Roadha Mihaaru
ގިރާވަރު ފަޅުން މާލޭ މީހުންނަށް 2000 ގޯތި ދޫކުރަނީ

ގިރާވަރު ފަޅު ހިއްކައި މާލޭ މީހުންނަށް 2000 އެއްހާ ގޯތި ދޫކުރާނަން: ރައީސް

03 ފެބުރުއަރީ 2022

މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެތަނުން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޫކުރާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެތަނުން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޫކުރާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މިއަދު ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭ މީހުންނަށް އޮތް ދައްޗާއި ތަކުލީފު ވަރަށް ބޮޑު ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނައިން ވާހަކަފުޅު ދެއްކެވޭ ކަމުގެ އިހްސާސް ވެސް ކުރެވޭ ކަމަށެވެ.

އެކަމަކު މާލޭ މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅަމުން އަންނަ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް އެބަ ދާ ކަމަށާއި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިސް

"މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް މި އަހަރުގެ ޖޫންގައި ފަށާނަން. އަދި ގިރާވަރު ފަޅުން ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން،" ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެ ދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވި އެވެ.

ރިޔާސީ ދައުރު ނިންމަވާލާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު -- ރައީސް

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.

"ދިވެހި ދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ އެ މަންޒިލަށް ވާސިލުވުން،" ރައީސް ވިދާޅުވި އެވެ.

މާލޭ މީހުންނަށް ކައިރި ހިސާބުތަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުމާލެ އިން 60 ބިން މާލޭގެ މީހުންނަށް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކުރުމާ އެކު، މާލެ އިން ގޯތި ދޫނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.

މާލެ ހިމެނޭ ގޮތް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.