13 އޯގަސްޓް 2018
އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ގެންގުޅޭ "ޖަޒީރާ ރާއްޖެ" ގެ ތަސައްވުރަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ، އެ ކޯލިޝަންގެ ވައުދުތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ގެންގުޅޭ "ޖަޒީރާ ރާއްޖެ" ގެ ތަސައްވުރަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ، އެ ކޯލިޝަންގެ ވައުދުތަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކަނޑޫދު އަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ވަނީ އިދިކޮޅު ކޯލިޝަންގެ ގިނަ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ރަށްރަށުގެ ވަސީލަތްތައް ބޭނުން ކޮށްގެން އެ ރަށްރަށް ތަރައްގީ ކުރުމަށް އިދިކޮޅު ފަރާތްތަކުން ބޭނުންކުރާ "ޖަޒީރާ ރާއްޖެ" ގެ ތަސައްވުރަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކުދި ރަށްރަށަށް ލިބޭ އާމްދަނީ އަށް އެކަނި ބަރޯސާވެގެން، އެ ރަށެއް ތަރައްގީ ކުރުމަކީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ، ކުދި ރަށްރަށަށް ތަރައްގީ ގެންނަން ޖެހެނީ ތަނަވަސްކަން ހުރި ސަރަހައްދުތަކުން ލިބޭ އާމްދަނީ ވެސް ބޭނުން ކޮށްގެން ކަމަށާއި ގިނަ ރަށްރަށުގައި އެއާޕޯޓް އެޅުމަކީ އެގޮތުން ތަނަވަސްކަން އިތުރުކުރަން ހިންގާ މަޝްރޫއުތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ރަށަށް ވެސް ކުރިއެރުން ބޭނުންވާނެ. މި ރަށުގެ ރައްޔިތުން ބޭނުންވާނެ ފެނާއި ނަރުދަމާގެ މި ޒަމާނުގެ ނިޒާމެއް ގާއިމްވެގެން ދާން. އަދި ބޭނުންވާނެ މަގުތަކުގައި ތާރު ވެސް އެޅެން. އެކަންކަން ކިހިނެތްތޯ މި ރަށުން ލިބޭ ވަސީލަތްތަކުން ކުރާނީ؟. އެހެން ވެގެން ޖަޒީރާއޭ މި ވިދާޅުވެގެން ދައްކާ ވާހަކަ އޭގެ ޒާތުގައި ހަމަޖެހޭ ވާހަކައެއް ނޫނޭ މި ދަންނަވަނީ،" އެމްޑީޕީން އިސްވެ ތައާރަފުކުރި 'ޖަޒީރާ ރާއްޖެ' ސްލޯގަންގެ ދޯދިޔާކަން ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ހަވީރު ކަނޑޫދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް އެއްވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެނިފެސްޓޯ ނުފެންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުން ދިޔައިރު، އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯއެއް އެބައޮތްތޯ ސުވާލު އުފައްދަން ޖެހެ އެވެ. ޒުވާނުންނަށް ބޭނުންވާ ވަޒީފާ އާއި ގެދޮރުވެރި ކުރުވުމުގެ މަޝްރޫއު އެމަނިކުފާނު މިހާރު ވެސް އިއުލާން ކުރައްވާފައިވާ ކަމަށާއި އެކަމަކު އިދިކޮޅު ފަރާތްތަކުން ވައުދުތައް ވަމުންދަނީ ސަރުކާރުން މަޝްރޫއުތައް ނިންމުމުން އެކަންކަން ބަލައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ތަނެއްގައި ނަރުދަމާ އަޅައިފިއްޔާ ދެން އޮތް ތަނެއްގައި އެއާޕޯޓް އަޅާ ވާހަކަ އެބަ ދައްކާ. މާލޭގައި ބްރިޖެއް އަޅައިފި ކަމަށް ވަންޏާ އެއް ފަޅު ތެރޭގައި ހުރި ހުރިހާ ތަނެއް ގުޅުވާލާ ވާހަކަ. ހަމަ އެގޮތަށް ގއ، ގދ އަށް ގޮސްފައި އެއް ފަޅު ތެރޭގައި ހުރި ހުރިހާ ރަށްތައް ފަސް އަހަރުގެ ތެރޭގައި ބްރިޖަކުން ނުވަތަ ފާލަމަކުން ގުޅާލާ ވާހަކަ ދެއްކީމަ އަޅުގަނޑުމެންނަށް އެނގޭނެ ސުބްހާނަﷲ މީ ކިހާ ވަރެއްގެ ވާހަކައެއް ކަން،" އިދިކޮޅު ކެންޑިޑޭޓް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސިޔާސަތުތަކުގެ ކަމުނުދާކަން ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސިނާއަތަކަށް ނުކުންނަން ތިބީ ޒުވާނުން ކަމަށާއި އެކަމަކު އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި ޒުވާނުންގެ ދައުރާ ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ވަޒީފާގެ ވާހަކަ ވެސް އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯގައި ނެތް ކަމަށާއި ޒުވާނުންގެ އަގު އެންމެ ފުރަތަމަ ވަޒަންކޮށް، ޚާއްސަ އިސްކަމެއް ޒުވާނުންނަށް ދޭން ފެށީ މި ސަރުކާރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފުޓްސަލް ދަނޑެއް އަޅަން ފަށާފައި ދަނޑު ނުނިމި އޮތް ތަނަކަށް ވަޑައިގެންފައި، އެ އިން ބޭފުޅަކު ވިދާޅުވަނީ އަދި މި ރަށު ފުޓްސަލް ދަނޑު ވެސް ނުނިމޭދޯއޭ. ތިމަންނަ މެންގެ ސަރުކާރެއްގައި އެންމެ ފުރަތަމަ މި ދަނޑު ވެސް ނިންމާނަމޭ. އެ އަށް ވުރެ މާ ރަނގަޅުވާނެ ދެއްތޯ އެ ދަނޑަކީ އޮތް އެއްޗެއް ކަން ޒުވާނުންނަށް ބޭނުންވާނެ އެއްޗެއް ކަން މީގެ ކުރިން ތަސައްވުރެ އޮތް ނަމަ. ފަށާފައި ހުުރި މަސައްކަތްތައް ނިންމުމަކީ ކޮންމެ ބަޔަކު ވެސް ކުރާނެ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ހަވީރު ކަނޑޫދޫގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ގިނަ ކަންތައްތަކެއް ކޮށްދޭން ކަމަށް ރައްޔިތުން އުއްމީދުކުރި އެވެ. އެކަމަކު އެ ވެރިކަން ނިމުނުއިރު ވެސް އެއިން އެއްވެސް ކަމެއް ހާސިލްނުވާ ކަމަށް ވިދާޅުވި އެވެ. އިދިކޮޅުގައި މިހާރު ވެސް އޮތީ އޭރުގެ ޓީމު ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޓީމުގެ ތަޖްރިބާ ރައްޔިތުން ދަނީ ކުރަމުން ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ވޭތުވެދިޔަ މުއްދަތުގައި ނުކުރެވުނު ކަމެއް ދެން ކުރާނީ ކިހިނެތްތޯ އެބަ ސުވާލު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފަހަތުން އެ ވާހަކަ ދައްކަވަމުން، ކޮންމެ ރައްޔިތަކަށް ގެދޮރު ބިނާކޮށްދޭނަމޭ ބުންޏަކަސް އެ ފައިސާ ހޯދާނެ ގޮތަކާއި އެކަން ކުރާނެ ގޮތެއް ވެސް ވިދާޅުވާން ވާނެ. އެ ވިދާޅުވާން ޖެހޭ ސަބަބަކީ އެ ބޭފުޅުން ވެރިކަން ކުރެއްވިއިރު އެންމެ އިސްކަމެއް ދެއްވި ކަމަކީ ފްލެޓް އެޅުން. އެކަމަކު އެކަން ނުކުރި ދިޔައިމަ މިއަދު އެބަ އެ ސުވާލު އުފެދޭ،" ރައީސް ވިދާޅުވި އެވެ.
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް
"ގެއްލުނު ފައިސާ ހޯދޭނެ ހިތްވަރެއް އިދިކޮޅަކު ނެތް"
ރައީސް ޔާމީން ތ. އަތޮޅަށް މާދަމާ ވަޑައިގަންނަވަނީ
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ޕީޕީއެމްގެ މެނިފެސްޓޯ: "އާމްދަނީ ދެ ގުނަ މައްޗަށް"
"2 އެއީ ގޯސް ނަމްބަރެއް، 1 އެއީ އެއް ވިސްނުމެއް"
ފުވައްމުލަކު 1 ބިލިއަންގެ މަޝްރޫއު ނުއެއް ފެނޭ: ޝާހު
"ޔާމީން ބަލި ކުރުމުގައި އިސްކޮށް ތިބެންވީ ސިފައިން"