28 ޖުލައި 2022
އެމްޑީޕީގެ ފައުންޑަރު، މަރުހޫމް މުހަންމަދު ލަތީފުގެ ދަރިފުޅު ޖެނިފާ ލަތީފު އުފެއްދި ސުވާލަކީ މި އެވެ؛
އެމްޑީޕީގެ ފައުންޑަރު، މަރުހޫމް މުހަންމަދު ލަތީފުގެ ދަރިފުޅު ޖެނިފާ ލަތީފު އުފެއްދި ސުވާލަކީ މި އެވެ؛
"ރާއްޖެ ނޫން އެހެން ގައުމެއްގައި ކޮންމެ ރައްޔިތަކަށް ހިލޭ ބިން ދޭތަ؟ ހާއްސަކޮށް އެންމެ އަގުހުރި ބިންތައް. ނޫން، އެއީ ކުރާ ކަމެއް ނޫން. އަދި ރާއްޖެ މިއީ ބިން ނެތް ގައުމެއް." އޭނާގެ ޓްވީޓުގައި ބުންޏެވެ
ދުނިޔެއިން ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު އަދި ހަތް ވަނަ އަށް އެންމެ ބިން ބޮޑު ގައުމުގެ ގޮތުގައި ބަލާ އަވަށްޓެރި އިންޑިއާގެ އެއްވެސް ތަނަކުން ހިލޭ ބިމެއް ވެސް އަދި ފްލެޓެއް ވެސް ރައްޔިތުންނަކަށް ނުދެ އެވެ.
ބޯހިޔާވަހިކަމާ ގުޅޭގޮތުން 2000ގެ ކުރީކޮޅު މާލޭގައި ބޭއްވި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ
ހިލޭ ގޯތި ނުދިނަސް، އެ މައްސަލަ ހައްލުކުރަން އިންޑިއާގެ ބައެއް ސަރަހައްދުގައި ސަރުކާރުން ފްލެޓު އަޅައި އަގުހެޔޮކޮށް ކުއްޔަށް ދެ އެވެ.
އެމެރިކާގެ ވިޔަފާރީގެ މައި ހަބް، 8.8 މިލިއަން މީހުން ދިރިއުޅޭ ނިއު ޔޯކް ސިޓީން ވެސް ހިލޭ ބިމެއް ވެސް އަދި ފްލެޓެއް ވެސް ނުދެ އެވެ. އެކަމަކު މީގެ 87 އަހަރު ކުރިން، 1935 ވަނަ އަހަރު "ދަ ނިއުޔޯކް ސިޓީ ހައުސިން އޮތޯރިޓީ" ގެ ނަމުގައި އުފައްދާފައިވާ ޕަބްލިކް ކުންފުނިން އަންނަނީ މަދުން އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށްގެން ފްލެޓު ދޫކުރަމުންނެވެ.
ހިލޭ ބިން ދިނުމަކީ ބިމުގެ މުއްސަނދިކަން އޮތް އެހެން ގައުމުތަކުގައި ވެސް އާއްމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި ސަރުކާރުން ނިންމައިގެން އޮތީ ކިތަންމެ ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް މާލޭ މީހުންނަށް ހިލޭ ގޯތި ދޭށެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ސަރުކާރުން ވަނީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެއީ 1،225 އަކަފޫޓުގެ ގޯއްޗެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ މީހަކަށް 400 އަކަ ފޫޓު އިތުރުކުރެވޭނެ އެވެ. އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓެވެ.
މާލެ ސަރަހައްދުގެ ބިމުގެ އަސްލު އެނގެނީ، މާލެ މީހުންނަށް ހާއްސަކޮށްގެން އެންމެ ފަހުން ހުޅުމާލެ އިން ވިއްކަން ހުޅުވާލި ބިމުގެ އަގުންނެވެ.
މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ބީލަންތަކުން، 60 ބިމެއްގެ އަކަފޫޓެއްގެ އެވްރެޖް އަގު އުޅެނީ 7،000ރ. ގަ އެވެ. އެއީ ސަރުކާރުން އެންމެ ކުޑަކޮށް ދޭން ގަސްތުކޮށްފައިވާ 1،225 އަކަފޫޓުގެ ބިމެއް ނަމަ، ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާ އެވެ. އެންމެ ބޮޑުކޮށް ދޫކުރާ ބިމެއް ނަމަ އެއީ 28 މިލިއަން ރުފިޔާ އެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ އެތައް މިލިއަން ރުފިޔާގެ އަގުހުރި ބިން، މާލޭގެ މީހުންނަށް ހިލޭ ދިނުން އެއީ އިންސާފު ހެއްޔެވެ؟ މި ސުވާލާއި އާންމުން ދާދިފަހުން ޓްވިޓާގައި ކުރި ބަހުސް ގޮސް ނިމެނީ، ރަށްރަށުގައި ހިއްކާ ބިންތައް ހިލޭ ދޭއިރު މާލޭ ރައްޔިތުންނަށް ހިލޭ ބިން ނުދެވޭންވީ ކީއްވެ ހެއްޔޭ އެވެ؟ އަނެއް ބަޔަކު ބުނަނީ، މާލެ ކަހަލަ އަގުބޮޑު ސަރަހައްދަކާ ރަށްރަށާ އަޅާ ނުކިޔޭނެ ކަމަށެވެ. މިއީ، ވަރުގަދަ ބަހުސެކެވެ.
Baa atoll would be among the top atolls from which @governmentmv gets their income yet non of those income gets invested there...
— Ⓝⓘⓩⓐⓜ (@alinixaam) July 23, 2022
#RiseRT
މީގެ ކުރިން ވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން 188 ހެކްޓަރު ބިން ހިއްކުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ކަމަށް ބުނެ، މާލެއިން ލިބިފައިވާ ކުޑަ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ހިލޭ ގޯތި ދިނެވެ. އޭގެ ތެރެއިން ބައެއް މީހުން އުޅެނީ ބިންކޮޅުގައި ބުރިބުރިއަށް ގެ ހަދައިގެން ކުއްޔަށް ދީގެންނެވެ.
ގާތްގަނޑަކަށް 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކަން ފެށީ ބެލްޖިއަމްގެ ކުންފުންޏަކާ ހަވާލުކޮށްގެން 2015 ވަނަ އަހަރެވެ. އެ ސަރަހައްދުން 240 ހެކްޓަރުގެ ބިން ހިއްކީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ. އަދި ހުޅުމާލެ ތަރައްގީކުރާ އެޗްޑީސީން ލަފާކުރަނީ ދެ ވަނަ ފިޔަވަހީގެ ހުރިހާ ކަމެއް ނިމޭ އިރު 12 ބިލިއަން ޑޮލަރު އިންވެސްޓްކުރެވޭނެ ކަމަށެވެ.
މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން، އެއް ރަށަކަށް ކުރާނެ އެންމެ ބޮޑު ހަރަދެވެ.
Maldivians can get get citizenship from America to Australia.
— Fathuns (@fathuns) July 27, 2022
But Maldivians of RT origin can never get residency in Male’ even if they were born and lived here their entire lives.
What nonsensical discrimination is this?
You know why? To enable systematic discrimination!!
ރައްޔިތުންގެ ފައިސާއިން މުޅި ހުޅުމާލެ ހިއްކުމަށް އެކަނި ވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ. ނަމަވެސް ހާހެއްހާ މީހުން ވެސް ހަމަނުވާ ފ. ފީއަލިން 13.8 ހެކްޓަރުގެ ބިން ހިއްކަން ޑިސެމްބަރު 12، 2021 ގައި އެމްޓީސީސީއާ ހަވާލުކުރީ 66.85 މިލިއަން ރުފިޔާ އަށެވެ. ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ އެންމެ އަގުބޮޑު ރަށް، ކ. މާފުށިން ރިސޯޓު ކޮންސެޕްޓަށް 25 ހެކްޓަރުގެ ބިން ހިއްކައި 1،110 މީޓަރަށް ރިވެޓްމަންޓް ޖެހީ 99 މިލިއަން ރުފިޔާ އަށެވެ.
If adequate health care is Cosmopolitan, maybe yes. We migrated for that #RiseRT pic.twitter.com/rsc8gEE5hb
— FSaaira_RTRising_RiseRajjethere (@FSaaira) July 27, 2022
ގެދޮރު ހެދުމަށް ބޭންކުން ލޯނު ދޫކުރާއިރު، އަކަ ފޫޓަކަށް ޖެހޭ ވަރަށް ބެލިއަސް މާލޭގެ ބިމުގެ އަގު ރަނަށްވުރެ އަގުބޮޑުކަން އިނގެ އެވެ.
މާލޭގައި އަކަފޫޓެއްގެ އަގު އެވްރެޖުކޮށް އުޅެނީ 3،500-4،0005ރ. ގަ އެވެ. އުތުރުގައި އެންމެ ޑިމާންޑު ބޮޑު ހދ. ކުޅުދުއްފުށީގައި އަކަފޫޓެއްގެ އެވްރެޖް އަގަކީ 1،000ރ. އަށް ވިޔަސް މާފުށީގައި އެ އަގު 1،500ރ. އަށް އަރަ އެވެ.
މާލެ، މާލެ އަކަށް ވީ މާލެ، މާލެ އަކަށް ހެދީމަ އެވެ. މާލެ އަށް އުފަން މީހުންނަށް ވެސް ގެދޮރު ދޭން ޖެހެ އެވެ. އެކަމަކު އެ މީހުން ބުނާ ވާހަކައަކީ މި އެވެ؛ ރަށްރަށުން މީހުން އައިސް މާލޭ މީހުންގެ ޖާގަތައް ހުސްކޮށްލުމަކީ މާލެ އިން އެ މީހުންނަށް ބިން ނުލިބޭން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެއީ، އޭނާ މާލެ އަށް އުފަންވީތީ ލިބެން ޖެހޭ އަދަބެއް ވެސް ނޫން ކަމަށެވެ.
އޭގެ ޖަވާބުގައި، ރަށްރަށު މީހުން ބުނަނީ މިހެންނެވެ؛ރަނގަޅު ސިއްހީ ފަރުވާއެއް އަދި ތައުލީމަކާއި ވަޒީފާއެއް ލިބެނީ މާލެއިންނެވެ. އަމިއްލަ ރަށުން އަސާސީ ހިދުމަތްތަކެއް ނުލިބެ އެވެ. ހުރިހާ ވަސީލަތްތަކާއި މާލެ އަށް ދާން ސަރުކާރުން މަޖުބޫރު ކުރުވުމަކީ، ރަށެއްގެ މީހަކަށް ވާތީ، އިންސާފު ނުލިބެން ޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ މާލޭ މީހާ އަށް އުމުރު ދުވަހަށް ކުލި ދައްކައިގެން ތިބެން ޖެހޭ ސަބަބެއް ވެސް ނޫނެވެ.
Same thing w morning after pill for me. Some ppl in male’ live in this ignorant bubble where they’ve romanticized island life. Its not all palm trees & warm breeze here.We hv shitty healthcare,shitty education & shitty job prospects.Forced to go to male’ for everything. #RiseRT https://t.co/PyZRHKsLyu
— Shifu (@shifufufuu) July 25, 2022
މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓުގައި ވެސް ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރަން ޖެހިފައި މި ވަނީ ޒަމާންތަކަކަށް ދެމިގެންދާނެ ކުލީގެ އަޅުވެތިކަމުގެ ދަންތުރެއްގައި އެތަކެއް އާއިލާއެއް ޖެހޭނެ ސިޔާސަތެއް ތަންފީޒުކުރުމުގެ މަރުހަލާގައި ކަމަށެވެ.
"ރައްޔަތުން މިއަދު ބޭނުންވާ ހަގީގީ މިނިވަންކަމަކީ މާލީ މިނިވަންކަމާއި ކުލީގެ އަޅުވެތިކަމުން ސަލާމަތްވުން،" އޭނާ ވިދާޅުވި އެވެ.
#HulhuMale hs land elevation of 2m above sea level >dbl of #Maldives avg isl, highest in d ctry. Only island develpd 2 address #ClimateCrisis Dont deny eq access 2d #safeisland 4 all #MDV #ބާކީނުކުރޭ @mvpeoplesmajlis @presidencymv #RiseRT #SDG10 @UNDPMaldives @hdcmaldives pic.twitter.com/dJ56Legv5q
— Abdul Matheen (@amathyn) July 26, 2022
ގޯތިދޭން އިއުލާންކުރުމާ އެކު، އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަންނަނީ "ރައިސްއާރުޓީ"ގެ ހޭޝްޓެގް ބޭނުންކޮށް ކެމްޕެއިނެއް ފަށައިގެންނެވެ.
އެކަމުގައި އިސްކޮށް އުޅޭ ސަރީރާ އަލީ ޝަރީފްގެ ޓްވީޓުގައި ބުނީ ހިލޭ ބިން ދިނުމަކީ ސަރުކާރުން ކުރަންޖެހޭ އަދި އެހެން ގައުމުތަކުގައި ކުރާ ކަމެއް ވެސް ނޫން ކަމަށެވެ. އޭނާ ވަނީ، އާއްމުންގެ ބިން ވަކި ބަޔަކަށް ހިލޭ ދީގެން، ދެން އަންނަން އޮތް ޖީލުގެ ދަރިން ވެސް ކުލީގެ އަޅުންގެ ގޮތުގައި ގެންގުޅެން ނޫޅުމަށް ގޮވާލައިފަ އެވެ.
Generations of theft and systematic robbery of #ApartheidMaldives— 50 years of looting billions of $$ yet a commoner cannot lay hand on a single dollar, except from the billion $ blackmarket they have artificially created. #RiseRT
— Ihsan A. Naseer (@IhsanNaseer) July 26, 2022
Read:https://t.co/md0y5DSZiz https://t.co/ebwPYjSxLP
"އަސާސީ ބޯހިޔާވަހިކަން އެންމެންނަށް ހަމަހަމަކޮށް ދީ،" އޭނާގެ ޓްވީޓުގައި ވެ އެވެ.
އެންޒަންގެ ނަމުގައި މީހަކު ކުރި ޓްވީޓުގައި ބުނީ މާލެ މީހުންނަށް އެތައް މިލިއަން ޑޮލަރުގެ އަގު ހުރި ބިން ހިލޭ ދީފި ނަމަ އެންމެން ވަޒީފާއިން ވަކިވެ، ހިލޭ ގޯއްޗާއި ފްލެޓާއި ރިސޯޓާއި ކާރު ލިބެންދެން ރައީސް އޮފީހާއި މުލިއާގެ ކުރިމަތީގައި މުޒާހަރާކުރަންޖެހޭނެ ކަމަށެވެ.
އެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ފާތިމަތު ޝާއިރާ ވަނީ، ކުއްޔަށް ދީގެން ނޫން ގޮތަކަށް މާލޭގައިި ގެދޮރު އިމާރާތްކުރަން ނަގާ ލޯނު ދެއްކޭނެތޯ ސުވާލު އުފައްދައިފަ އެވެ. އެއަށް ރައްދު ދެމުން، މާލެ މީހުންގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެފައި ވާ ގޮތުގައި މާލޭގައި ބިން ހުރި މީހުންގެ ގެދޮރު، ރަށްރަށު މީހުން ކުއްޔަށް ނުހިފި ނަމަވެސް އެ މީހުން ކުރިއަރައިގެން ދާނެ ކަމަށެވެ.
ދުނިޔެ އަށް ލޯ ހުޅުވިގެން ކުލީގެ ގޮތުގައި ދޫކުރާ ވަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާނެ ކަމަށާއި މާލެ މީހުންނާއި އެ މީހުންގެ ވިޔަފާރީގެ އުކުޅު އަންދާޒާ ނުކުރުމަށް އޭނާގެ ޓްވީޓުގައި ވަނީ އެދިފަ އެވެ.
My two friend in same job,one Malé with 250sqft plot and other RT. Male friend has three floor building in his 250sqft land and has two floors rented. Other friend living for rent struggling frm paychecks to paychecks. #RiseRT
— ?ދޭސީ (@NfyAL) July 27, 2022
މީހެއްގެ ޓްވީޓަކަށް ރައްދު ދެމުން، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ މާލޭގެ ބަދަލުގައި ރާއްޖޭގެ ވެރި ރަށް އެހެން ރަށަކަށް ހެދުމަށް ގާނޫނު އަސާސީ ޑްރާފްޓިން ކޮމިޓީގައި މާލެ ތަމްސީލްކުރެއްވި މެމްބަރު ހުށަހެޅުއްވި ކަމަށެވެ.
ނަމަވެސް އެހެން އަތޮޅުތަކުގެ މެމްބަރުން ބޭނުންވީ، އިބްރާ ވިދާޅުވި ގޮތުގައި، ވެރި ރަށް މާލޭގެ ގޮތުގައި އޮންނާށެވެ.
Varah rangalhu. 100% thaaeedhu. Thikamaa ulhenvee alhugandumennah 5000 goathi dheefa. Dhen hamayakah alhuvanvee. 70K meehunnah bimeh nudhee 50 aharuvehje. Goal post badhalu kuraanee mikan kollaafa.
— Ahmed Asim (@ahumedasim) July 27, 2022
ޖެކް އޮފް އޯލް ޓްރޭޑްސްގެ ނަމުގައި ކުރި ޓްވީޓުގައި ވެސް ބުނީ ރަށްރަށް ތަރައްގީ ވާނީ އާބަދީ އިތުރުވެގެން ކަމަށެވެ. ބިމުގެ އަގު އަރާނީ މައިގްރޭޝަން ހުއްޓިގެން ކަމަށާއި މާލޭގެ ބިމުގެ އަގު ބޮޑުވީ ކުއްލިއަކަށް ނޫން ކަމަށް އޭނާ ބުންޏެވެ.
"އޭގެ މާނައަކީ އަހަރެމެންގެ ގެދޮރުވެރި ކަމުން މަހުރޫމް ކުރާށެކޭ ނޫން. ވިސްނަން ބޭނުންވާ މީހާ ވިސްނާނީ،" އޭނާ ބުންޏެވެ.
Widening the eligibility criteria for the 3000 goathi plots does not solve the problem for most people or future generations. If that's what you are advocating for, you don't want equality... but you want to join the lottery. #RiseRT
— নুসিয়ানা ? (@nusiyaanu) July 27, 2022
އައްޑު އަތޮޅުން މާލެ މީހުން ނުވަތަ ދިވެހިންނަށް ބިން ނުލިބުމަކީ އިންސާފެއްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަހުމަދު އާސިމް ބުނީ މާލެއިން އެ މީހުންނަށް ގޯތި ނުލިބޭނަމަ އެއީ އިންސާފެއް ނޫން ކަމަށެވެ. އެހެން ރަށްރަށާ ހިލާފަށް ވާރުތަވާ ބިންކޮޅު ދޫކޮށްލަން ޖެހުމަކީ ބޭއިންސާފެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މި ބަހުސްގެ ތެރޭގައި ބައެއް މީހުންގެ ހިޔާލު ހުރީ ދައުލަތުން ބިމެއް ހިއްކަން އެއްވެސް ހަރަދެއް ކޮށްފި ނަމަ، އެއީ އަނބުރާ ހޯދަން ޖެހޭ އެއްޗެއްގެ ގޮތުގަ އެވެ.
"ކުރިން ގޯތި ދިނީ އެއީ ގުދުރަތީ ގޮތުން އުފެދިފައި އޮވެ، އެ ގޯތި ދެވެން އޮތީމަ. އެކަމަކު މިހާރު ރާއްޖޭގެ އެއްވެސް ރަށެއް އޮތީ އެ ހާލަތެއްގައެއް ނޫން. މިހާރު ޖެހެނީ ބިން ބޮޑުކުރަން،" ހަސަން ހާޝިމް ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.
"މިހާރު ހިއްކައި ތޮށިލާން އެބަޖެހޭ ދައުލަތުން ހަރަދުކުރަން. އަޅުގަނޑުގެ ނަޒަރުގައި އެ ފައިސާ ދައުލަތުން އަނބުރާ ހޯދަން ޖެހޭނެ. އެއްވެސް އެއްޗެއް ހިލޭ ދިނުމަކީ މިހާރު އިންސާފެއް ނޫން. އެއީ ރަށެއް ވިޔަސް، މާލޭ ސަރަހައްދުން ހިއްކާ ބިމެއް ވިޔަސް."
މާލެ، މާލެ އަކަށް ހެދީ މުޅި ރާއްޖޭގެ އެންމެން ގުޅިގެން ކަމަށް ވާތީ، މާލެ އަކީ މިހާރު ބިމުގެ ހައްގު އެންމެންނަށް ވެސް އޮތް ރަށެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އެހެންވެ، އެންމެ އިންސާފުވެރި ގޮތަކީ މާލެ އިން ވެސް ބިން ވިއްކުން ކަމަށް ބައެއް މީހުން ހިޔާލު ދިނެވެ.
"މާލޭގެ ބިމުގެ އަގު މިހާ ބޮޑަށް ތަފާތު ވެފައި އޮއްވައި، އަދި އެ މީހުންނަށް ލިބޭ ބިންތަކަށް ފަސޭހަ އިން ލޯނު ލިބި އެތަންތަން ހެދެން އޮއްވައި މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަކީ ރަށްރަށުގެ މީހުންނަށް ވެވޭ ބޭއިންސާފެއް. މިއީ ހަމަ ސީދާ ޖަރީމާއެއް،" ޖޯޑަން ނަމުގައި މީހަކު ކުރި ޓްވީޓެއްގައި ވެ އެވެ.
މާލޭ މީހުންގެ ރައްދަކީ އަނެއްކާ ވެސް މި އެވެ؛ މާލެ ތަރައްގީ ވުމަކީ މާލޭ މީހާގެ އަސާސީ ހައްގުތަކުން މަހުރޫމްވާން ޖެހޭ ސަބަބެއް ހެއްޔެވެ؟
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
އާންމުންގެ ޝަކުވާ: ވިނަރެސް ފްލެޓްތައް މާ އަގުބޮޑު!
މި މަހު 3،000 ގޯއްޗަށް ހުޅުވާލަނީ
ހިޔާ ފްލެޓްތަކާ އެކު ކުލިތަކަށް އެނގުންވެއްޖެ!
ބިން ވިއްކާ ގޮތް ބޭއިންސާފު، އެޗްޑީސީން ފިނި ޖަވާބެއް
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ޕީޕީއެމް/ޕީއެންސީއަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި