28 އޯގަސްޓް 2018
އެމަނިކުފާނުގެ "ދެ ފައި ނުބަނދެ" އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބަށް އައުމަކީ ކުރި މޮޔަ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ރ. އިނގުރައިދޫގައި ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ "ދެ ފައި ނުބަނދެ" އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބަށް އައުމަކީ ކުރި މޮޔަ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ރ. އިނގުރައިދޫގައި ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅާއި ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރ. އިނގުރައިދޫ ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން، އެމަނިކުފާނު ބަންދު ކުރުމަށް ތަފާތު އެކިއެކި ކަންކަން އިދިކޮޅު ފަރާތްތަކުން ރޭވި ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން "ޖަޒުބާތުގެ ތެރޭގައި" ތިބެ ވަރަށް ގިނަ ވާހަކަތައް ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅުން މަސައްކަތް ކުރީ އެމަނިކުފާނު ވޯޓާ ހަމައަށް އަޔަ ނުދިނުމަށެވެ.
"ސިޔާސީ ގޮތުން އަޅުގަނޑު ޖަވާބުދާރީ ނުކުރުވާ އަޅުގަނޑުގެ ދެފައި ނުބަނދެ، އިންތިޚާބަކާ ހަމައަށް އައުމަކީ އެމީހުން ކުރި މޮޔަ ކަމެއް،" - ރައީސް ޔާމީން
ރައީސް ޔާމީން މިއަދު ރ. އިނގުރައިދޫ ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު، އެމްޓީސީސީގެ ސީއީއޯ ޒިޔަތު އާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޓީސީސީ
އެގޮތުން މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުގައި "ފޭދިފައި ހުރި ފައިސާ"ތަކުގެ ވާހަކަ ދެއްކިކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެއީ ޖަޒްބާތު "ކައްކާލަން" ދައްކާ ވާހަކައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ކަމެއް އޮތިއްޔާ، ސިޔާސީ ގޮތުން އަޅުގަނޑު ޖަވާބުދާރީ ނުކުރުވާ އަޅުގަނޑުގެ ދެފައި ނުބަނދެ، އިންތިޚާބަކާ ހަމައަށް އައުމަކީ އެ މީހުން ކުރި މޮޔަ ކަމެއް. އަޅުގަނޑު ޖަވާބުދާރީ ކުރުވަން އެ މީހުން ކުރިން މަސައްކަތް ކުރަން ވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެ ބޭފުޅުންގެ ޕްލޭންތައް ކާމިޔާބުވި ނަމަ، އަޅުގަނޑު ވެރިކަމުގައި ނުހުރީސް. އެއީ ދައުރު ހަމަނުކޮށް ރައީސް މަގާމުން ވަކިކޮށްފިއްޔާ ނޫނީ ދެން އެހެން ސިޔާސީ މީހަކަށް ފުރުސަތު ނެތް ކަމަށް އެ މީހުން ގަބޫލު ކުރާތީ. އެއީ ރަށްރަށަށް އަންނަ ތަރައްގީއަކީ ވިއްކަން އޮތް އެއްޗަކީ."
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ވޯޓާ ހަމައަށް ދާއިރު، ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށް ދިނީ ކާކުތޯ ރައްޔިތުން ވިސްނާނެ އެވެ. އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ރާއްޖޭގެ ރަށްރަށަށް ކަންކަން ކޮށްދެވިފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ރައްޔިތުންނަށް ތަރައްގީ ކަށަވަރުވެގެން ދިޔައީ ޕީޕީއެމްގެ ވެރިކަމުގަ އެވެ.
- ޖަޒުބާތު އެއްކިބާކޮށްފައި އޮތް ސިކުނޑިއެއް ހިފައިގެން ވޯޓުލާން ނުދާތި.
- އިނގުރައިދޫގެ ތަރައްގީގައި އަޅުގަނޑުގެ ހިއްސާ އޮތް ކަމަށް ގަބޫލުކުރަން.
- އިނގުރައިދޫ އަށް ވޭތުވެދިޔަ ސަރުކާރުތަކުން 1.5 މިލިއަން ރުފިޔާ ހޭދަކުރި.
- މި ސަރުކާރުން އިނގުރައިދޫ އަށް 57 މިލިއަން ރުފިޔާ ހޭދަކުރި.
- އިނގުރައިދޫ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލު ކުރާނަން.
- އިދިކޮޅު ފަރާތްތަކުން އަޅުގަނޑު ދަތި އެޅުވޭނެ ހުރިހާ ގޮތެއް ހޯދި.
ރައީސް ޔާމީން މިއަދު ރ. އިނގުރައިދޫ ބަނދަރު ހުޅުއްވައި ދެއްވަނީ. - ފޮޓޯ: އެމްޓީސީސީ
މިއީ ސިޔާސީ މޫސުމެއް ކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ހޭލުންތެރިކަމާއެކު، ވިސްނަން ޖެހޭ ކަމަށެވެ. އަދި އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އިދިކޮޅު ފަރާތްތަކުން ނުކުމެ ތިބީ މެނިފެސްޓޯއަކާ ނުލާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެއްވެސް އުރަތްޕެއް ނެތް ކަން ދޭހަވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިދިކޮޅު ބޭފުޅުން ދައްކަވާނެ ވާހަކައެއް ނެތިގެން އެބޭފުޅުން އެކި ކަހަލަ ވާހަކަ ދައްކަވަނީ. ނަރުދަމާ އޮތިއްޔާ ދެވަނަ ނަރުދަމާ... އެ މީހުންގެ އަތުގައި ހަގީގަތުގައި މެނިފެސްޓޯއެއް ނެތް. އެ މީހުން މެނިފެސްޓޯއެއް ހައްދަވާކަށް ޖެހިވަޑައެއް ނުގަންނަވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކުގެ ޖަޒުބާތުގައި ޖެހިވަޑައިނުގަތުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އިދިކޮޅު ބޭފުޅުން ދައްކަވާ ވާހަކައަކީ އެއްވެސް އުރަތްޕެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅު ބޭފުޅުންގެ ބޭނުމަކީ އެކަކަށްވުރެ "ބާރަށް އަނެކަކު ބައްދައިގެން" މަސައްކަތް ކުރާނީ ވެރިކަމާ ހަމައަށް ދިއުމަށެވެ. ރާއްޖޭގެ ވެރިކަން ކުރުމަކީ "ހަމަ ނޭވާ" ލާން މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު މުހިންމު ކަން ފާހަގަ ކުރައްވައި އެ ވޯޓު ރައީސް ޔާމީނަށް ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެ ވޯޓަކީ "ޑަސްބިނަށްލާ" ވޯޓަކަށް ނުހެއްދުމަށް ވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.
"ބޭކާރު ވޯޓެއް ލައިފިނަމަ، އަޅުގަނޑު ޖެހޭނީ އަނެއްކާ ވެސް ކުނި ހޮވައި ކުނި ނައްތާލަން. މިހާރު ވެސް ކުރަނީ މަސައްކަތް. ސިޔާސީ މީހުން ދިޔައީމަ ވަސް ދުވާތީ ވަސް ފިލުވޭތޯ މަސައްކަތް ކުރަނީ. ގޮނޑު ނަގަން މަސައްކަތް ކުރަނީ އަޅުގަނޑު. އެހެންވީމަ ކަރުދާސްކޮޅު އެއްލާލީމަ އެ ޑަސްބިނުން ނަގާ އެއްލާލަން ޖެހޭނީ ރައީސް ޔާމީން،" އިނގުރައިދޫގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އިންތިގާލީ ތޮފިތަކެއް ބޮލަށް ހެޔޮވަރެއް ނޫން: ރައީސް
އިގްތިސާދީ ވާހަކަ ދައްކާނީ އަޅުގަނޑުގެ ހިޔަނީގައި ހުރެ
ހެދިފައި އޮތީ ނުތަކާވަރުގެ ކޯލިޝަނެއް: ރައީސް ޔާމީން
ރައީސް ޔާމީން އިދިކޮޅަށް: ތިއީ ކޮކްޓެއިލް ކޯލިޝަނެއް!
ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް: އިބޫ
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
އިދިކޮޅުން މަސީހަށް: ތިކުރަނީ ބަޣާވާތް، ތިއީ ބޮޑުވަރު