މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން އެ ވާހަކަ ދައްކާއިރު، ސިޔާސީ މަންފާއެއް ހޯދުމަށް ކަން އޮތް ހާލަތު އެނގި ތިބެ އެ ވާހަކަ ދައްކާ ބަޔަކު ވެސް އުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
29 ޑިސެމްބަރ 2021
މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން އެ ވާހަކަ ދައްކާއިރު، ސިޔާސީ މަންފާއެއް ހޯދުމަށް ކަން އޮތް ހާލަތު އެނގި ތިބެ އެ ވާހަކަ ދައްކާ ބަޔަކު ވެސް އުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާ ގާއިމު ނުކުރެވި އޮތް 23 ރަށުގައި އެ މަސައްކަތް ކުރުމަށް އެކި ކުންފުނިތަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދައިދިނުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ މާލޭގެ މީހުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވީ ގިނަ ބަޔަކު އެއީ ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން އެ ވާހަކަ ދައްކާއިރު، އޭގެ ތެރޭގައި ސިޔާސީ މަންފާއެއް ހޯދުމަށް ކަން އޮތް ހާލަތު އެނގި ތިބެ އެ ވާހަކަ ދައްކާ މީހުން ވެސް އެބައުޅޭ ކަމަށެވެ.
23 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އެ އެންމެގެ ވާހަކަތައް ވެސް އަޑުއަައްސަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ވެރިކަމުގައި މާލޭގެ މީހުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިިޔާވަހިކަމާއި ގޯތި ގެދޮރުގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް ހުޅުމާލޭގައި 5،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާލޭގެ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫއުއެއް ވެސް އެ ތަނުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެެއް ނޫން. ހުޅުމާލެ އިން ވެސް ލިބޭނެ. އެހެން ފަޅުތަކުން ވެސް ލިބޭނެ. މި ދައްކަނީ 1،000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ތިން ހަތަރު ގުނައަށް މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭނަން،" ހުޅުމާލެއިން ގޯތި ވިއްކަން ހުޅުވާލުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި 60 ބިމެއް ވިއްކަން އެޗްޑީސީން ނިންމާފައިވާތީ ސަރުކާރުގެ ގޯތި ވިއްކުމުގެ ސިޔާސަތު ބަދަލުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެމީހުން ބުނާ ގޮތުގައި މާލޭގައި ބޯހިޔާވަހި ކަމަށް ބޭނުން ވެފައިވާ އެތައް ބަޔަކު ތިއްބައި "މުއްސަނދިން" އަށް ގޯތި ވިއްކުން ބަލައެއް ނުގަނެވެ އެވެ.
އެ ފާޑުކިޔުންތަކާ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް "މިހާރު" އަށް އިއްޔެ ވިދާޅުވީ ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން އިއުލާން ކޮށްފައި ވަނީ އެ ކުންފުނިން ވިޔަފާރި އުސޫލުން ވިއްކުމަށް ކުރިން ރާވާފައިވާ ބިންތަކެއް ކަމަށާއި އެއީ އާންމުންނަށް ގޯތީގެ ގޮތުގައި ދޫކުރަން ރާވާފައިވާ ބިންތަކެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތަ؟
މި މަހު 3،000 ގޯއްޗަށް ހުޅުވާލަނީ
ގިރާވަރު ފަޅުން މާލޭ މީހުންނަށް 2000 ގޯތި ދޫކުރަނީ
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ގޯތިދީ ނިންމާނަން، އެއަކު މައްސަލައެއް ނެތް: ރައީސް
އުފާވެރިކަމުގެ ކަރުނަ: މާލޭގެ ބިންވެރިކަމުގެ ޔަގީންކަން
ގޯތި ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ
ގޯތި އަތަށް: އެންމެން އުފަލާއި އުންމީދުގައި