12 އޯގަސްޓް 2018
ރައީސް އަބްދުﷲ ޔާމީން، ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފައްޓަވަން ނިންމަވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން، ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފައްޓަވަން ނިންމަވައިފި އެވެ.
ރައީސް ޔާމީން، ތ. އަތޮޅަށް ވަޑައިގަންނަވާއިރު، އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ މިދިޔަ ހަފުތާގައި، އެ އަތޮޅުގެ ރަށްތަކަށް ވަޑައިގެން، ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އަދި އިދިކޮޅު ކޯލިޝަން ސަރުކާރެއްގެ ބައެއް ސިޔާސަތުތައް އޭނާ ވަނީ ހާމަކުރައްވައިފަ އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް ޔާމީން، އެމަނިކުފާނުގެ ރަސްމީ ހައިސިއްޔަތުން ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ ތިމަރަފުއްޓާއި ވިލުފުއްޓާއި ކަނޑޫދު އާއި މަޑިފުއްޓާއި ދިޔަމިގިލި އަދި ބުރުންޏަށެވެ. އެ ރަށްރަށަށް ވަޑައިގެން، ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ފާހަގަ ކޮށްދެއްވާނެ އެވެ.
ރައީސް ޔާމީން ތ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވަނީ، އެ ރަށްރަށުގައި ސަރުކާރުން ގާއިމު ކުރި ނަރުދަމާގެ ނިޒާމު ފައްޓަވައި ދެއްވުމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށާއި ފެނުގެ ނިޒާމު އިފްތިތާހުކޮށް ދެއްވުމަށެވެ.
ރައީސް ތ. އަތޮޅަށް ވަޑައިގަންނަވާއިރު، އެމަނިކުފާނު މިދިޔަ ހަފުތާގައި ވަނީ ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން، ބައެއް މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވައިފަ އެވެ.
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް
މި ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓު ނިމޭނެ: ރައީސް
އެކްސްޕޯޓް ކުރުން މަނާކޮށްފާނެ ކަމުގެ އިންޒާރު އެބަދޭ
"ކޭކު ފަޅަން" ގާނޫނު ބޭނުން ވަނީ އިތުބާރު ނެތުމުން
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
އިދިކޮޅުގެ ދައުވަތު މިއުޅެނީ ގަބޫލު ނުކުރެވިގެން:ރިޔާޒް
ފޫހިވާނެ ވަގުތެއް ނުދީ، ތަފްސީލު ހާމަކުރާނަން: ރައީސް
"ޖަޒީރާ ސިޔާސަތަކީ ހަމަޖެހޭ ވާހަކައެއް ނޫން"
ރައީސް ޔާމީންގެ ގިނަ ވައުދުތަކެއް ތިމަރަފުއްޓަށް
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް