އިދިކޮޅު ފަރާތްތަކުން، އިގްތިސާދާއި ޒުވާނުންގެ ވާހަކަ ދައްކަންވާނީ ރައީސް އަބްދުﷲ ޔާމީންގެ "ހިޔަނީގެ ދެ ތިން މޭލު ފަހަތުގައި ހުރެ" ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
27 އޯގަސްޓް 2018
އިދިކޮޅު ފަރާތްތަކުން، އިގްތިސާދާއި ޒުވާނުންގެ ވާހަކަ ދައްކަންވާނީ ރައީސް އަބްދުﷲ ޔާމީންގެ "ހިޔަނީގެ ދެ ތިން މޭލު ފަހަތުގައި ހުރެ" ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅާއި ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ރ. އަލިފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ދައްކާފައި ހުރި ވާހަކަތަކާއި އަމަލުކޮށްފައި ހުރި ގޮތާއި ކުރި ކަންކަމާއި ނުވި ކަންކަން ރައްޔިތުންގެ ލޯމަތީގައި ފެންނަން އެބަހުރި ކަމަށެވެ. އަދި ޖާދޫއެއްގައި ޖައްސަން އެމްޑީޕީ އަށް ފުރުސަތު ދޭންޖެހޭ އެއްވެސް ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު އަލިފުށީގެ ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް ދެއްވަނީ. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ރިޔާސީ އިންތިޚާބާ މެދު ރައްޔިތުން ވިސްނަން ޖެހޭނީ ގައުމީ ނަޒަރަކުން ކަމަށް ވިދާޅުވެ، އިންތިޚާބާ ދިމާކޮށް "ޖައްވުގައި އަޅާ ވައިރަސް" އަށް ޖާގަ ނުދިމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް މަސައްކަތް އިހްލާސްތެރިކަމާ އެކީގައި މަސައްކަތް ކުރެވެނީ ރައްޔިތުންގެ ތާއީދު އެކަމުގައި ދެއްވާތީ،" އަލިފުށީގައި ސަރުކާރުން ގާއިމުކުރި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ރަސްމީިކޮށް އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ބޭރުގެ އެއްވެސް ފަރާތަކުން ލޯނެއް ނުދެ އެވެ. އޭރު، އިގްތިސާދު ކުރިއަށް ނުދާއިރު، ދައްކަން ޖެހިފައި އޮތީ ބޮޑު ދަރަންޏެއް ކަމަށާއި އިގްތިސާދީ ވާހަކަ ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، އެމްޑީޕީގެ ވެރިކަމުގައި ޒުވާނުން ޖާގަ ހޯދީ "ޖަލުގެ ގޮޅިތަކުން" ކަމަށާއި މި ސަރުކާރު އައި ފަހުން، ޒުވާނުންނަށް ވަޒީފާތައް އުފައްދައި، އިގްތިސާދު ކުރިއެރުވި ކަމަށް ރައީސް ވިދާޅުވި އެވެ.
ޒުވާނުންނާއި އިގްތިސާދު ކުރިއެރުވުމުގެ އިތުރުން، އެކި ދާއިރާތަކަށް ސަރުކާރުން ގިނަ ހޭދަތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީން ޒުވާނުންނާއި އިގްތިސާދުގެ ވާހަކަ ދައްކަންވާނީ ދެތިން މޭލު ފަހަތުގައި އޮވެގެން ކަމަށެވެ.
ރައީސް ޔާމީން މިއަދު އަލިފުއްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
- އަލިފުށީ ކައިރީގައި އޮންނަ އެއްތަގިލީގައި ރިސޯޓު ހަދާނަން.
- އަލިފުށީގެ ބޯޓު ޔާޑަކީ ޒުވާނުންނަށް ފުރުސަތު އޮންނަ ތަނަކަށް ހަދާނަން.
- އަލިފުއްޓަކީ ބިން ބޮޑު ޖާގަ އޮތް ތަނަކަށް ހަދައިދޭނަން.
- އިންތިހާބުވެއްޖެ ނަމަ، އެންމެ ބޮޑަށް މަސައްކަތް ކުރާނީ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން.
- އޮޑިފަހަރު ބަންނަ ފަރާތްތަކަށް އެސްއެމްއީ ލޯނު ހޯދައި ދޭނަން.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މިހާތަނަށް 76،000 އަށްވުރެ ގިނަ ވަޒީފާ ޒުވާނުންނަށް ހޯދައި ދެވިއްޖެ އެވެ. ރ. އަތޮޅުގައި އިތުރު ރިސޯޓުތައް ހުޅުވުމުން އެއީ ވެސް ޒުވާނުންނަށް ލިބޭ ވަޒީފާގެ ފުރުސަތުކަން ފާހަގަ ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މީގެ ކުރިން، ކޮންމެ ކަމެއް ކުރަން ދިމާކުރީ ގަދަބާރުންނެވެ. އެއީ އިދިކޮޅު ފަރާތްތަކުގެ ނުކުޅެދުންތެރިކަން ކަމަށާއި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ކަހަލަ މިނިވަން ކަމެއް ނުލިބޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވަނީ އެމްޑީޕީގެ ވެރިކަމުގައި ނުކޮށްދެވުނު ކަމެއް އަލުން ވެރިކަމަށް ނުކުމެ، ކުރެވިދާނެ ކަމަށް ރައްޔިތުން ގަބޫލު ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ އޭރު، އިގްތިސާދު ހީނަރުވި ތަން އެމްޑީޕީއަށް ނުފެންނަ ކަމަށެވެ.
ތަރައްގީން މިސާލު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމު އޮޔާދާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާ އިރު، މާލެ އޮޔާ ދާނީ ގާދޫކޮލުން ނަމަ، "މާލެ އަޅައިގަންނާނީ ބްރިޖު" ގައި ކަމަށެވެ. އަދި މާލެ "ނިކުންނަން ދިމާކޮށްފިނަމަ" ކަފު ޖަހާފައި "ވާ އައްސާނީ ބްރިޖުގެ އެއް ފައިކަށީގައި" ކަމަށް ރައީސް ވިދާޅުވި އެވެ.
އެއަށްވުރެ، އޮއި ގަދަވެގެން ނިކުންނަން ޖަހާ ނަމަ، ކަފު ޖަހާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ "ބުޑަށް" ކަމަށް ވިދާޅުވި އެވެ.
ދެފައި ނުބަނދެ އިންތިޚާބަކަށް އައުމަކީ ކުރި މޮޔަކަމެއް
އެއް ފަޅުތެރޭ ރަށްތައް ފާލަމަކުން ގުޅާލާނަން: އެމްޑީޕީ
"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް
ސިޔާސީ މީހުންނަށް އުނދަގޫވާ ކަންކަން ކުރެވުނު: ރައީސް
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
"އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދާ ސަރުކާރެއް"
ރައީސް ކަން ކުރައްވަނީ އަޅުގަނޑުމެންގެ ފަހަތުން: އިބޫ
އިދިކޮޅުން ވެރިކަމަށް އަތުވެެއްޖެ ނަމަ އޮތީ ބިރުވެރިކަން
ރައްޔިތުން އެދެނީ ބަދަލެއް، ބަދަލަށް ތައްޔާރުވޭ: އިބޫ
ފަސޭހަކޮށްފި ނަމަ 2008ގެ އަވާމެންދުރު ފެނިދާނެ!