ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގުނީ މުޅި ދައުލަތް އޮތީ އޮޅުންބޮޅުންވެފައި އޮތް މިންވަރު ކަމަށާއި ކުރިން ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރި ފްލެޓްތައް ވެސް މިހާރު ރަނަށް ވެއްޖެ ކަމަށް ބުނެ އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.
03 ފެބުރުއަރީ 2020
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގުނީ މުޅި ދައުލަތް އޮތީ އޮޅުންބޮޅުންވެފައި އޮތް މިންވަރު ކަމަށާއި ކުރިން ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރި ފްލެޓްތައް ވެސް މިހާރު ރަނަށް ވެއްޖެ ކަމަށް ބުނެ އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.
ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގައި މިހާރު މާވަށު ދާއިރާ ތަމްސީލްކުރައްވާ މުހައްމަދު ސައީދު ވިދާޅުވީ ގައުމުގެ އިގްތިސާދު ދަށަށް ގޮސްފައިވާ މިންވަރު ރިޔާސީ ބަޔާނުން އެނގޭ ކަމަށެވެ. އިޖުތިމާއީ އިންސާފު ގެއްލި ކަންކަން ހަމަ މަގަށް އެޅުވޭނެ ގާބިލް ކަމެއް މި ސަރުކާރުގައި ނެތް ކަން ވެސް ބަޔާނުން އެނގުނު ކަމަށް ވިދާޅުވި އެވެ.
ރައީސް ރިޔާސީ ބަޔާން އިއްވެވި އިރު މަޖިލީހުގައި ޕީޕީއެމާއި ޕީއެންސީ ތަމްސީލްކުރައްވާ މަދު މެމްބަރުން ތިއްބެވީ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލާފައިވާ ބޯޑުތައް ހިފައިގެން އިހްތިޖާޖުގަ އެވެ.
ރިޔާސީ ބަޔާނަށް ސައީދު ފާޑުވިދާޅުވީ "އެއީ، ތާފަނާ ރިޕޯޓެއް" ކަމަށް ޕީއެންސީގެ ނައިބު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ވިދާޅުވެފައި ވަނިކޮށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތަކަށް ވާހަކަފުޅު ދެއްކެވި އެވެ. މީގެތެރެއިން ބޯހިޔާވަހިކަމުގެ ވައުދު ފުއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތަފްސީލުގައި ކުރީގެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ފްލެޓްތައް މި އަހަރުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.
It’s “here”..! New HulhuMale’-the Youth City as envisioned by the visionary leader who transformed our country. Thank you President Yameen. pic.twitter.com/nq1V6M8vfZ
— Mohamed Saeed (@em_saeed) February 3, 2020
މި ވާހަކަފުޅާ ގުޅުވައި ސައީދު އާއްމުކުރެއްވީ ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެވެ. މުޅިން އާ ހުޅުމާލެއެއް ތަރައްގީކޮށް ދެއްވީ ކުރީގެ ރައީސް ޔާމީން ކަމަށާއި އެތަނުގައި އެޅި 7،000 ފްލެޓް މި ސަރުކާރަށް ރަނަށް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ބްރިޖް ގޯސް، މިއަދު ބްރިޖް ޖަޒީރާވެ ނިމިއްޖެ،" އޭނާ ވިދާޅުވި އެވެ.
Greater Male’, Thilafuttaai hamayah gulhaalumakee RY ge vision. design aai engineering aai e mashroou ah hingaane haradhaai, finance hoadhaane gothaai, dharani dhekolhujassaane goiy ves vaanee nimmaafa. Mihurihaa kamakaa mi sarukaarun dhiyaee faalhuga dhekolhu hadhamun pic.twitter.com/CAisOMgvxK
— Mohamed Saeed (@em_saeed) February 3, 2020
މާލެ ތިލަފުއްޓާ ހަމައަށް ގުޅާލުން ވެސް އޮތީ، ސައީދު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން މަސައްކަތް ފަށައިފަ އެވެ. ކުރެހުން ނިންމައި އެ މަޝްރޫއަށް ހިނގާނެ ޚަރަދާއި ފައިސާ ހޯދާނެ ގޮތާއި ދަރަނި ދެކޮޅު ޖައްސާނެ ގޮތް ވެސް ނިންމާފައި އޮތް ކަމަށް ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކާ ވެސް މި ސަރުކާރުން ދިޔައީ ފާޅުގައި ދެކޮޅުހަދަމުން،" ސައީދު ވިދާޅުވި އެވެ.
ކޮރޯނާވައިރަހުން ޓޫރިޒަމަށް ހިޔަނި އެޅިފައިވާ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ އެމްޑީޕީ އިދިކޮޅުގައި އޮންނަ ކޮންމެ ފަހަރަކު ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާ ކަމަށެވެ.
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު
ތަޅުމުން ނެރެނިކޮށް ސައީދުގެ ހެދުން ވީދި އަނިޔާވެއްޖެ
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ހިޔާ ފްލެޓުތައް ދޭން ގޮވާލައި ކުއްލި މައްސަލައެއް
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
ފްލެޓް ހައްގުވާ ލިސްޓު އިއުލާންކުރަން ތައްޔާރުވެއްޖެ
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
އިއްވީ ސިޔާސީ ބަޔާނެއް، ރިޔާސީ ބަޔާނުގެ ޝަރުތެއް ނެތް
ގިރާވަރު ފަޅުން މާލޭ މީހުންނަށް 2000 ގޯތި ދޫކުރަނީ
ހިޔާ ފްލެޓްތަކަށް ވަންނަން ކުރި ހަރަދު ދޭނަން: ޝިޔާމް