖާގައިގެ ބަހާއި 80-100 މީހުންގެ ޖާގައިގެ ދެ ބުރި ބަސްތައް ކަމަށެވެ. އޭގެ އިތުރުން 30 މީހުން އުފުލޭ ކުދި ބަސްތަކެއް ވެސް ބޭނުންކުރަން ނިންމާފައިވެ އެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި މާލެ އިން ހުޅުމާލެއަށް ބަހުގައި 12 މިނެޓުން ދަތުރެއް ކުރެވޭނެ އެވެ.
އޮފިޝަލް ވިދާޅުވީ ބަސް ދަތުރުގެ ހިދުމަތް ފަށައިގަންނައިރު ކަރުދާސް ޓިކެޓްގެ ބަދަލުގައި އިލެކްޓްރޯނިކް ޓަޗް އެންޑް ގޯ ކާޑެއް ތަައާރަފްކުރަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ހިދުމަތް ދޭން ބަސް ޓާމިނަލެއް މާލޭގެ ތައިސޭ ކޮށީގައި ހަދަން ވަނީ ނިންމާފަ އެވެ.
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް
ބަސް ދަތުރަކަށް ކުރިން ނަގަން ނިންމީ ހަތް ރުފިޔާ
ޓެކްސީ އަގަށް ތައުރީފު އެކަމަކު ޑްރައިވަރުން ޝަކުވާގައި
ދަތުރުކުރުމުގެ ފީ: ބްރިޖާ ގުޅިފައިވާ މިހާރުގެ ބަހުސް
ބްރިޖް ބަސް ދަތުރު: "މިއީ މުޅިން ތަފާތު އިހުސާސެއް"
ބްރިޖްގެ ބަހުގެ އަގުތައް އަންނަ ހަފުތާގައި ހާމަކުރަނީ
އެމްޕީއެލް އިން ބަސްދަތުރުތަކަށް ޑްރައިވަރުން ހޯދަނީ
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ބަހުގައި ދެން ދަތުރު ކުރެވޭނީ ހާއްސަ ހުއްދައާއެކު
ހުޅުމާލޭން ދަރުމަވަންތަ ހޮސްޕިޓަލަށް ބަސް ދަތުރުފަށައިފި