Roadha Mihaaru

ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް، މަޝްރޫއުތައް ހިންގާނީ ކޮރަޕްޝަނާ ނުލައި: އިބޫ

އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އުފައްދާ ވެރިކަމެއްގައި ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި މަޝްރޫއުތައް ހިންގާނީ ކޮރަޕްޝަނާ ނުލައި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް: އިބޫ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

18 އޯގަސްޓް 2018

އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އުފައްދާ ވެރިކަމެއްގައި ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި މަޝްރޫއުތައް ހިންގާނީ ކޮރަޕްޝަނާ ނުލައި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ޒުވާނުންތަކެއް އިސް ނަގައިގެން ހުޅުމާލޭގައި ބޭއްވި ބާބެކިއުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ހުޅުމާލެ އަކީ އިތުރަށް ތަރައްގީ ކުރެވިދާނެ އަވަށެއް ކަމަށެވެ. އަދި ޒުވާނުންނަށްޓަކައި ކުރެވިދާނެ ކިތަންމެ ކަމެއް އެ އަވަށުގައި ހުރި ކަމަށް ވިދާޅުވި އެވެ.

އިބޫ މިރޭ ހުޅުމާލެއަށް ވަޑައިގަތުމާ ގުޅިގެން، އިދިކޮޅު ސަޕޯޓަރަކު، އިބޫގެ މޭގައި ފިރުމާލަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ މިރޭ ހުޅުމާލެއަށް ވަޑައިގަތުމާ ގުޅިގެން، އިދިކޮޅު ސަޕޯޓަރަކު، އިބޫގެ މޭގައި ފިރުމާލަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި މަޝްރޫއުތައް ފަށާފައި ހުއްޓަސް، އެކަންކަން ހަލުވި ދުވެއްޔެއްގައި ކުރިއަކަށް ނުދެ އެވެ. ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫއުތައް، މިހާރަށް ވުރެ، ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭނެ ގޮތް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވިޔަސް، އޭގެ މާބޮޑު ތަފްސީލެއް އިބޫ ނުދެއްވަ އެވެ.

"މަޝްރޫއުތައް ކުރިއަށް ދާނީ ކޮރަޕްޝަނާއި ވައްކަމަށް މަގުފަހި ނުވާ ގޮތަށް. ކޮންމެ ޕްރޮޖެކްޓެއްގެ ފަހަތުގައި ސުވާލު އުފެދޭ ކަންކަން ފެންމަތިވެގެން މި ދަނީ. އެއީ ހައުސިން ކަމަށް ވިޔަސް، ބްރިޖު ކަމަށް ވިޔަސް، އެއީ ހޮސްޕިޓަލެއް ކަމަށް ވިޔަސް، ގައިމު ވެސް އެ ކަމެއް އަޅުގަނޑުމެންގެ ވެރިކަމެއްގައި ނުފެންނާނެ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވި އެވެ.

ޒުވާނުންތަކެއް އިސް ނަގައިގެން ހުޅުމާލޭގައި ބޭއްވި ބާބަކިއުއަށް، އިބޫ އާއި އިދިކޮޅު ބައެއް ބޭފުޅުން އިންސާފު ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒުވާނުންތަކެއް އިސް ނަގައިގެން ހުޅުމާލޭގައި ބޭއްވި ބާބަކިއުއަށް، އިބޫ އާއި އިދިކޮޅު ބައެއް ބޭފުޅުން އިންސާފު ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ ދެއްކެވި ވާހަކައިގެ ޚުލާސާއެއް:

- އިދިކޮޅު ވެރިކަމެއްގައި އިސްކަމެއް ދޭނީ ބޯހިޔާވަހިކަން ފޯރުކޮށްދޭން.

- ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް.

- މަޝްރޫއުތައް ކުރިއަށް ދާނީ ކޮރަޕްޝަނާ ނުލައި.

- ރައްޔިތުންގެ ފައިސާ އިދިކޮޅު ވެރިކަމެއްގައި ބޭނުން ކުރާނީ ހެޔޮ ގޮތުގައި.

އިބޫ ވިދާޅުވީ، އިދިކޮޅު ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަން ބޭނުންވާ މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ހިޔާވަހިކަން ހޯދައި ދެއްވާނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އެބަޔަކު ބޭނުން ދިމާލަކުން ބޯހިޔާވަހިކަން ލިބޭނެ،" ސިޔާސީ ދާއިރާގައި 25 އަހަރު ހޭދަކުރެއްވި އިބޫ ވިދާޅުވި އެވެ.

އިބޫ މިރޭ ހުޅުމާލޭގެ ޒުވާނުންތަކަކާއެކު ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ މިރޭ ހުޅުމާލޭގެ ޒުވާނުންތަކަކާއެކު ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިބޫ ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ލަސްވެގެން ދަނީ ފަހަތުގައި ކަންތައްތަކެއް އޮންނާތީ އެވެ. އެގޮތުން، އެކި ފަރާތްތަކަށް ބައި އެޅުމާއި މަޝްރޫއުތަކަށް ކުރަންވާ ހަރަދުގެ އިތުރަށް، ބައިވަރު ހަރަދު ކުރަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަން އަންނަ ފަރާތްތަކުން އެކަމުގެ ޝަކުވާ ކުރަމުން ދާތީ، އިދިކޮޅު ވެރިކަމެއްގައި އެ ޝަކުވާތައް ނާންނަ ގޮތަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ހައުސިން އަށް ލޯނު ލިބޭނެ ގޮތާއި ލޯން ދެއްކޭނެ ލުއި ގޮތެއް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރާނީ،" އިބޫ ވިދާޅުވި އެވެ.