ފުވައްމުލަކުގައި މި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެ މަޝްރޫއުތަކެއް އެ ސިޓީގެ ރައްޔިތުންނަށް ފެންނަން ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ރޭ ވިދާޅުވެއްޖެ އެވެ.
16 ސެޕްޓެމްބަރ 2018
ފުވައްމުލަކުގައި މި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެ މަޝްރޫއުތަކެއް އެ ސިޓީގެ ރައްޔިތުންނަށް ފެންނަން ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރަން މިދިޔަ ހުކުރުދުވަހުގެ ރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ފުވައްމުލަކަށް ހޭދަކޮށްފައި ވަނީ އެންމެ 26 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ފުރަަތަމަ ދައުރުގައި އެކަނި ވެސް 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މި ވާހަކަފުޅަށް ރައްދު ދެއްވައި ޝާހް "މިހާރު" އަށް ވިދާޅުވީ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމުގެ ޖަލްސާ ބާއްވައިގެން އޮޅުވައިލަން ސަރުކާރުން މަސައްކަތް ކުރިއިރު އެ މަޝްރޫއުގައި ހިމެނުނު ފެނާއި ނަރުދަމާގެ ޚިދުމަތް އެއްވެސް ގެއަކަށް އަދި ނުލިބޭ ކަމަށެވެ. އެޅި ފްލެޓްތައް ލިބުނު މީހަކު ނެތްއިރު އެތަންތަން ހުރީ ވަދެވޭ ހާލަތެއްގައި ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ، 1.1 ބިލިއަން ރުފިޔާ ފުވައްމުލަކަށް ޚަރަދުވި ގޮތެއް ސާފު ކޮށްދެއްވަން އެބަ ޖެހޭ. އެ ވިދާޅުވާ މަޝްރޫއުތަކެއް ލޮލަށް ފެންނާކަށެއް ނެތް،" ޝާހް ވިދާޅުވި އެވެ.
Mi 05 aharu Fuvahmulakah 1100 million MVR kharadhu kurinama ayge thafuseel rayyithunah
— Ali Shaah (@MPShaah) September 14, 2018
dhevva! @presidencymv thiya faisa veegotheh FVM rayyithun balan baynun.
Dhogaai makaraai olhuvaalumaai rayyithun guboa hadhaa veriyeh dhen baynumeh noon. Test & faiil#voteIbuFaisal2018
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި ޝާހް ކުރެއްވި ޓުވީޓް.
އޭނާ ވިދާޅުވި ގޮތުގައި ފުވައްމުލަކުގެ ނަރުދަމާ އަށް ހޭދަކުރި 270 މިލިއަނާއި ފެނުގެ ނިޒާމް ގާއިމްކުރަން ހޭދަކުރި 93 މިލިއަން ރުފިޔާ އާއި އެ ނޫން ބައެއް ކަންކަމަށް ކުރި ހޭދައަށް ބަލާއިރު މަޝްރޫއުތަކަށް ޖުމްލަ 400 މިލިއަން ވެސް ޚަރަދު ވާނެ ކަމަކަށް ލަފައެއް ނުކުރެއްވެ އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ޔާމީން އިފްތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ފުވައްމުލަކުގައި އިތުރު މަޝްރޫއުތަކެއް ހިންގާނެ ކަމަށް ވިދާޅުވެ އެކަމަށް މަގުފަހިކުރަން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވަން ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.
ޝާހް ވިދާޅުވީ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޔާމީން ފުވައްމުލަކުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާފައި ނުވާ ކަމަށެވެ. އެއާ އެކު، ދެ ވަނަ ދައުރެއްގައި ފުވައްމުލަކަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކޮށް މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވުން ވެސް ވިދާޅުވި އެވެ. މި ދެ ވައުދަކީ، ރައީސް ޔާމީނަށް ފުވައްމުލަކުގެ ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނޫން ކަމަށާއި ފުރަތަމަ ދައުރުގެ ތެރޭގައި ދުބާއީ ކަހަލަ ސިޓީއަކަށް ފުވައްމުލަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި ވައުދުގެ މަތިން ރައްޔިތުން ހަނދާން ނުނެތޭ ކަމަށް ވެސް ވިދާޅުވި އެވެ.
ހުކުރު ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ފުވައްމުލަކަކީ ޕީޕީއެމާއި ސީދާ އެ މަނިކުފާނާ ވަރަށް ގާތް ސިޓީއެކެވެ. އެގޮތުން، އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބުރައީސާއި މަޖިލީހުގެ ރައީސަކީ ވެސް ފުވައްމުލަކުގެ ބޭފުޅުން ކަމަށް ވިދާޅުވި އެވެ. އަދި ފުވައްމުލަކުން މަޖިލީހުގެ ތިން ގޮނޑި ވެސް ޕީޕީއެމަށް ދިން ކަމަށް ވިދާޅުވި އެވެ.
ޝާހް ވިދާޅުވި ގޮތުގައި ފުވައްމުލަކު ރައްޔިތުން ރައީސް ޔާމީނަށް ފުރުސަތެއް ދިން ނަމަވެސް އެމަނިކުފާނު ވަނީ، ގާނޫނީ އިމުން ބޭރުގައި އެ ހުރިހާ ބޭފުޅުން ވެސް ބޭރުކުރައްވައިފަ އެވެ. ސަރުކާރުން ގާނޫނާ ޚިލާފަށް ރައްޔިތުންނަށް ގެއްލުންވާ ކަންކަން ކުރަން ފެށުމުން، ގާނޫނީ އިމުގެ ތެރެއިން ހައްލެއް ހޯދަން މަސައްކަތް ކުރެއްވުމަށް ފަހު ޕީޕީއެމާ ދުރަށް ވަޑައިގަތުމަކީ ރައްޔިތުންގެ މަޖިލީހުގައި އޭނާ އާއި އަލީ ފަޒާދު، ދާއިރާ ތަމްސީލްކުރައްވަން ފުރުސަތު ނުދީ، ގޮނޑި ގެއްލުވައިލަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ.
ގޮނޑި ގެއްލުވައިލީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ، ފުވައްމުލަކުގެ ރައްޔިތުން، ރައީސް ޔާމީނާ ދޭތެރޭ ހަމްދަރުދީވާކަށް ނުޖެހޭ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.
"ރައީސް ޔާމީން، ބޭރުކުރެއްވި އެއްވެސް ބޭފުޅަކު ގާނޫނީ ކުށެއް ނުކުރޭ. އެކަމަކު ވެސް ގާނޫނާ ޚިލާފަށް ގޮނޑި ގެއްލުވާލުުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ކަމަށް ވަނީ އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައި،" ޝާހް ވިދާޅުވި އެވެ.
ޝާހް ވިދާޅުވި ގޮތުގައި ފުވައްމުލަކު ރައްޔިތުން ތިބީ އެ ކަންކަމަށް ވަރަށް ރަނގަޅަށް ހޭލަ އެވެ. ފުވައްމުލަކުން އެމަނިކުފާނަށް ތާއީދު އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވީ ތާއީދު ނެތް ކަން ސާފުވެވަޑައިގަތުމުން ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ފަސޭހަކޮށްފި ނަމަ 2008ގެ އަވާމެންދުރު ފެނިދާނެ!
ޝާހިދުގެ މިސާލު ބަސްތަކުން ސަރުކާރަށް މަލާމާތް!
އިގްތިސާދީ ވާހަކަ ދައްކާނީ އަޅުގަނޑުގެ ހިޔަނީގައި ހުރެ
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"
ފޫހިވާނެ ވަގުތެއް ނުދީ، ތަފްސީލު ހާމަކުރާނަން: ރައީސް
އިބޫ ވައުދުވަނީ ފުރިހަމަކޮށްދިން ކަންކަމަށް: ރައީސް